ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގެއްލުނު 4 ޑައިވަރުންގެ ތެރެއިން 2 މީހެއްގެ ހަށިގަނޑު ނަގައިފި

ގެއްލުނު ޑައިވަރުން ހޯދުމުގެ މަސައްކަތުގެ ތެރެއިން -- ފޮޓޯ: ޕީއެސްއެމް
ޝެއާރކޮށްލާ ކަހަލަދޯ؟

ޑައިވިންގއަށް ގޮސް އުޅެނިކޮށް ގެއްލުނު އިޓަލީގެ ޑައިވަރުންގެ ތެރެއިން 2 މީހެއްގެ ހަށިގަނޑު ނަގައިފިއެވެ.

ޑައިވިނަށް ގޮސް އުޅެނިކޮށް ގެއްލުނު 4 ފަތުރުވެރިން ހޯދުމަށް އެމްއެންޑީއެފް ކޯސްޓްގާޑާއި، ފުލުހުންގެ ހިދުމަތާއި އަދި އިޓަލީ ސަރުކާރުން ހަމަޖެއްސި ބޭރުގެ އެކްސްޕާޓުންގެ ގުޅިގެން ކުރިއަށް ގެންދިޔަ އޮޕަރޭޝަންގައި އެ ޑައިވަރުން އިއްޔެ ވަނީ ލޮކޭޓް ކޮށްފައެވެ. ބާކީ ދެ ޑައިވަރުންވެސް މާދަމާގެ ވަގުތެއްގައި ނަގާނެ ކަމަށް ބެލެވެއެވެ.

އެމްއެންޑީއެފްއިން ބުނެފައިވަނީ ގެއްލުނު 4 ޑައިވަރުންވެސް، ފެނިފައިވަނީ އެމީހުން ޑައިވްކުރި ކޭވްގެ ތެރެއިން ކަމަށެވެ. މި އޮޕަރޭޝަންގައި އިޓަލީގެ އެހީތެރިކަން ލިބިފައިވާއިރު، އެ ގައުމުން ވަނީ ފިންލޭންޑްގެ ތަޖުރިބާކާރު ތިން ޑައިވަރުން ރާއްޖެއަށް ފޮނުވާފައެވެ. މި ޑައިވަރުންނަކީ މިފަދަ ކޭވްތަކުގައި ޑައިވް ކުރުމާއި އަދި ކަނޑުގެ މިފަދަ އެކި މިޝަންތަކުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކެއް ކަމަށް އެމްއެންޑީއެފްއިން ވަނީ ބުނެފައެވެ.

އިޓަލީގެ ހަތަރު ފަތުރުވެރިންނާއި އެމީހުންގެ އިންސްޓްރަކްޓަރު ގެއްލިގެން ހޯދަމުން ދަނިކޮށް އިންސްޓްރަކްޓަރުގެ ހަށިގަނޑު މީގެ ކުރިން ވަނީ ކަނޑުގެ 60 މީޓަރު (197 ފޫޓް) އަޑިން ހޮހޮޅައިގެ ތެރެއިން ފެނިފައެވެ. ބާކީ ތިބި ހަތަރު މީހުން ފެނިފައިވަނީ ގާތްގަނޑަކަށް 200 ފޫޓު ދިގު އެ ހޮހޮޅައިގެ އެތެރެއިންނެވެ.

މި ހާދިސާގައި މަރުވެފައިވަނީ އިޓަލީގެ ފަތުރުވެރިން ކަމަށްވާ މޮނިކާ މޮންޓެފަލްކޯން (52އ)، ޖިއޯޖިއާ ސޮމަކާލް (20އ)، މުރީއެލް އޮޑެނިނޯ (31އ)، ޖިއަންލުކާ ބެނެޑެޓީ (44އ) އަދި ފެޑެރީކޯ ގުއަލްޓިއަރީ (31އ) އެވެ. މީގެ ތެރެއިން ޑައިވިންގ އިންސްޓްރަކްޓަރަކީ އުމުރުން 44 އަހަރުގެ ބެނެޑެޓީއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: