ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވެރިކަމަށް 2 އަހަރާއި ބައިވި ފަހުން ރައީސް މާލީ ބަޔާން ހުށައަޅުއްވައިފި!

ޝެއާރކޮށްލާ ކަހަލަދޯ؟

މިދިޔަ 6 މަހުގެ ތެރޭގައި 3 ލައްކަ ރުފިޔާގެ އާމްދަނީއެއް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއަށް ލިބިވަޑައިގެންފައިވާ ކަމަށް އެމަނިކުފާނުގެ މާލީ ބަޔާނުން ހާމަވެއްޖެއެވެ.

ވެރިކަމުގަައި ހުންނަ ރައީސަކު މަލީ ބަޔާން ހުށައަޅަން ޖެހޭ ކަމަށް ގާނޫނުއަސާސީގެ 120 ވަނަ މާއްދާގައި ބުނެއެވެ. އެ މާއްދާގައި ބަޔާން ކުރަނީ ”ކޮންމެ އަހަރަކުމެ، ރައީސުލްޖުމްހޫރިއްޔާ އޭނާގެ މިލްކިއްޔާތުގައިވާ މުދަލާއި ފައިސާގެ ހިސާބުތަކާއި، ވިޔަފާރީގެ މަސްލަހަތުތަކާއި، އަރަންޏާއި ދަރަނި ހާމަކޮށް ހާމަކޮށް ތައްޔާރުކުރާ ބަޔާނެއް އޮޑިޓަރ ޖެނެރަލްއަށް ހުށައަޅަން ވާނެ ކަމަށެވެ.“

އެހެންނަމަވެސް ސަރުކާރަށް 2 އަހަރާއި ބައި ވެގެން ދިޔައިރު ރައީސް މަލީ ބަޔާން ހުށައަޅާ މިއީ ފުރަތަމަ ފަހަރެވެ. އެ ބަޔާނުން އެނގޭ ގޮތުގައި، މިދިޔަ ހަ މަސްތެރޭ ރައީސަށް ވަނީ، ޖުމުލަ 327،024 ރުފިޔާ ލިބިވަޑައިގެންފައެވެ. އެއީ، މުސާރައިގެ ގޮތުގައި ލިބިވަޑައިގެންނެވި 285،024 ރުފިޔާއާއި ހުޅުމާލޭގައި ހުންނަ އެމަނިކުފާނުގެ ރޯހައުސްގެ ކުލިން ލިބިވަޑައިގެންނެވި 240،000 ރުފިޔާގެ އިތުރަށް މ. ފިގްއިން ލިބިވަޑައިގެންނެވި 180،000 ރުފިޔާއެވެ.

މާލީ ބަޔާނުގައި ވަނީ، ރައީސްގެ މިލްކިއްޔާތުގައި ހުރި މުދަލުގެ ތަފުސީލުތައް ވެސް ހާމަކޮށްފައެވެ. އެ މަނިކުފާނުގެ 150،000 ރުފިޔާގެ މިލްކިއްޔާތުގައި ތިން ބިމަކާއި ހުޅުމާލޭގެ 5،919،500 ރުފިޔާގެ ރޯހައުސަކާއި، 260،000 ރުފިޔާގެ ކާރެއް އޮވެއެވެ.

ރައީސްގެ މާލީ ބަޔާނުން ހާމަވާ ގޮތުގައި، މިއަދާ ހަމައަށް ރައީސްގެ ބީއެމްއެލް ދިވެހި ރުފިޔާ ކަރަންޓު އެކައުންޓުގައި ހުރީ، 184،845.52 ރުފިޔާއެވެ. އެއާއެކު، އެމަނިކުފާނުގެ ބީއެމްއެލް ސޭވިން އެކައުންޓުގައި ދިވެހި ރުފިޔާގެ ގޮތުގައި، މިއަދާ ހަމައަށް 1.7 މިލިއަން އެބަހުއްޓެވެ. އިސްލާމިކް ބޭންކް ސޭވިން އެކައުންޓުގައި މިއަދާ ހަމައަށް 1،000 ރުފިޔާ އެބަހުއްޓެވެ.

މީގެ އިތުރުން، އެ މަނިކުފާނު މޯލްޑިވްސް ފައިނޭންސް އެންޑް ލީސިން ކޮމްޕެނީއަށް ލޯނުގެ ގޮތުގައި، 1.3 މިލިއަން ރުފިޔާ ބާކީ ދައްކަވަން އެބަ އޮތް ކަމަށް މާލީ ބަޔާނުގައި ބުނެފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: