ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖެއަށް ބޭނުންވާ އެހީ ހޯދުމަށް ބޭރުގެ ގައުމުތަކާއެކު ދަނީ މަޝްވަރާކުރަމުން: އިރުތިޝާމް

ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖެއަށް ބޭނުންވާ އެހީތެރިކަން ހޯދުމަށްޓަކައި ބޭރުގެ އެކި ގައުމުތަކާއެކު މަޝްވަރާތައް ކުރަމުންދާ ކަމަށް ފޮރިން މިނިސްޓަރު އިރުތިޝާމް އާދަމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިހެން ވިދާޅުވީ ކްރައިސިސް ކޮމިޓީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިނިސްޓަރު އިރުތިޝާމް ވިދާޅުވީ މެދުއިރުމަތީގައި މިހާރު ދިމާވެފައިވާ ނުތަނަވަސްކަމާ ގުޅިގެން ރާއްޖޭގެ އިގްތިސާދަށް ބޭނުންވާ މުދަލާއި ބޭސް ފަދަ ޒަރޫރީ ތަކެތި ގެނައުމުގައި ދަތިތަކެއް ކުރިމަތިވެދާނެތީ، ރާއްޖޭގެ ގާތް އެކުވެރި ގައުމުތަކާއެކު ގާތުން މަސައްކަތް ކުރަމުންދާ ކަމަށެވެ. މިގޮތުން ޔޫރަޕުގެ ގައުމުތަކާއި އަރަބި ގައުމުތަކުގެ ސަފީރުންނާ ގުޅުއްވައި، އެ ގައުމުތަކުން ރާއްޖެއަށް ފަހިކޮށްދެވެން ހުރި ފުރުސަތުތައް ބައްލަވަމުންދާ ކަމަށްވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

މި މަސައްކަތްތައް ކުރިއަށްދަނީ ސަރުކާރުން ގެންގުޅުއްވާ ”މޯލްޑިވްސް ފަސްޓް“ ސިޔާސަތުގެ ދަށުންކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ، ”އަޅުގަނޑުމެންގެ މިހާރުގެ ސިޓޫއޭޝަނާއި އަދި އެއަށްވުރެވެސް ބޮޑަށް ކުރިމަގުގައި ދިމާވެދާނެ ހާލަތްތަކާއި، ކުރިއަށް އަޅުގަނޑުމެންގެ އެރޭންޖްމަންޓްސްތަކަކީ ކޮބައިތޯ އެކަހަލަ ގޮތަކަށް ވާހަކަތައް ދެކެވި މަޝްވަރާތަކުގެ އަލީގައި އަޅުގަނޑުމެންނަށް މިވަނީ މަސައްކަތްތަކެއް ކުރެވިފައި“ ކަމަށެވެ.

މީގެ އިތުރުން، ކުއްލި ހާލަތްތަކުގައި ރާއްޖެއަށް ގެންނަން ޖެހޭ ތަކެތި ގެނައުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރަމުންދާ ކަމަށާއި، ހަމަނުޖެހުން ހިނގާ ގައުމުތަކުގައި ދިރިއުޅޭ ދިވެހިންގެ ހާލަތު ފޮރިން މިނިސްޓްރީން ވަރަށް ގާތުން ބަލަމުންދާ ކަމަށްވެސް އިރުތިޝާމް ވިދާޅުވިއެވެ. އެ ގައުމުތަކުގައި ތިބި ދިވެހި ރައްޔިތުންނަށް ބޭނުންވާ އެހީތެރިކަން އެމްބަސީތަކާއި އެ ގައުމުތަކުގެ ސަރުކާރުތައް މެދުވެރިކޮށް ފޯރުކޮށްދެމުންދާ ކަމުގެ ޔަގީންކަންވެސް މިނިސްޓަރު ވަނީ ދެއްވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: