ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ތެލަށް ކުރާ ހޭދަ ކުޑަކުރުމަށްޓަކައި އިއާދަކުރަނިވި ހަކަތައަށް ރާއްޖެއިން ކުރާ ދަތުރު ހަލުވިކުރަނީ: އަލީ ޝަރީފް

ފޮޓޯ : ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލެމުންދިއުމާ ގުޅިގެން ރާއްޖޭގެ އިގްތިސާދަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށާއި، ބޭރުން އެތެރެކުރާ ތެލަށް ބަރޯސާވާ މިންވަރު ދަށްކުރުމަށްޓަކައި އިއާދަކުރަނިވި ހަކަތައަށް ބަދަލުވުމުގެ މަސައްކަތް ސަރުކާރުން ވަނީ ހަލުވިކޮށްފައެވެ. މިކަމާ ގުޅޭގޮތުން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަނީ ރާއްޖޭގެ ހަކަތައިގެ ދާއިރާ ހަރުދަނާކުރުމަށް ކުރެވެމުންދާ މަސައްކަތްތަކުގެ ތަފްސީލީ މައުލޫމާތު ހިއްސާކޮށްފައެވެ.

މި ބައްދަލުވުމުގައި މިނިސްޓްރީގެ ޑިރެކްޓަރ ޖެނެރަލް އަޙްމަދު ޢަލީ ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކަނޑައަޅުއްވާފައިވާ އަމާޒަކީ 2028 ވަނަ އަހަރާ ހަމައަށް ރާއްޖޭގެ ކަރަންޓުގެ 33 އިންސައްތައަކީ އިއާދަކުރަނިވި ހަކަތައަށް ހެދުން ކަމަށެވެ. ތިމާވެށި ރައްކާތެރިކުރުމާއި، ކުނި މެނޭޖުކުރުމާއި، މޫސުމީ ޚިދުމަތްތަކުގެ އިތުރުން ހަކަތައާއި ފެނުގެ ދާއިރާ ތަރައްގީކުރުމަކީ މިނިސްޓްރީގެ މައިގަނޑު މަސްއޫލިއްޔަތެއްކަން އޭނާ ފާހަގަކުރެއްވިއެވެ.

ރާއްޖޭގެ މިހާރުގެ ހާލަތަށް ބަލާއިރު، މީހުން ދިރިއުޅޭ ރަށްރަށާއި ރިސޯޓުތައް ހިމެނޭހެން ޖުމްލަ 650 މެގަވޮޓްގެ ކަރަންޓު އުފެއްދުމުގެ ގާބިލުކަން ހުރި ނަމަވެސް، މިއީ ގާތްގަނޑަކަށް އެއްކޮށް ކަހަލަ ގޮތަކަށް ޑީސަލަށް ބަރޯސާވެފައިވާ ނިޒާމުތަކެކެވެ. ތަފާސްހިސާބުތަކުން ދައްކާގޮތުގައި މީހުން ދިރިއުޅޭ ރަށްރަށުގައި އެކަނިވެސް އަހަރަކު ގާތްގަނޑަކަށް 2.92 މިލިއަން ލީޓަރުގެ ތެޔޮ ކަރަންޓު އުފެއްދުމަށް ހޭދަވެއެވެ.

ތެޔޮ އިމްޕޯޓް ކުރުމަށް މަހަކު 50 މިލިއަން ޑޮލަރު ހޭދަވާއިރު، މިއީ ގައުމީ އުފެއްދުންތެރިކަމުގެ (GDP) 10 އިންސައްތައެވެ. މި ބޮޑު ހޭދަ ކުޑަކުރެވިއްޖެނަމަ، އެ ފައިސާ ތައުލީމާއި ސިއްހަތު ފަދަ އުމްރާނީ ތަރައްގީގެ ކަންކަމަށް ހޭދަކުރުމުގެ ފުރުސަތު ފަހިވެގެންދާނެ ކަމަށް މިނިސްޓްރީން ބުނެއެވެ. މި އަމާޒަށް ވާސިލުވުމަށްޓަކައި 2029 ވަނަ އަހަރުގެ ނިޔަލަށް އަމަލުކުރާނެ ”އެނާޖީ ޕޮލިސީ އެންޑް ސްޓްރެޓެޖީ“ އެއް މިހާރު ވަނީ އެކުލަވާލާފައެވެ.

މުސްތަގުބަލަށް ރޭވިފައިވާ މަޝްރޫއުތަކުގެ ތެރޭގައި މާލެ ސަރަހައްދުގައި ގާއިމުކުރާ 100 މެގަވޮޓްގެ ފްލޯޓިންގ ސޯލާ ސިސްޓަމާއި، 18 ރަށެއްގައި 40 މެގަވޮޓް އަވަރގެ ބެޓަރީ އެނާޖީ ސްޓޯރޭޖް ސިސްޓަމްތައް ހިމެނެއެވެ. މި މަޝްރޫއުތަކުގެ ސަބަބުން ރާއްޖޭގެ ހަކަތައިގެ ރައްކާތެރިކަން ކަށަވަރުވެ، ތިމާވެއްޓާ ރައްޓެހި ދެމެހެއްޓެނިވި ތަރައްގީއަކަށް މަގުފަހިވެގެންދާނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: