ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

3 ރައީސުންގެ ސިޓީ ޑިޕްލޮމެޓިކް މިޝަންތަކަށް!

ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގެ ކުރީގެ ތިން ރައީސުން ކަމަށްވާ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމާއި، ރައީސް މުޙައްމަދު ނަޝީދުގެ އިތުރުން ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ގުޅިވަޑައިގެން، ރާއްޖޭގެ ތަރައްޤީގެ ބައިވެރިންނަށާއި ބޭރުގެ ޑިޕްލޮމެޓިކް މިޝަންތަކަށް ޚާއްޞަ ސިޓީފުޅެއް ފޮނުއްވައިފިއެވެ.

މި ސިޓީފުޅަކީ ރާއްޖޭގެ މިހާރުގެ ސިޔާސީ މަޝްރަޙާއި ޑިމޮކްރެޓިކް ނިޒާމަށް ކުރިމަތިވަމުންދާ ގޮންޖެހުންތަކާ ގުޅޭގޮތުން ފޮނުއްވި ސިޓީފުޅެކެވެ.

މި މަހުގެ 10 ވަނަ ދުވަހު ރާއްޖޭގެ ކޯޓަކުން ނެރުނު ”ގެގް އޯޑަރު“ އާ ގުޅޭގޮތުން ތިން ރައީސުން ކަންބޮޑުވުން ފާޅުކުރައްވާފައިވެއެވެ. އެ ސިޓީފުޅުގައި ފާހަގަކުރައްވާފައިވާ ގޮތުގައި، މިއީ ރާއްޖޭގެ ޑިމޮކްރެޓިކް ތާރީޚުގައި މިހާ ފުޅާ ދާއިރާއެއްގައި ކަންކަން މަނާކުރި ފުރަތަމަ ފަހަރެވެ. އަދި މި އަމުރާ ޚިލާފުވި ކަމަށް ބުނެ ”އަދަދު“ ނޫހުގެ ދެ ނޫސްވެރިން ކަމަށްވާ މުޙައްމަދު ޝަހުޒާނާއި ލީވާން އަލީ ނަސީރު ޖަލަށްލުމަށް ކުރި ޙުކުމަކީ 2008 ގެ ޤާނޫނުއަސާސީގެ ދަށުން ނޫސްވެރިން ޖަލަށްލީ ފުރަތަމަ ފަހަރުކަންވެސް ބަޔާންކުރައްވާފައިވެއެވެ.

މީގެ އިތުރުން، ނޫސްވެރިން ދޫކޮށްލުމަށް ގޮވާލައި މާލޭގައި ކުރި މުޒާހަރާގެ ބައިވެރިން ހައްޔަރުކުރުމަކީ ނުހަނު ބޮޑު ކަންބޮޑުވުމެއް ކަމަށް ތިން ރައީސުން ވިދާޅުވެފައިވެއެވެ. ސިޓީފުޅުގައި ބަޔާންކޮށްފައިވާ ގޮތުގައި، ނިމިދިޔަ ކައުންސިލް އިންތިޚާބުގެ ނާކާމިޔާބީއާއި ޤާނޫނުއަސާސީއަށް ބަދަލު ގެނައުމުގެ ރިފަރެންޑަމްގައި 69 އިންސައްތަ ރައްޔިތުން ދެކޮޅު ހެދުމުން، ސަރުކާރުން މިހާރު މަސައްކަތް ކުރަނީ ޖަވާބުދާރީކުރުވާ މުއައްސަސާތަކަށް ދޭ ހަމަލާތައް ވަރުގަދަކުރުމަށެވެ.

ސިޓީފުޅު ނިންމަވާލައްވަމުން ތިން ރައީސުން ވަނީ ބައިނަލްއަޤުވާމީ މުޖުތަމަޢަށް މުހިންމު އިލްތިމާސެއް ކުރައްވާފައެވެ. އެގޮތުން، ނަހަމަ ގޮތުގައި ބަންދުކޮށްފައިވާ ހުރިހާ ނޫސްވެރިންނާއި މުޒާހަރާތަކުން ހައްޔަރުކުރި މީހުން ވަގުތުން ދޫކޮށްލުމަށާއި، އެމީހުންގެ މައްޗަށް ކުރާ ދައުވާތައް ހުއްޓާލުމަށް ސަރުކާރަށް ބާރުއެޅުއްވުމަށް ޑިޕްލޮމެޓިކް މިޝަންތަކުގެ ކިބައިން ވަނީ އެދިވަޑައިގެންފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: