ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހޮހޮޅައިގެ އެންމެ އެތެރޭގެ ބައެއް މަންޒަރުތައް ޑީއޭއެން ޔޫރަޕުން އާންމުކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

ވ. އަތޮޅު ”ތިންވަނަ ކަނޑު“ ހޮހޮޅައިގައި ހިނގި ހިތާމަވެރި ހާދިސާގައި މަރުވި މީހުން ހޯދުމަށް ކުރިއަށްގެންދިޔަ، ނުރައްކާތެރި އޮޕަރޭޝަންގެ މަންޒަރުތައް ހިމެނޭ، ފޮޓޯ ސިލްސިލާގެ ދެވަނަ ބައި ”ޑީއޭއެން ޔޫރަޕް“ އިން އާންމުކޮށްފިއެވެ.

މި ފޮޓޯތަކުން ފެނިގެންދަނީ ހޮހޮޅައިގެ އެންމެ އެތެރޭގެ ބައިތަކެވެ. މި ސަރަހައްދަކީ ވަރަށް ހަނި، އަދި ކުޑަ ހަރަކާތަކުންވެސް ފެންގަނޑު ކިލަނބުވެ، ތަނެއް ނުފެންނަ ވަރަށް އަނދިރިވާނެ ތަނެއްކަމަށް ފާހަގަކުރެވެއެވެ. އަދި ހޮހޮޅައިގެ ތެރޭގައި ހުރި ”ކޮރަލް ސެގްމެންޓް“ ހަލާކުވެ، ފެންގަނޑު ކިލަނބު ވެއްޖެނަމަ، އެތަނުން ނުކުންނާނެ މަގު ހޯދުމަކީ އިންތިހާއަށް އުނދަގޫ ކަމެއްކަމަށް ރެސްކިއު ޓީމުން ވަނީ ފާހަގަކޮށްފައެވެ.

މި މަސައްކަތުގައި ޙަރަކާތްތެރިވި ފިންލެންޑްގެ ޑައިވަރުން ބޭނުންކޮށްފައި ވަނީ މިޒާތުގެ އޮޕަރޭޝަންތަކަށް ބޭނުން ކުރެވޭ އެންމެ ފަހުގެ ޒަމާނީ ވަޞީލަތްތަކެވެ.

މީގެ ސަބަބުން ފެންގަނޑު ކިލަނބުވުން ކުޑަކޮށް، ގިނަ ވަގުތު ފެނު އަޑީގައި މަސައްކަތް ކުރުމުގެ ފުރުޞަތު ލިބުނު ނަމަވެސް، ހާދިސާގައި މަރުވި އިޓަލީގެ ފަސް ޑައިވަރުން ބޭނުންކޮށްފައިވަނީ އާދައިގެ ޑައިވިން ވަޞީލަތްތައް ކަމަށްވާތީ، އެހާ ފުން ސަރަހައްދެއްގައި އެމީހުންނަށް އޮތް ރައްކާތެރިކަމުގެ ފުރުސަތު ވަރަށް ކުޑަކަން ހާމަވެގެންދެއެވެ.

ދާއިރާގެ މާހިރުން ވިދާޅުވަމުންދާ ގޮތުގައި މި ޑައިވަރުންނަށް ހޮހޮޅައިން ނުކުމެވޭ މަގު އޮޅުނީ ”ސޭންޑް ވޯލް އިލޫޝަން“ ނުވަތަ ހޮހޮޅައިގެ ތެރޭގައި ހުރި ކިލަނބު ކަމެއްގެ ސަބަބުން، ނުކުމެވޭ މަގަކީ ބަންދުވެފައިވާ ފާރެއްގެ ގޮތުގައި ފެނުމުންނެވެ.

ޑީއޭއެން ޔޫރަޕުން ވަނީ މި ސަލާމަތީ އޮޕަރޭޝަންގައި ބައިވެރިވި ހުރިހާ ފަރާތްތަކަށް ޝުކުރު އަދާކޮށް، މަރުވި ފަރާތްތަކުގެ އާއިލާތަކަށް ކެތްތެރިކަން ދެއްވުމަށް އެދި ދުއާކޮށްފައެވެ. އަދި މި މައްސަލައިގެ ތަހުޤީގައިގެން ކުރިއަށް ދާއިރު، އެ ބޭފުޅުންގެ ފުރިހަމަ އެއްބާރުލުން ލިބިގެން ދާނެކަމުގެ ޔަޤީންކަންވެސް ވަނީ އަރުވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 40%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 60%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: