ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އައްޑޫގެ ކަންކަން ރަނގަޅަށް ދަންނަން، ތަރައްގީ ނާންނަ ސަބަބު ސުވާލު ކުރެވޭނެ މީހެއް މަޖިލީހަށް ބޭނުންވޭ: ސޯބެ

ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހުގެ އައްޑޫ އުތުރު ދާއިރާގެ ގޮނޑިއަކީ ސަރުކާރު ޒިންމާދާރުކުރުވުމަށާއި ރައްޔިތުންގެ އަސާސީ ހައްގުތައް ކަށަވަރުކުރުމަށްޓަކައި އިދިކޮޅު މައި ޕާޓީ، އެމް.ޑީ.ޕީއަށް ކާމިޔާބުކޮށްދޭންޖެހޭ ގޮނޑިއެއް ކަމަށް އެ ދާއިރާގެ ބައި އިލެކްޝަނުގައި ވަދަކުރައްވާ އައްޑޫ ސިޓީގެ ކުރީގެ މޭޔަރު އަބްދުﷲ ސޯދިގު (ސޯބެ) ވިދާޅުވެއްޖެއެވެ.

ސަންގު ޓީވީގެ ”ޚަބަރަށްފަހު“ ޕްރޮގްރާމްގައި ސޯބެ ވިދާޅުވީ، މިހާރު މަޖިލީހުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގައި އެމްޑީޕީގެ 12 މެންބަރުން ތިއްބެވި ނަމަވެސް، ސަރުކާރުގެ ބާރުގެ ދަށަށް ހުރިހާ ކަމެއް ގޮސްފައިވާ މި ދަނޑިވަޅުގައި އިދިކޮޅު މެންބަރުންގެ އަދަދު އިތުރުވުމަކީ ރައްޔިތުންނަށް ލިބޭނެ ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމަށެވެ.

ސޯބެ ވިދާޅުވީ މަޖިލީހުގެ ތެރޭގައި ސަރުކާރުގެ ސުޕަ މެޖޯރިޓީ އޮތް ނަމަވެސް، މިހާރު ތިއްބެވި އެމްޑީޕީގެ 12 މެންބަރުން ދަނީ މާލޭގެ ރައްޔިތުންގެ ބޯހިޔާވަހިކަމާއި، މަސްވެރިންނަށް ދިމާވެފައިވާ ދަތިތަކާ ގުޅޭގޮތުން ސަރުކާރަށް ބޮޑެތި ޕްރެޝަރުތަކެއް ކުރިމަތިކުރުވަމުން ކަމަށެވެ. އޭނާ މަޖިލީހަށް ހޮވިވަޑައިގެންފިނަމަ، 13 ވަނަ މެންބަރެއްގެ ގޮތުގައި އެ މަސައްކަތް އިތުރަށް ވަރުގަދަކޮށް، ސަރުކާރުން ހިންގާ ބައެއް ނޭދެވޭ ކަންކަމާ ދެކޮޅަށް ވަކާލާތު ކުރައްވާނެކަމަށް ސޯބެ ވިދާޅުވިއެވެ.

މިހާރު ރާއްޖެއަށް ދިމާވެފައި މިހުރި ހުރިހާ މައްސަލައަކީ ރައްޔިތުންގެ އަސާސީ ހައްގުތައް ހަނިކުރެވި ހިފެހެއްޓެމުން ދާތީ ދިމާވާ ކަންކަން. ކޯޓުތަކާއި މިނިވަން މުއައްސަސާތައް މިވަނީ ވަކި މީހެއްގެ ބާރުގެ ދަށަށް ގެންގޮސްފައި. ރައީސުލްޖުމްހޫރިއްޔާ ހުރިހާ ތަނަކަށް އަތްބާނައި، ރިމޯޓް ހިފައިގެން ކޮންޓްރޯލް ކުރަން އިންނަ އިންނެވުން ހުއްޓުވަން މަޖިލީހަށް އިތުރު ބާރެއް ބޭނުންވޭ

ސޯބެ އިތުރަށް ފާހަގަކުރެއްވި ގޮތުގައި، އޭނާއަކީ އައްޑޫ ސިޓީ ކައުންސިލް މެމްބަރުކަމާއި، 10 އަހަރު ދުވަހު މޭޔަރުކަން ކުރައްވާފައިވާ، ސިޓީގެ ތަރައްގީގެ ޕްލޭންތައް އެންމެ ރަނގަޅަށް ދަންނަ އެކަކެވެ. އެގޮތުން އެމްޑީޕީގެ ފުރަތަމަ ސަރުކާރުގައި ސާކް ސަމިޓާ ގުޅިގެން ހިންގި މަޝްރޫއުތަކާއި، ދެވަނަ ސަރުކާރުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ދައުރުގައި ފެށި މަޝްރޫއުތަކުގައި އޭނާ އިސް ދައުރެއް އަދާކުރެއްވިކަން ފާހަގަކުރެއްވިއެވެ. ނަމަވެސް މިހާރުގެ ސަރުކާރުން އެ މަޝްރޫއުތައް ކުރިއަށް ނުގެންގޮސް ހުއްޓާލާފައިވާތީ، އެކަމާ ސުވާލުކުރާނެ މީހަކު މަޖިލީހުގައި ހުންނަންޖެހޭކަމަށް އޭނާ ވިދާޅުވިއެވެ.

މީގެއިތުރުން ސޯބެ ވިދާޅުވީ، ސަރުކާރު ކޯލިޝަންގެ ފަރާތުން މިހާރު މި ގޮނޑިއަށް ވާދަކުރައްވާ ކެންޑިޑޭޓަކީ ޕީއެންސީގެ އާންމު މެންބަރުން ބޭނުންވި ކެންޑިޑޭޓެއް ނޫން ކަމަށެވެ. އެހެންކަމުން، ދާއިރާގެ ތަރައްގީއަށާއި ރައްޔިތުންގެ އަޑު އުފުލުމަށް އެންމެ އެކަށޭނެ ބޭފުޅަކީ އޭނާކަމަށް ވިދާޅުވެ، އުތުރު ދާއިރާގެ ރައްޔިތުންގެ ކިބައިން ވޯޓަށް އެދިވަޑައިގެންނެވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: