ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖޭގައި މަރުވި އިޓަލީގެ ޑައިވަރުންގެ ހަށިގަނޑުތައް އިޓަލީއަށް ފޮނުވާލައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

ވ. އަތޮޅުގެ ”ތިންވަނަ ކަންޑު“ ހޮހަޅައެއް ބަލަމުން ދަނިކޮށް މަރުވި އިޓަލީގެ ހަތަރު ޑައިވަރުންގެ ހަށިގަނޑުތައް، ޕޯސްޓްމޯޓަމް ނުވަތަ އޮޓޮޕްސީ ހެދުމަށްޓަކައި އެނބުރި އިޓަލީއަށް ފޮނުވާލުމަށް ދިވެހި ސަރުކާރުން ނިންމައި އެ މަސައްކަތް ކުރިއަށް ގެންގޮސްފިއެވެ.

ރައީސް އޮފީހުގެ އިސް ތަރުޖަމާނު މުޙައްމަދު ޙުސައިން ޝަރީފް (މުންދު) މަޢުލޫމާތު ދެއްވި ގޮތުގައި، މި ހަތަރު މީހުންގެ ހަށިގަނޑުތައް މިއަދު ހެނދުނުގެ ވަގުތެއްގައި ވަނީ އިޓަލީއަށް ފޮނުވާލާފައެވެ. މިގޮތަށް ޢަމަލުކުރަން ނިންމީ މި ހާދިސާގެ ތަހުޤީގު ދެ ޤައުމު ގުޅިގެން ކުރިއަށްގެންދާތީއެވެ. އެގޮތުން، އިޓަލީގައި ހަދާ ޕޯސްޓްމޯޓަމްގެ ރިޕޯޓްތައް ނިމުމުން އެ މަޢުލޫމާތު ދިވެހި ތަހުޤީޤީ ޓީމާ ހިއްސާކުރާ ގޮތަށް ދެ ސަރުކާރުގެ ދެމެދުގައި ވަނީ އެއްބަސްވުމަކަށް އާދެވިފައެވެ.

ތަހުޤީޤީ އިދާރާތަކުން ބުނާ ގޮތުގައި، ޑައިވަރުން ބޭނުންކުރި ޑައިވް ކޮމްޕިއުޓަރުތަކާއި ގޯޕްރޯ ކެމެރާތަކުން ލިބޭ މަޢުލޫމާތަކީ މި ހާދިސާ ހިނގަން މެދުވެރިވި ސަބަބުތައް ސާފުކުރުމަށް ވަރަށް މުހިންމު އެއްޗެކެވެ. މި ވަޞީލަތްތަކުގެ އެހީގައި ޑައިވަރުން ކަނޑުގެ ކިހާ ފުންމިނަކަށް ދިޔަތޯއާއި، އަޑީގައި ކިހާ ވަގުތެއް ހޭދަކުރިތޯއާއި، އަދި އެމީހުން ހޮހަޅައިގެ ތެރެއަށް ވަނީ އަމިއްލައަށްތޯ ނުވަތަ ބާރުގަދަ އޮއިވަރެއްގައި ދަމައިގަތީތޯ ފަދަ ސުވާލުތަކަށް ޖަވާބު ލިބޭނެ ކަމަށް ބެލެވެއެވެ. އިޓަލީގެ ކަމާބެހޭ ފަރާތްތަކުން ވަނީ ރާއްޖޭގެ ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި މި ތަކެތި ބެލުމުގެ ހުއްދައަކަށްވެސް އެދިފައެވެ.

މި މަހުގެ 14 ވަނަ ދުވަހު ހިނގި މި ހިތާމަވެރި ހާދިސާގައި މަރުވެފައިވަނީ ޕްރޮފެސަރ މޮނިކާ މޮންޓެފަލްކޯންގެ ދަރިފުޅު ޖިއޯޖިއާ ސޮމަކާލް، ރިސާޗަރ މުރިއެލް އޮޑެނީނޯ، ރިސާޗް އެސިސްޓަންޓް ފެޑެރިކޯ ގުއަލްޓިއޭރީ އަދި ޑައިވިންގ އިންސްޓްރަކްޓަރު ޖިއަންލޫކާ ބެނެޑެޓީއެވެ. މި ހަތަރު މީހުންގެ އިތުރުން، އެމީހުން ހޯދުމުގެ ނުރައްކާތެރި އޮޕަރޭޝަންގެ ތެރޭގައި އެމްއެންޑީއެފްގެ ކޯސްޓްގާޑް ޑައިވަރެއް ކަމަށްވާ ސްޓާފް ސާޖަންޓް މުޙައްމަދު މަހުދީ ވެސް ވަނީ މަރުވެފައެވެ.

މަރުވި މީހުންގެ ހަށިގަނޑުތައް ރަސްމީކޮށް ދެނެގަތުމުގެ މަސައްކަތް އިންޓަޕޯލް އާއި އެހެނިހެން ބައިނަލްއަޤްވާމީ އިދާރާތަކާ ގުޅިގެން ޑީއެންއޭ މެދުވެރިކޮށް ކަށަވަރު ކުރަމުން މަސައކަތްތައް ކުރިޔަށް ދާކަން ފާހަގަ ކުރެވެއެވެ. މި ހާދިސާގައި އިޓަލީގެ ޕްރޮސެކިއުޓަރުން ވަނީ އިޙުމާލުން މީހަކު މަރުވުމުގެ މައްސަލައެއްގެ ތަޙުޤީގެއްވެސް ފަށާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: