ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

”ތައްޔާރު“ ޕްރޮޖެކްޓުގެ ދަށުން އެމްއެމްއެސްއަށް އިލެކްޓްރިކް އުޅަނދުތަކެއް ހަވާލުކޮށްފި

ފޮޓޯ: ޔޫއެންޑީޕީ
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގެ ކުރިއާލާ އިންޒާރުދޭ ނިޒާމު ވަރުގަދަކުރުމަށް ކުރިއަށްގެންދާ ”ތައްޔާރު“ ޕްރޮޖެކްޓުގެ ދަށުން، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (އެމްއެމްއެސް) އަށް ތިން އިލެކްޓްރިކް އުޅަނދު ރަސްމީކޮށް ހަވާލުކޮށްފިއެވެ.

މި އުޅަނދުތައް ހަވާލުކުރުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ ހުޅުލޭގައި ހުންނަ އެމްއެމްއެސްގެ މައި މަރުކަޒުގައެވެ.

މި އުޅަނދުތަކަކީ އެމްއެމްއެސްގެ އޮޕަރޭޝަނަލް މަސައްކަތްތަކާއި އަމަލީ މަސައްކަތްތައް އިތުރަށް ހަލުވިކޮށް، ތިމާވެއްޓާ ރައްޓެހި ގޮތެއްގައި ދަތުރުފަތުރުގެ ކަންކަން ހަމަޖެއްސުމަށް ފޯރުކޮށްދިން އުޅަނދުތަކެކެވެ. މިއީ މޫސުމީ ބަދަލުތަކަށް ނުފޫޒު ފޯރުވާ ކަންކަން މަދުކުރުމަށާއި، ދެމެހެއްޓެނިވި ގޮތެއްގައި މުޢައްސަސާގެ ޚިދުމަތްތައް ކުރިއަށް ގެންދިއުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.

”ތައްޔާރު“ ޕްރޮޖެކްޓަކީ ޗައިނާ ސަރުކާރުގެ ގްލޯބަލް ޑިވެލޮޕްމަންޓް އެންޑް ސައުތް-ސައުތް ކޯޕަރޭޝަން ފަންޑުގެ އެހީގައި، ޔޫއެންޑީޕީ މޯލްޑިވްސް އާއި ޗައިނާ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެޖެންސީ ގުޅިގެން ކުރިއަށްގެންދާ މަޝްރޫއެކެވެ. މި މަޝްރޫއުގެ މައިގަނޑު މަޤްސަދުތަކުގެ ތެރޭގައި ރާއްޖޭގެ މޫސުން މޮނިޓާކޮށް ލަފާކުރުމުގެ ފަންނީ ޤާބިލުކަން އިތުރުކުރުމާއި، ކުރިއާލާ އިންޒާރު ދޭ މަޢުލޫމާތު އާންމުންނަށް ފަސޭހައިން ލިބޭނެ ގޮތް ހެދުން ހިމެނެއެވެ.

މި މަޝްރޫއުގެ ދަށުން ރާއްޖޭގެ އެކި ހިސާބުތަކުގައި މޫސުން މޮނިޓާކުރާ އާ މަރުކަޒުތައް ޤާއިމުކުރުމާއި، މޫސުމީ މަޢުލޫމާތު އެއްކޮށް ދިރާސާކުރުމުގެ ނިޒާމު ވަރުގަދަކުރުން ހިމެނެއެވެ. މީގެ އިތުރުން، އެމްއެމްއެސްގެ ބްރޭންޑް އާކޮށް، މަޢުލޫމާތު ފޯރުކޮށްދޭ ޑިޖިޓަލް ޕްލެޓްފޯމްތައް ކަމަށްވާ ވެބްސައިޓާއި މޯބައިލް އެޕްލިކޭޝަން ތަރައްގީކުރުމުގެ މަސައްކަތްވެސް މި ޕްރޮޖެކްޓުގެ ދަށުން ވަނީ ކޮށްފައެވެ.

މަޝްރޫޢުގެ އިފްތިތާހީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ކުރީގެ މިނިސްޓަރ އޮފް އެންވާރަމެންޓް ކްލައިމެޓް ޗޭންޖެ އެންޑް އެނާޖީ، ތޯރިޤް އިބްރާހިމް ވިދާޅުވީ ”މި މަޝްރޫއަކީ މޫސުމީ ބަދަލުތަކުން ކުރިމަތިވާ ނުރައްކާތަކުން ރާއްޖޭގެ ރައްޔިތުން ސަލާމަތްކުރުމަށް އެޅޭ ވަރަށް މުހިންމު ފިޔަވަޅެއް“ ކަމަށެވެ. އަދި މި ޕްރޮޖެކްޓުގެ ސަބަބުން ކާރިސާތަކަށް ތައްޔާރުވުމަށް ލިބޭ ވަގުތު އިތުރުވެ، ރައްކާތެރިކަން ކަށަވަރުވެގެންދާނެކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: