ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ފޯމްފުރުމުގެ ސުންގަޑި ކައިރިވަނީ: ގިނަ ބަދަލުތަކާއި އިތުރު ކެޓަގަރީތަކެއް

ކުރީ ސަރުކާރުގެ ބިންވެރިޔާ ސްކީމްގެ ދަށުން ދިން ގޯއްޗެއްގެ ރަޖިސްޓްރީ މީހަކު ހިފަހައްޓާލައިގެން.-- ފޮޓޯ: ފަޔާޒު މޫސާ| މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ސަރުކާރުގެ ”ބޯހިޔާވަހިކަން އެންމެންނަށް“ މަޝްރޫޢުގެ ދަށުން ގޯއްޗާއި ފްލެޓަށް އެދި ހުށަހެޅުމުގެ ސުންގަޑި މި މަހުގެ 31 އަށް ހަމަވާއިރު، މި މަޝްރޫޢު ކުރިއަށްދަނީ އިދާރީ ގިނަ ބަދަލުތަކަކާއި މުއްދަތު އިތުރުކުރުންތަކަކަށްފަހުއެވެ.

ސުންގަޑި އެންމެ ފުރަތަމަ އޭޕްރީލް 30އަށް ކަނޑައެޅި ނަމަވެސް، ފަހުން ވަނީ މެއި މަހުގެ ނިޔަލަށް ދެ ފަހަރެއްގެ މަތިން އިތުރުކޮށްފައެވެ. މި ބަދަލުތައް ގެންނަން ޖެހުނީ އެޕްލިކޭޝަން ހުޅުވާލާފައި އޮއްވައި އުސޫލުތަކަށް ގެނައި އިޞްލާޙުތަކާ ގުޅިގެން ޕޯޓަލްއަށް ބަދަލުތައް ގެންނަން ޖެހުމާއި، އާ ކެޓަގަރީތަކަށް ފުރުޞަތު ދިނުމުގެ ބޭނުމުގައެވެ. މީގެ އިތުރުން، ބައެއް ލިޔެކިޔުންތައް ހޯދުމުގައި ޢާންމުންނަށް ދިމާވާ ދަތިތަކަށް ޙައްލެއް ހޯދައިދިނުމަކީވެސް މުއްދަތު އިތުރުކުރި ސަބަބެއްގެ ގޮތުގައި ބެލެވެއެވެ.

މި ފަހަރުގެ އެންމެ ބޮޑު އެއް ބަދަލަކީ ”ބިންވެރިޔާ“ ސްކީމުގެ ދަށުން ގޯތި ލިބުނު ފަރާތްތަކަށް އެ ބިން ދޫކޮށްލުމަށްފަހު ފްލެޓަށް އެދުމުގެ ފުރުސަތު، ތިންވަނަ ކެޓަގަރީއެއްގެ ގޮތުގައި ހުޅުވާލުމެވެ. މި ބަދަލު ގެނައީ ގޯތި ދޫކުރި ބައެއް ސަރަހައްދުތައް (ގިރާވަރު ފަޅާއި ގުޅީފަޅު) އަދިވެސް ހިއްކައި ނުނިމޭތީ، ވަގުތުން ދިރިއުޅެވޭނެ ފްލެޓަށް އެދޭ މީހުން ގިނަވުމާ ގުޅިގެންނެވެ.

މީގެ އިތުރުން ގެނައި ބައެއް މުހިންމު ބަދަލުތަކުގެ ތެރޭގައި ހިމެނެނީ:

  • ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ބެލެނިވެރިންނަށް އެޕްލިކޭޝަން ހުށަހެޅޭ ގޮތަށް އުޞޫލު ބަދަލުކުރުން.
  • މާލޭގައި ރަޖިސްޓްރީވިތާ ގިނަ ދުވަސް ނުވި ނަމަވެސް، މާލޭގައި މެދުނުކެނޑި 15 އަހަރު އުޅެފައިވާ މީހުންނަށް ފުރުޞަަތު ހުޅުވާލުން.
  • ކުރިން ޖޮއިންޓްކޮށް ހުށަހެޅި މީހުންނަށް ވަކިން ހުށަހެޅޭ ގޮތަށް ކެޓަގަރީ އެކެއް އަދި ދޭއް އިޞްލާޙުކުރުން.

މި މަޝްރޫއުގެ ދަށުން 7,900 ފްލެޓާއި 15,000 ގޯތި ދޫކުރުމަށް ވަނީ ނިންމާފައެވެ. މީގެ ތެރޭގައި މާލޭގެ ރަށްވެހިންނަށް ޚާއްޞަ 4,000 ފްލެޓާއި، މާލޭގައި އުޅޭ އެހެން ރަށްރަށުގެ މީހުންނަށް 1,500 ފްލެޓް އަދި ޚާއްޞަ ކެޓަގަރީތަކަށް 2,400 ފްލެޓް ހިމެނެއެވެ.

ސަރުކާރުން ހާމަކޮށްފައިވަނީ މި ބަދަލުތަކަކީ ހުރިހާ ރައްޔިތުންނަށް އިންސާފުވެރިކަމާއެކު ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ގެނައި ބަދަލުތަކެއް ކަމަށެވެ. ނަމަވެސް، ސުންގަޑި ކައިރިވަމުންދާއިރު އުޞޫލުތަކަށް ގެންނަ ބަދަލުތަކުގެ ސަބަބުން ބައެއް ފަރާތްތަކުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: