ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޝަރުއީ ނިޒާމަށް ސަރުކާރުގެ ނުފޫޒު އެބައޮތް، ހެކި އުފައްދައިގެން މީހުން ދަނީ ބަންދު ކުރަމުން: އިންތި

ލޫކަސް އަދި އިމްތިޔާޒް ނޫސްވެރިންނާ ބައްދަލުކުރުމުގެ ތެރެއިން
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގެ ޢަދުލު އިންސާފުގެ ނިޒާމުގައި ސަރުކާރުގެ މަތީ ފަރާތްތަކުގެ ނުފޫޒު އިންތިހާއަށް އެބައޮތްކަމަށާއި، ހެކި އުުފައްދައިގެން މީހުން ބަންދުކުރުން ފަދަ ޢަމަލުތައް ހިނގަމުންދާކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) ވިދާޅުވެއްޖެ އެވެ.

ނޫސްވެރިންގެ ދިފާއުފައި ކުރިޔަށް ގެންދިޔަ، އިހުތިޖާޖުގައި ހައްޔަރު ކުރި ސޯޝަލް މީޑިއާ އެކްޓިވިސްޓް ޝަމްއޫން ޖަލީލް (ލޫކަސް) ގެ ބަންދަށް 10 ދުވަސް ޖެހުމަށް ފަހު އިއްޔެ ވަނީ އޭނާ ދޫކޮށްލާފަ އެވެ.

ލޫކަސްގެ ގާނޫނީ ވަކީލުގެ ފަރާތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، އިންތި ވިދާޅުވީ ފުލުހުންގެ ގައިގައި އަތްލާ މާރާމާރީ ހިންގި ކަމަށް ބުނެ ލޫކަސްގެ މައްޗަށް ކުރި ތުހުމަތަކީވެސް އެއްވެސް އަސާސެއް ނެތް، ފަހުން އުފައްދާފައިވާ ”ބޮޑު ބުހުތާނު ދޮގެއް“ ކަމަށެވެ.

މިކަމަކީ ހަޤީޤަތް އޮޅުވާލުމަށްޓަކައި ރައީސް އޮފީހުން ނުވަތަ ސަރުކާރުގެ މުޢައްސަސާތަކުން އަންނަ ފޯނު ކޯލުތަކަކަށް ބޯލަނބައިގެން ހިންގާ ”ޖަރީމާތަކެއް“ ގޮތުގައި އޭނާ ވިދާޅުވި އެވެ. އަދި ލޫކަސް ހައްޔަރުކުރި ސަބަބު ބަޔާނުގައި ވެސް އަދި ބަޔާން ނެގިއިރު ވެސް މިފަދަ މާރާމާރީއެއްގެ ސުވާލެއް ކޮށްފައި ނުވާއިރު، މިއީ ގަސްތުގައި ރޭވިގެން ހިންގާ ސިޔާސީ ޢަމަލެއްކަމަށް އޭނާ ވަނީ ތުހުމަތު ކުރައްވާފަ އެވެ.

ކުށުގެ ވެށީގައި އުޅޭ މީހުން ޙައްޔަރުކުރުމުން ވެސް ޢާންމުކޮށް ލިބެނީ 10 ނުވަތަ 15 ދުވަހުގެ ބަންދެއް ނަމަވެސް، އާދައިގެ ކުށެއް ސާބިތު ނުވާ މީހަކަށް އެފަދަ ބޮޑު މުއްދަތެއް ދިނުމަކީ ބޮޑު ބޭއިންސާފެއްކަމަށްވެސް އިންތި ވަނީ ވިދާޅުވެފަ އެވެ. އަދި ފަނޑިޔާރުން ބަންދު މުއްދަތު ޖަހާއިރު އިންސާނީ ބުއްދީގެ މިންގަނޑަށާއި ޤާނޫނުގައި ސާފުކޮށް ލިޔެފައި ހުންނަ ކަންކަމަށް ބަލާނުލާ ކަމަށާއި، ހެކި ނެތްކަމަށް ފަނޑިޔާރުން އަމިއްލެއިން އިޢުތިރާފްވާއިރު ވެސް އަމިއްލަ ހީފުޅުގެ މައްޗަށް ބިނާކޮށް ނިންމުންތައް ނިންމަވާކަމަށް ވަނީ ވިދާޅުވެފަ އެވެ. އަދި މީހަކު ހައްޔަރުން ބޭރު ކުރެވޭނެކަމަށް ފަނޑިޔާރުން ނިންމުމަށް ފަހުގައިވެސް ގައިރު ޤާނޫނީކޮށް ފުލުހުން މީހުން ހިފަހައްޓަމުން ގެންދާކަމަށްވެސް އޭނާ ތުހުމަތުކުރިއެވެ.

އިންތި ވިދާޅުވީ މިފަދަ ކަންކަމުގެ ސަބަބުން ޢަދުލު އިންސާފުގެ ނިޒާމަށް އޮންނަ އިތުބާރު ގެއްލިގެންދާ ކަމަށާއި، ހިއުމަން ރައިޓްސް ކޮމިޝަނަށް މި މައްސަލަތައް ހުށަހެޅިޔަސް ސަރުކާރުގެ ނުފޫޒުގެ ސަބަބުން އެ ކޮމިޝަނަށް ވެސް މިކަންކަން ރަނގަަޅަށް ނުބެލޭ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: