ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މާލެ ސަރަހައްދުގައި ފޯރިގަދަކޮށް ޢީދު ހަރަކާތްތައް!

ފޮޓޯ: އެމްއެންޑީއެފް
ޝެއާރކޮށްލާ ކަހަލަދޯ؟

މުޖުތަމަޢުގެ އެކުވެރިކަމާއި އެއްބައިވަންތަކަން އާލާކުރުމުގެ މަޤްސަދުގައި، ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރު (އެމްއެންޑީއެފް) އިން އިސްނަގައިގެން ބާއްވާ ”ޢީދު ހަވީރު 1447“ ގެ ފޯރިގަދަ ހަރަކާތްތައް މާލެ ސަރަހައްދުގައި ބޭއްވުމަށް ނިންމައިފިއެވެ.

މިއީ އެމްއެންޑީއެފާއި މޯލްޑިވްސް ޕޮލިސް ސަރވިސްގެ އިތުރުން ސަރުކާރު ހިއްސާވާ 10 ކުންފުންޏެއް ގުޅިގެން ކުރިއަށްގެންދާ ބޮޑު ޙަރަކާތެކެވެ.

މި ހަރަކާތުގައި ބައިވެރިވާ ކުންފުނިތަކުގެ ތެރޭގައި ސްޓެލްކޯ، އެމްޑަބްލިޔުއެސްސީ، ވެމްކޯ، އެމްޕީއެލް، އެމްޓީސީސީ، އެމްއޭސީއެލް، މިފްކޯ، އާރުޑީސީ، އެޗްޑީސީ އަދި އެފްޑީސީ ހިމެނެއެވެ. މި ހަވީރުގެ ހަރަކާތްތައް މާލެ އާއި ހުޅުމާލޭގައި މެއި މަހުގެ 27 އިން 29 އަށް، ކޮންމެ ދުވަހެއްގެ ހަވީރު 4:00 އިން 6:00 އަށް ކުރިއަށްދާނެއެވެ. ނަމަވެސް ވިލިމާލޭގައި މި ޙަރަކާތްތައް މެއި 30 ގެ ނިޔަލަށް ހަތަރު ދުވަހުގެ މުއްދަތަށް ކުރިއަށްދާނެ ކަމަށް އެމްއެންޑީއެފުން މަޢުލޫމާތުދެއެވެ.

މާލޭގައި މި ހަރަކާތްތައް ބޭއްވުމަށް ހަމަޖެހިފައިވަނީ ސަލްޓަން ޕާކް، ޖުމްހޫރީ މައިދާން، އަދި ރައީސުލްޖުމްހޫރިއްޔާގެ ޖެޓީ ސަރަހައްދުގައެވެ. ހުޅުމާލޭގައި ސެންޓްރަލް ޕާކާއި ހިޔާ ސަރަހައްދުގައި ހަރަކާތްތައް ބާއްވާއިރު، ވިލިމާލޭގައި މި ކުޅިވަރުތައް އޮންނާނީ އެ އަވަށުގެ ފުޓުބޯޅަ ދަނޑުގައެވެ.

އެމްއެންޑީއެފުން މި ހަވީރުގައި ސިފައިން ބޭނުންކުރާ ހަތިޔާރާއި، ޔުނިފޯމް އަދި އެކިއެކި އުޅަނދުތައް ދައްކާލުމުގެ އިތުރުން ފޮޓޯ ނެގުމުގެ ފުރުސަތު ޢާންމުންނަށް ހުޅުވާލާނެއެވެ. މީގެ އިތުރުން ފޯމް ބާތު ޕޫލް، ވޯޓާ ސްލައިޑް، ރެޕެލިންގް، އަދި އެމްއެންޑީއެފްގެ އާޓްސް އެންޑް ސެރެމޯނިއަލް ސަރވިސްގެ ޚާއްސަ ހުށަހެޅުންތައްވެސް ފެނިގެންދާނެއެވެ.

ކުންފުނިތަކުގެ ތެރެއިން އެމްއޭސީއެލްގެ ފަރާތުން ހުޅުމާލޭ ސެންޓްރަލް ޕާކުގައި ކުޑަކުދިންނަށް ޚާއްސަ ޓްރީހައުސްއެއް ބިނާކޮށް، ބޮޑުބެރާއި މާލީގެ ހަރަކާތްތަކުގެ އިތުރުން މަޝްހޫރު ފުޓުބޯޅަ ކުޅުންތެރިޔާ ޢަލީ އަޝްފާޤްގެ ހުނަރުތައް ދައްކާލުން އޮންނާނެއެވެ. ހަމައެހެންމެ އެމްޕީއެލްގެ ސްޓޯލުން ކުޑަކުދިންނަށް ވެލިގަނޑުގައި ކުޅުމާއި، ހެވީ ވެހިކަލްތައް ދައްކާލުން ފަދަ ތަފާތު ހަރަކާތްތައް ކުރިއަށްދާނެއެވެ.

މި ހަރަކާތްތަކާ ގުޅޭގޮތުން ބައެއް ފަރާތްތަކުން ދުނިޔޭގެ އިޤްތިޞާދީ ހާލަތަށް ރިއާޔަތްކޮށް ފާޑުކިޔުންތައް އަމާޒުކުރި ނަމަވެސް، އެމްއެންޑީއެފުން ބާރުއަޅަނީ ”މިއީ އާއިލާތަކަށް އެކުގައި އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލުމަށް ލިބޭ ފުރުޞަތެއް“ ކަމަށެވެ. ހުރިހާ ސަރަހައްދުތަކެއްގައިވެސް ކޭންޓީންގެ ޚިދުމަތް ލިބެން ހުންނާނެ ކަމަށްވެސް އެމްއެންޑީއެފުން ވަނީ ހާމަކޮށްފައިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: