ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަހުމޫދުގެ މަރު: ސާލިމްއަށް އިއްވާފައިވާ މަރުގެ ހުކުމް ސުޕްރީމް ކޯޓަށް

މަހުމޫދުގެ މަރުގެ މައްސަލައިގައި ކުށް ސާބިތުވި ސާލިމް -- ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

އދ. ދަނގެތީގެ ވިޔަފާރިވެރިޔާ މަހުމޫދު އަބޫބަކުރު ރަހުމްކުޑަ ގޮތަކަށް މަރާލި މައްސަލާގައި، ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ ޝާ އޮލަމް މިއާ (ސާލިމް) މެރުމަށް ދަށު ކޯޓުން އިއްވައި ހައިކޯޓުން ދަމަހައްޓާފައިވާ ހުކުމްގެ ފަހު މަރުހަލާ ސުޕްރީމް ކޯޓަށް ހުށަހަޅައިފިއެވެ.

މަހުމޫދު މަރާލިކަމަށް ސާލިމް ވަނީ ތަހުގީގުގައާއި ކްރިމިނަލް ކޯޓުގެ ޝަރީއަތުގައި އިއުތިރާފުވެފައެވެ. އޭނާ ކޯޓުގައި ބުނެފައިވާ ގޮތުގައި މި ގާތިލީ އަމަލު ހިންގީ މަހުމޫދުގެ އަތުން ފައިސާ ފޭރުމުގެ ބޭނުމުގައެވެ.

މި މައްސަލާގައި ކްރިމިނަލް ކޯޓުން 27 ފެބްރުއަރީ 2022 ގައި ސާލިމް މެރުމަށް ހުކުމް ކުރީ، މަހުމޫދުގެ ހުރިހާ ވާރިސުން ވެސް ގިސާސް ހިފަން ބޭނުންވާ ކަމަށް ބުނެފައިވާތީއެވެ.

އެ ހުކުމް އިސްތިއުނާފު ކުރުމުން ހައިކޯޓުން ވަނީ 25 ޖުލައި 2024 ގައި އެ ހުކުމަށް ބަދަލެއް ގެންނަން ނުޖެހޭ ކަމަށް ނިންމާފައެވެ. ހައިކޯޓުގެ މަރުހަލާގައި ސަލީމް ވަނީ އޭނާ ކުރިން އިއުތިރާފުވީ މަޖުބޫރުވެގެންކަމަށް ބުނެ ވާހަކަ ދައްކާފައެވެ.

ދައުލަތުން މި މައްސަލަ ސުޕްރީމް ކޯޓަށް މިދިޔަ ހަފްތާގައި ހުށަހަޅާފައި ވަނީ، ދިވެހިރާއްޖޭގެ ގާނޫނީ ނިޒާމުގައި މަރުގެ ހުކުމް ނިހާއީ ކުރަން ޖެހޭތީ އެވެ.

ދާދިފަހުން ސަރުކާރުން ވަނީ ރާއްޖޭގައި މަރުގެ ހުކުމް ތަންފީޒު ކުރުމަށް، އެކަމާއި ގުޅޭ ހާއްސަ ގާނޫނުގެ މަސައްކަތްތައް ނިންމައި ވަރަށް އަވަހަށް މަޖިލީހަށް ހުށަހަޅާނެކަމަށް ބުނެފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: