ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މީކާއިލްގެ ކެމްޕޭނަކީ ޕީއެންސީ ފިކުރުގެ ކެމްޕޭނެއް: ޒާޔާ

ހުޅުމާލެ އުތުރު ދާއިރާގެ ކައުންސިލް މެންބަރު ފާތިމަތު ޒާޔާ
ޝެއާރކޮށްލާ ކަހަލަދޯ؟

ހުޅުމާލެ އުތުރު ދާއިރާގެ ކައުންސިލް މެންބަރު ފާތިމަތު ޒާޔާ، އެމްޑީޕީގެ ޗެއަރ ޕާސަންކަމުގެ މާޤާމަށް ކުރިމަތިލާފައިވާ މީކާއީލް ނަސީމްގެ ކެމްޕޭނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ، އެއީ ޕީއެންސީ ފިކުރުގެ ކެމްޕޭނެއްގެ ގޮތުގައި ސިފަކުރައްވައިފިއެވެ.

ސަންގު ޓީވީގެ ”ޚަބަރަށްފަހު“ ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ޒާޔާ ވިދާޅުވީ، އެމްޑީޕީއަށް މިވަގުތު ބޭނުންވަނީ ޕާޓީގެ މާލީ ޙާލަތާއި ފޯރި އާއި ޖޯށުގައި ހިންގާލެވޭނެ ވަރުގަދަ ޝަޚުސިއްޔަތެއް ކަމަށެވެ. އޭނާގެ ނަޒަރުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރު ބަލިކުރެވޭނީ މިފަދަ ޤާބިލުކަމެއް ހުރި މީހަކަށެވެ. ޕާޓީގެ ހުންގާނު ހަވާލުކުރަން އެންމެ އެކަށީގެންވާ ބޭފުޅަކީ ކުރީގެ ރައީސް މުޙައްމަދު ނަޝީދުކަން ފާހަގަކުރައްވައި ޒާޔާ ވިދާޅުވީ، އެމްޑީޕީގެ ”އޮޑި“ އެންމެ ރަނގަޅަށް އެނގިވަޑައިގަންނަވާނީ އެމަނިކުފާނަށް ކަމަށެވެ.

ޒާޔާ ތުހުމަތު ކުރެއްވި ގޮތުގައި މީކާއިލްގެ ކެމްޕޭނުގެ ތެރެއަށް ޕީއެންސީ ވަދެފައިވާ އިރު، މިއީ އެމްޑީޕީ ވަންތަ ކެމްޕޭނެއްގެ ބަދަލުގައި ހިންގާ އެމްޑިޕީގެ ފިކުރުތަކާ ޚިލާފް ކެމްޕޭނެއްކަމަށް ބެލެވެއެވެ. އޭނާ ވިދާޅުވީ ރޭގަނޑު މުޒާހަރާތަކަށް ނެރެ، ހޯމް މިނިސްޓަރު ޢަލީ އިޙުސާން ފަދަ ފަރާތްތަކުގެ އިތުބާރު ނެތް ކަމުގެ ވާހަކަ ދެއްކުމަށްފަހު، އަނެއް ދުވަހު އެ ފަރާތްތަކާ އެކު އިތުބާރު ދީގެން މަސައްކަތް ކުރާތަން ފެންނަ ކަމަށެވެ. މިފަދަ ގޮތަކަށް ޢަމަލުކުރާ ފަރާތްތަކަށް ވޯޓު ދޭންޖެހޭ އެއްވެސް ސަބަބެއް އޮތް ކަމަށް ޤަބޫލުނުކުރައްވާ ކަމަށްވެސް ޒާޔާ ވިދާޅުވިއެވެ.

ނިންމަވާލައްވަމުން ޒާޔާ ވިދާޅުވީ، ރައީސް ނަޝީދަށް އެމްޑީޕީގެ ޗެއާޕާސަންކަން ދިނުމަކީ 2028 ވަނަ އަހަރުގެ ރިޔާސީ ޓިކެޓު ވަކި ބަޔަކަށް ގެއްލޭނެ ކަމެއް ނޫން ކަމަށެވެ. ޕާޓީގެ ތާއީދު 25 އިންސައްތައިން 58 އިންސައްތައަށް އިތުރު ކުރުމުގައި އެންމެ އިސް ދައުރެއް އަދާކޮއްފައިވަނީވެސް ރައިސް ނަޝީދު ކަމަށް ޒާޔާ ވިދާޅުވިއެވެ. އެހެންކަމުން، މިއަދު ރާއްޖެ އޮތް ނާޒުކު ފައްތަރުން ސަލާމަތްވެ، މުޢިއްޒު ސަރުކާރުގެ އަނިޔާވެރިކަމުން ރައްޔިތުން މިންޖުކޮށްދޭން ހުރި ”މޮޅު މާލިމީއަކީ“ ރައީސް ނަޝީދު ކަމަށް އޭނާ ބާރުއަޅުއްވައި ވާހަކަދެއްކެވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 33%ވަރަށް ގަޔާވޭ 33%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 33%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: