ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހޯރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލާ ބެހޭގޮތުން ޓްރަމްޕް އޯމާނަށް ވަރުގަދަ އިންޒާރެއް ދީފި

އެމެރިކާގެ ރައީސް ޑޮނާޑް ޓްރަމްޕް / ފޮޓޯ: ގޫގުލް
ޝެއާރކޮށްލާ ކަހަލަދޯ؟

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، ހޯރމުޒް ކަނޑުއޮޅީގެ ކޮންޓްރޯލް ހޯދުމަށް އޯމާނުން އެއްވެސް މަސައްކަތެއް ނުކުރުމަށް އިންޒާރު ދެއްވައި، އެ ސަރަޙައްދަކީ ބައިނަލްއަޤުވާމީ ކަނޑުގެ ސަރަޙައްދެއްގެ ގޮތުގައި ދެމިއޮންނާނެ ކަމަށް ވިދާޅުވެއްޖެއެވެ.

ވައިޓް ހައުސްގައި ބޭއްވުނު ކެބިނެޓް ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ޓްރަމްޕް ވަނީ އީރާނާއި އޯމާނުން ގުޅިގެން އެ ކަނޑުއޮޅި ބެލެހެއްޓުމަށް ހުށަހަޅާފައިވާ އެއްވެސް ވަގުތީ އިންތިޒާމަކަށް އެމެރިކާއިން އެއްބަސް ނުވާނެ ކަމަށް ވިދާޅުވެ، އެކަން ބަލައިނުގަންނާނެ ކަމަށް ވިދާޅުވެފައެވެ. މި މައްސަލައިގައި ޓްރަމްޕް ވަނީ ވަރަށް ހަރުކަށި އިބާރާތުން އޯމާނަށް އިންޒާރު ދެއްވާފައެވެ. އެގޮތުން، އޯމާނުން އެހެން ހުރިހާ ޤައުމުތަކެކޭ އެއްފަދައިން އަމަލުކުރަން ޖެހޭނެ ކަމަށާއި، އެހެން ނޫންނަމަ އެ ޤައުމަށް ހަމަލާދީ ”ގޮއްވާލަން“ ޖެހިދާނެ ކަމުގެ އިންޒާރު އޭނާ ދެއްވިއެވެ.

މި އިންޒާރުތައް އައިސްފައިވަނީ އީރާނާއި އެމެރިކާއާ ދެމެދު ސުލްޙައިގެ ވާހަކަތަކެއް ކުރިއަށްދާ ނާޒުކު ދަނޑިވަޅެއްގައެވެ. ޓްރަމްޕް ވިދާޅުވި ގޮތުގައި ސުލްޙައިގެ އެއްބަސްވުމަކާ ގާތްވެފައިވީ ނަމަވެސް، ހޯމުޒް ކަނޑުއޮޅީގެ މިނިވަންކަން ދެމެހެއްޓުމަކީ އެމެރިކާގެ މުހިންމު ޝަރުތެކެވެ. މިހާރުވެސް ދެ ޤައުމުގެ ދެމެދުގައި އޭޕްރީލް 8 އިން ފެށިގެން ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމެއް އޮތް ނަމަވެސް، ދޭތެރެ ދޭތެރެއިން އަސްކަރީ ކުރިމަތިލުންތައް ހިނގަމުންދާކަން ފާހަގަކުރެވެއެވެ. މީގެ އިތުރުން، އީރާނުން ދަނީ ހޯމުޒް ކަނޑުއޮޅީގެ ކޮންޓްރޯލް އެގައުމުގެ އަތްދަށަށް ގެނައުމަށް އެކި ގޮތްގޮތުން މަސައްކަތް ކުރަމުންނެވެ.

ފަހުގެ ރިޕޯޓްތައް ބުނާގޮތުން، އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައި.އާރު.ޖީ.ސީ) ނޭވީން ވަނީ ހޯމުޒް ކަނޑުއޮޅިން ދަތުރުކުރަން އުޅުނު އެމެރިކާގެ ތެޔޮ ޓޭންކަރަކަށް އިންޒާރު ދީ ފަސްޖައްސުވާފައެވެ. މި ހާދިސާ ހިނގާފައިވަނީ އެމެރިކާގެ ޓޭންކަރުން ރޭޑާ ސިސްޓަމް ނިއްވާލައިގެން ދަތުރުކުރަން އުޅުމުން ކަމަށް އީރާނުގެ މީޑިއާތަކުން ބުނެއެވެ. ހަމައެއާއެކު، އޯމާން ކައިރިން ދަތުރުކުރަމުންދިޔަ މާޝަލް އައިލެންޑްސްގެ ޓޭންކަރެއް ކަމަށްވާ ”އޮލިމްޕިކް ލައިފް“ ގައި އެއްޗެއް ގޮވައި ބައެއް ގެއްލުންތައް ލިބިފައިވާކަމަށްވެސް ވަނީ ރިޕޯޓްކޮށްފައެވެ. މި ޙާދިސާތަކާ ގުޅިގެން އެމެރިކާއިން ވަނީ އީރާނުގެ ބައެއް ޑްރޯންތަކަށް ހަމަލާދީ ވައްޓާލާފައެވެ.

މި ނުތަނަވަސްކަމާ ގުޅިގެން ދުނިޔޭގެ މަސްރަހުގައި ތެލުގެ އަގު ވަނީ ތިން އިންސައްތައަށްވުރެ މައްޗަށް ގޮސްފައެވެ. ބްރެންޓް ކުރޫޑް ތެޔޮ ފީފާއެއްގެ އަގު މިހާރު ހުރީ ގާތްގަނޑަކަށް 97.74 ޑޮލަރުގައެވެ. ހޯމުޒް ކަނޑުއޮޅިއަކީ ދުނިޔޭގެ ތެލުގެ ސަޕްލައިގެ ބޮޑު ބައެއް ދަތުރުކުރާ މުހިންމު މަގަކަށްވާއިރު، މި ސަރަހައްދު ބަންދުވެފައި އޮތުމުގެ ސަބަބުން ދުނިޔޭގެ ހަކަތައިގެ ބާޒާރަށް ވަނީ ބޮޑެތި ލޮޅުންތަކެއް އަރާފައެވެ. މި މައްސަލައަށް ދާއިމީ ޙައްލެއް ހޯދުމަށް ބައިނަލްއަގުވާމީ މުޖުތަމައުން މަސައްކަތް ކުރަމުންދިޔަ ނަމަވެސް، މަސްރަހު އަދިވެސް އޮތީ ވަރަށް ބޮޑަށް ނުތަނަވަސްކޮށްކަން ފާހަގަކުރެވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: