ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ތިން މަސް ދުވަހުގެ ހީނަރުކަމަށްފަހު ރާއްޖެއަށް އައި ފަތުރުވެރިންގެ އަދަދު 2.6 އިންސައްތަ އިތުރުވެއްޖެ

ފޮޓޯ؛ ވެލާނާ އެއާޕޯޓު
ޝެއާރކޮށްލާ ކަހަލަދޯ؟

މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުންތަކުގެ ސަބަބުން ވައިގެ ދަތުރުފަތުރަށް އެޅުނު ހުރަސްތަކާއެކު ރާއްޖޭގެ ފަތުރުވެރިކަމަށް އައި ހީނަރުކަމަށްފަހު، މި މަހުގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި ފަތުރުވެރިން އަންނަ މިންވަރު ވަނީ އަލުން ކުރިއަރަން ފަށާފައެވެ. މިއީ ފާއިތުވި ތިން މަސް ދުވަހު ފަތުރުވެރިން އަންނަ މިންވަރު ދަށަށް ދިއުމަށްފަހު ފެނުނު ހެޔޮ ބަދަލެކެވެ.

ޓޫރިޒަމް މިނިސްޓްރީގެ އެންމެ ފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، މެއި މަހުގެ ފަހު ހަފްތާގެ ނިޔަލަށް ރާއްޖެއަށް 122,548 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 2.6 އިންސައްތައިގެ ކުރިއެރުމެކެވެ. މި ކުރިއެރުމާއެކު ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް ވަނީ އާ އުންމީދެއް ލިބިފައެވެ.

މިއަހަރުގެ ފެށުން ވަރަށް އުންމީދީ ނަމަވެސް، މާރިޗު އަދި އޭޕްރީލް މަހު ފަތުރުވެރިން އައި މިންވަރު ވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފައެވެ. ޖެނުއަރީ މަހު 5 އިންސައްތަ އަދި ފެބުރުއަރީ މަހު 15.7 އިންސައްތައިގެ ކުރިއެރުމެއް ލިބުނު ނަމަވެސް، މެދުއިރުމަތީގެ ހަނގުރާމަ ވަރުގަދަވުމާ ގުޅިގެން ވައިގެ ސަރަހައްދުތައް ބަންދުކުރުމާއި ދަތުރުތައް މެދުކަނޑާލުމުގެ ސަބަބުން މާރިޗު މަހު 20.7 އިންސައްތަ އަދި އޭޕްރީލް މަހު 24.4 އިންސައްތަ ފަތުރުވެރިން އައި މިންވަރު ވަނީ ދަށަށް ގޮސްފައެވެ.

ފަތުރުވެރިކަމުގެ ދާއިރާގެ މާހިރުން އަންދާޒާކުރާ ގޮތުގައި މި ހަމަނުޖެހުންތަކުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމަށް 500 މިލިއަން ޑޮލަރުގެ ގެއްލުން ވެފައިވެއެވެ. މި ހާލަތުން އަރައިގަތުމަށް ސަރުކާރުން ދަނީ މާކެޓްތައް އިތުރަށް ފުޅާކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

މިއަހަރުގެ މިހާތަނަށް ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އައި ގައުމުތަކުގެ ތެރޭގައި ޗައިނާ، ރަޝިޔާ، އިނގިރޭސިވިލާތް އަދި އިންޑިއާ ހިމެނޭކަން މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: