ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މާލޭގެ އާޓިފިޝަލް ބީޗުގައި ބިދޭސީންތަކެއްގެ މެދުގައި ބޮޑު މާރާމާރީއެއް ހިންގައިފި

ފޮޓޯ : ގޫގުލް
ޝެއާރކޮށްލާ ކަހަލަދޯ؟

މާލޭގެ އާޓިފިޝަލް ބީޗް ސަރަހައްދުގައި ބިދޭސީންތަކެއްގެ މެދުގައި ނުރައްކާތެރި މާރާމާރީއެއް ހިންގައިފިއެވެ.

މި ހާދިސާ ހިނގާފައިވަނީ އިއްޔެގެ ވަގުތެއްގައެވެ.

މި މާރާމާރީގެ މަންޒަރުތައް ފެންނަ ވީޑިއޯއެއް މީސްމީޑިއާގައި މިހާރު ދަނީ ވަރަށް ބޮޑަށް ދައުރުވަމުންނެވެ. އެ ވީޑިއޯއިން ފެންނަ ގޮތުގައި، ބިދޭސީންތަކެއް ގުޅިގެން އެކަކު ވަށާލައި، އޭނާގެ ގައިގައި ބާރަށް ތަޅައި އަނިޔާކުރަމުންދެއެވެ.

މިކަމާ ގުޅިގެން ދިވެހި ފުލުހުންގެ ހިދުމަތުން މައުލޫމާތުދޭގޮތުގައި، އާޓިފިޝަލް ބީޗް ސަރަހައްދުގައި ބަޔަކު މާރާމާރީ ހިންގާ މަންޒަރު ފެންނަ ވީޑިއޯއެއް މީސްމީޑިއާގައި ދައުރުވަމުންދާކަން ފުލުހުންގެ ސަމާލުކަމަށް ވަނީ އައިސްފައެވެ. ނަމަވެސް، މި ހާދިސާއާ ގުޅިގެން މިހާތަނަށް އެއްވެސް ފަރާތަކުން ރަސްމީކޮށް ފުލުހުންނަށް މައްސަލައެއް ހުށަހަޅާފައި ނުވާކަމަށް ފުލުހުން މައުލޫމާތު ދެއްވައެވެ.

ފުލުހުން އިތުރަށް ބުނެފައި ވަނީ، މައްސަލައެއް ހުށަނޭޅި ނަމަވެސް، މިއީ ޖިނާއީ ކުށެއް އެކުލެވޭ ކަމަކަށް ވާތީ ފުލުހުން މި މައްސަލަ ވަރަށް ސީރިއަސްކޮށް ބަލަމުންދާ ކަމަށެވެ. އެގޮތުން ގާނޫނީ އިޖުރާއަތްތަކުގެ ދަށުން މި މައްސަލަ ތަހުގީގުކޮށް، މިކަމުގައި ބައިވެރިވި ފަރާތްތަކާ މެދު އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގެ މަސައްކަތް ކުރިއަށްދާނެ ކަމުގެ ޔަގީންކަން ފުލުހުން ވަނީ ދެއްވާފައެވެ.

މި ދުވަސްވަރަކީ މާލޭގެ އެކި ސަރަހައްދުތަކުގައި ބިދޭސީންގެ މެދުގައި ހިނގާ މިފަދަ ހަމަނުޖެހުންތައް އިތުރުވަމުންދާ ދުވަސްވަރެއްކަން ފާހަގަކުރެވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: