ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޖީޕީ ކްލިނިކެއް ތަރައްގީ ކުރަން މާދަމާ ދަމަނަވެށި ބަންދު ކުރަނީ

ދަމަނަވެށި
ޝެއާރކޮށްލާ ކަހަލަދޯ؟

އާންމު ސިއްޙީ ޚިދުމަތްތައް ފޯރުކޮށްދެމުން އަންނަ ދަމަނަވެށި، މާދަމާ ވަގުތީ ގޮތުން ބަންދުކުރަން ނިންމައިފިއެވެ.

މި ނިންމުމަކީ އާންމު ސިއްޙީ ޚިދުމަތްތައް ހަރުދަނާކޮށް، ”ރީސްޓްރަކްޗަރ“ ކުރުމުގެ ދަށުން ނިންމާފައިވާ ނިންމުމެކެވެ. ދަމަނަވެށިން މިހާރު ދޭ ޚިދުމަތްތައް މާދަމާއިން ފެށިގެން ބަދަލުވާނީ މާފަންނުގައި ހިންގާ އާބަން ޕްރައިމަރީ ހެލްތު ސެންޓަރު އަދި ހުޅުމާލެ 2 ގެ ޖީޕީ ކްލިނިކަށެވެ.

ދަމަނަވެށި ބަންދު ކުރުމަށްފަހު، އެތަނުގެ މުވައްޒަފުންނާއި ޚިދުމަތްތައް ވަގުތީގޮތުން ބަދަލުކުރުމަށް ހަމަޖެހިފައިވަނީ ރަސްފަންނު ކުރިމަތީގައި ހުންނަ އަރބަން ޕްރައިމަރީ ހެލްތު ކެއަރ ސެންޓަރ، ހުޅުމާލެ ހޮސްޕިޓަލުގެ ޕަބްލިކް ހެލްތު ޔުނިޓު، އަދި ހުޅުމާލެ ފޭސް 2 ގައި ހުންނަ ޖީޕީ ކްލިނިކަށެވެ.

ދަމަނަވެށި ހުރި އިމާރާތް މަރާމާތުކުރުމަށްފަހު، ޖުލައި 26 ވަނަ ދުވަހު އެތަން އަލުން ހުޅުވުމަށް ހަމަޖެހިފައިވަނީ ”އަރބަން ޕްރައިމަރީ ހެލްތު ކެއަރ ސެންޓަރު” ގެ ނަމުގައެވެ. ސަރުކާރުގެ ވިސްނުމަކީ ދަމަނަވެއްޓާއި ކުރީގެ ތެލެސީމިއާ ސެންޓަރު ހުރި އިމާރާތް އެއްކޮށްލައި، އެތަނުގައި ފުޅާ ދާއިރާއެއްގައި ޚިދުމަތްދޭ ޖީޕީ ކްލިނިކެއް ޤާއިމުކުރުމެވެ.

އެތަނުން ފޯރުކޮށްދޭ ޚިދުމަތްތަކުގެ ތެރޭގައި ކުޑަކުދިންނަށް ވެކްސިން ދިނުމާއި އީ.ޕީ.އައި ފަދަ ތުއްތު ކުދިންނަށް ޤަވާއިދުން ދޭންޖެހޭ ވެކްސިންތައް ދިނުން، ހެދިބޮޑުވާ މިންވަރު ބެލުން ހިމެނެއެވެ. މިގޮތުން 5 އަހަރުން ދަށުގެ ކުދިންގެ ގްރޯތް މޮނިޓަރ ކުރުމާއި ޙައްޖާއި ޢުމްރާއަށްދާ ފަރާތްތަކާއި، ރާއްޖެއިން ބޭރަށް ދަތުރުކުރާ ފަރާތްތަކަށް ދޭ ވެކްސިންތައް ދިނުން ހިމެނެއެވެ.

ދަމަނަވެށި ވަގުތީގޮތުން ބަންދުކުރަން ނިންމުމާއި ގުޅިގެން އެތަނުގައި މަސައްކަތްކުރާ 35 މުވައްޒަފުން އެހެން ތަންތަނަށް ބަދަލުކުރުމަށް ވަނީ ނިންމާފައެވެ. ނަމަވެސް، މި ބަދަލު ކުއްލި ގޮތަކަށް ގެނައުމާއި، ބަދަލުވާނެ ތަނެއް ނިންމުމަށް މުވައްޒަފުންނަށް 24 ގަޑިއިރުގެ މުއްދަތެއްވެސް ދީފައިނުވާތީ ބައެއް މުވައްޒަފުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. މިކަމުގެ ސަބަބުން މުވައްޒަފުންގެ އާއިލީ ކަންކަމާއި ކުދިންގެ ކިޔެވުމުގެ ތަރުތީބަށް ދަތިތަކެއް ކުރިމަތިވެދާނެ ކަމަށް އެފަރާތްތަކުން ހާމަކުރެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: