ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޑރ ޖަމީލްގެ ތައުރީފް ޕީޖީ ޝަމީމްއަށް!

ކުރީގެ ނައިބް ރައީސް ޑރ މުހައްމަދު ޖަމީލް އަހުމަދު: ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮރޯނާވައިރަސް އަށް ރާއްޖެ އިން ފުރަތަމަ ޕޮޒިޓިވްވި ބިދޭސީ ދެ މީހުންގެ ހަށިގަނޑަށް އެ ވައިރަސް އެރި ސަބަބު ކަމަށް ބެލެވޭ އިޓަލީގެ ފަތުރުވެރިޔާގެ ހާލަތު ކަމާ ބެހޭ ރަސްމީ ފަރާތްތަކަށް ނޭންގީ ކީއްވެގެންތޯ ބަލައި، އެކަމާ ގުޅޭ ޖިނާއީ ތަހުގީގެއް ހިންގަން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ހުސައިން ޝަމީމް ފުލުހުންގެ މައްޗަށް އެންގުމާއި ގުޅިގެން ކުރީގެ ނައިބް ރައީސް ޑރ މުހައްމަދު ޖަމީލް އަހުމަދު ޕީޖީ ޝަމީމްއަށް ތައުރީފް ކުރައްވައިފިއެވެ. 

ޝަމީމް މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރާއްޖޭގައި ކޮވިޑް-19 ފެތުރުނީ ބައެއްގެ އިހުމާލުން ކަމަށް ބެލެވޭ ތުހުމަތުތައް ހޯދައި، ޖިނާއީ ތަހުގީގެއް ހިންގުމަށް ޕީޖީގެ ހައިސިއްޔަތުން ފުލުހުންގެ މައްޗަށް އަމުރުކޮށްފައިޥާ ކަމަށެވެ. އަދި ޕީޖީގެ އެ އަމުރާއި އެއްގޮތަށް ފުލުހުން ވަނީ ތަހުގީގު ފަށާފައެވެ.

ކުރެއްދޫ އައިލެންޑް ރިސޯޓުގައި ޗުއްޓީ ހޭދަކުރަމުން ދިޔަ އެ ޓޫރިސްޓު މީހާ ކޮވިޑް-19 އަށް ޕޮޒިޓިވް ވި ކަން އެންގީ އެނބުރި ގައުމަށް ދިއުމަށް ފަހު އެވެ. އަދި ބަލިވެ ހުއްޓާ އޭނާ ރާއްޖޭން ފޮނުވައިލީ، ރިސޯޓުގެ މެނޭޖްމަންޓުން ގަސްދުގައި ތޯ ނުވަތަ އޮޅިގެންތޯ ބެލުމަށް، ޓޫރިޒަމް މިނިސްޓްރީން ވެސް މިހާރު އަންނަނީ ތަހުގީގެއް ހިންގަމުންނެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީޏްގެ އެންމެ އިސް ވަކީލެއްގެ ގޮތުގައި ހަރަކާތްތެރިވެ ވަޑައިގަންނަވާ ޑރ ޖަމީމް ޕީޖީ ޝަމީމްއަށް ތައުރީފް ކުރައްވައި ކުރެއްވި ޓުވީޓުގައި ވިދާޅުވީ ޕީޖީ ޝަމީމްގެ ނިންމެވުމަކީ ވަރަށް ތާރީހީ ނިންމެވުމެއް ކަމަށެވެ. އެގޮތުން ޑރ ޖަމީލް ވިދާޅުވީ މިފަދަ ކަމެއްގައި އިސްނަންގަވައި މީގެކުރިން ޖިނާއީ ތަހުގީގެއް ސަރުކާރު ހިމެނޭ ގޮތަށް ހިންގާފައި ނުވާ ކަމަށެވެ. 

އެހެން ކަމުން ޕީޖީ ޝަމީމްގެ މި ނިންމެވުމުން ސާބިތުވަނީ މި މައްސަލައިގައި ސަރުކާރުގެ އިހުމާލު އޮތްކަން ކަމަށާއި އަދި ސަރުކާރުން އަދާކުރަން ޖެހޭ ޒިންމާ އަދާ ނުކުރެވުނުކަން ޕީޖީގެ ނިންމުމުގެ ސަބަބުން ސާބިތުވާ ކަމަށް ޑރ ޖަމީލް ވިދާޅުވިއެވެ.  

ޕީޖީ އޮފީހުން ބުނީ، ކުރެއްދޫ ރިސޯޓުގައި ކޮވިޑް-19 އަށް ޝައްކު ކުރެވުނު އިޓަލީ މީހާގެ މައުލޫމާތު ސަރުކާރުގެ ކަމާބެހޭ އިދާރާތަކަށް ހާމަނުކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލަ އާއި އެ މައްސަލައިގެ ވަށައިގެންވާ ކަންކަމުގައި ޖިނާއީ އެއްވެސް ކުށެއް ހިމެނޭތޯ ނުވަތަ ނޫންތޯ ބެލުމަށް ޖިނާއީ ތަހުގީގެއް ހިންގަން، ގާނޫނުއަސާސީގެ 223 ވަނަ މާއްދާގެ ޅ. އިން ޕީޖީ އަށް ލިބިދޭ ބާރުގެ ދަށުން ފުލުހުންނަށް އަމުރު ކުރައްވާފައިވާ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: