ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވިލަމަންދޫއިން ޓެސްޓްކުރި މީޙާ ކޮރޯނާ ވައިރަސްއަށް ނެގެޓިވް، ރިސޯޓަށް އަރާ ފޭބުމުގައި އެއްވެސް ހުރަހެއް ނެތް

ވިލަމަންދޫ ރިސޯޓް
ޝެއާރކޮށްލާ ކަހަލަދޯ؟

ކޯވިޑް19އަށް ޝައްކުކުރެވޭ އަލާމާތްތައް ހުރެގެން އދ.ވިލަމަންދޫ ރިސޯޓު އައިލަންޑުން ސާމްޕަލް ނަގާ ޓެސްޓްކުރި މީހާ ކޮރޯނާ ވައޮރަސްއަށް ނެގެޓިވްވުމާއި ގުޅިގެން ރިސޯޓަށް އަރާ ފޭބުމުގައި އެއްވެސް ހުރަހެއް ނެތް ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ. 

އެޗްޕީއޭއިން މިއަދު ކުރި ޓުވިޓެއްގައި ބުނެފައި ވަނީ ޓެސްޓްގެ ނަތީޖާއާއި ވިދިގެން އަދި ”ކޮންޓެކްޓް ޓްރޭސިންގ“ ނިމުމާއި ގުޅިގެން ވިލަމަންދޫއަށް އަރާ ފޭބުމުގެ އެއްވެސް ހުރަހެއް ނެތް ކަމަށެވެ. 

ކޮރޯނާ ވައޮރަސްއަށް މިހާތަނަށް ދިވެހިރާއްޖެއިން ހަ މީހަކު ޕޮޒިޓިވްވެފައިވާއިރު ހަތަރު ރިސޯޓަކަށް އަރައި ފޭބުން މިހާރު ވަނީ މަނާކޮށްފައެވެ. އެއީ ވަންޑް އެންޑް އޮންލީ ރީތިރަށް ރިސޯޓާއި، ކުރެއްދޫ އައިލެންޑް ރިސޯޓް (ޅ. އަތޮޅު)، ސޭންޑީޒް ބަތަލާ އައިލެންޑް އަދި ކުރަމަތި މޯލްޑިވްސް (އއ. އަތޮޅު) އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: