ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

16 އަހަރުން ދަށުގެ ކުދިންނަށް ސޯޝަލް މީޑިއާ މަނާކުރަން ސަރުކާރުން ނިންމައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ޝެއާރކޮށްލާ ކަހަލަދޯ؟

އްޖޭގައި 16 އަހަރުން ދަށުގެ ކުދިންނަށް ސޯޝަލް މީޑިއާގެ ބައެއް އެޕްލިކޭޝަންތައް ބޭނުން ނުކުރެވޭ ގޮތަށް މަނާކުރުމަށް ސަރުކާރުން ވިސްނަމުންދާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިކަން ހާމަކުރެއްވީ ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.

ރައީސް ވިދާޅުވީ މި ބަދަލު ގެނައުމަށް މަދުވެގެން އެއް އަހަރު ދުވަހުގެ ތެރޭގައި މަސައްކަތް ކުރައްވާނެ ކަމަށެވެ. އަދި މިއަހަރުގެ ތެރޭގައިވެސް މިކަން ކުރެވެން އޮތް ނަމަ، އެކަމުގެ އަމަލީ މަސައްކަތްތައް ކުރިއަށް ގެންދަވާނެ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މި ނިންމުން ނިންމާނީ ކަމާބެހޭ ހުރިހާ ފަރާތްތަކާ މަޝްވަރާ ކުރުމަށްފަހު ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

މި ސިޔާސަތާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ އޮސްޓްރޭލިއާ ފަދަ ގައުމުތަކުގައި މިހާރުވެސް ތަންފީޒު ކުރަމުންދާ ފަދަ އުސޫލުތައް ރާއްޖޭގައިވެސް ގާއިމުކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ. ނަމަވެސް މިއީ ޑިޖިޓަލައިޒޭޝަނާ ދުރުވުން ނޫން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

”އަޅުގަނޑުމެންގެ ގައުމަކީ އެއައި ޑްރިވެން، ޑިޖިޓަލް ގައުމަކަށް ހެދުމަށް އަޅުގަނޑުމެން މަސައްކަތް މިކުރަނީ. އެހެންވީމާ އިންޓަރނެޓް ވަރަށް މުހިންމު. އިންޓަރނެޓްގެ ޒަރީއާއިން މައުލޫމާތު ހޯދަން ޖެހޭ. އަދި ތައުލީމް ހާސިލްކުރުމުގައިވެސް އިންޓަރނެޓް ބޭނުންވާނެ. އެފަދަ ކަންކަން ކުރުމަށް އެއްވެސް ހުރަހެއް ނާންނަ ގޮތަށް، އެހެންނަމަވެސް ހާމްފުލް ކޮންޓެންޓް، އަދި ސައިބަރ އެޓޭކް ފަދަ ކަންކަމުން ތުއްތު ކުދިން ސަލާމަތް ކުރަން ބޭނުން“ ރައީސް ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ މިއަހަރުގެ ތެރޭގައި މި މަސައްކަތުގެ ނަތީޖާ ފެންނާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ. އަދި ރާއްޖޭގައި ކުރެވޭ ހުރިހާ ކަމެއްވެސް ކުރިއަށްދާނީ ގައުމުގެ ގާނޫނުއަސާސީއާއި އިސްލާމްދީނުގެ އިންތަކާއި މިންތަކުގެ ތެރެއިން ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: