ކުރަމަތި ރިސޯޓުން ކޮރޯނާ ވައިރަސްއަށް ނުވަތަ ކޮވިޑް19 އަށް ޓެސްޓްކުރި 2 ބިދޭސީއެއްގެ ސާމްޕަލް ޕްޒިޓިވްވެ ދިވެހިރާއްޖެއިން ކޮރޯނާ ވައިރަސްއަށް ޕްޒިޓިވްވި މީޙުންގެ ޖުމްލަ އަދަދު އަށަކަށް އަރައިފިއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު ބުނީ ކުރަމަތި އައިލޭންޑް ރިސޯޓުން ކޮވިޑް19 އަށް ޓެސްޓްކުރި ދެ ބިދޭސީއެއްގެ ސާމްޕަލް ޕޮޒިޓިވް ވެފައިވާ ކަމަށެވެ. އަދި ކޮންޓެކްޓް ޓްރޭސިންގ ގެ މަސައްކަތްތައް ކުރިއަށްދާތީ، އެ ރިސޯޓަށް އަރައިފޭބުން އަދިވެސް އޮތީ ހުއްޓާލެވިފައި ކަމަށްވެސް އެޗްޕީއޭ އިން ބުނެއެވެ.
މިހާތަނަށް ކުރެއްދޫ ރިސޯޓުން ވަނީ ހަތަރު މީހަކު ކޮރޯނާ ވައިރަހަށް ޕޮޒިޓިވްވެފަ އެވެ. އެ ރިސޯޓްގައި ޗުއްޓީ ހޭދަކުރި ޓޫރިސްޓަކު އެނބުރި އިޓަލީއަށް ދިޔަ ފަހުން ކޮރޯނާ ވައިރަހަށް ޕޮޒިޓިވްވެފައިވެ އޭގެ ފަހުން އެ ޓޫރިސްޓްގެ ފަރާތުން ކުރެއްދޫ ރިސޯޓްގެ ދެ ބިދޭސީ މުވައްޒަފަކަށް ކޮރޯނާ ވައިރަސް ފެތުރުނެވެ. އެ ދެ މީހުން އެކަހެރިކޮށް މޮނީޓާ ކުރަމުންދާއިރު ހާލު ރަނގަޅެވެ.
ރާއްޖެއިން ކޮރޯނާވައިރަސްއަށްއަށްމީޙުންޕްޒިޓިްވްވެފައިވާއިރު ކޯވިޑް19އަށް ޝައްކުކުރެވޭ އަލާމާތްތައް ހުރެގެން ވަން އެންޑް އޮންލީ ރީތިރަށް ރިސޯޓުން ސާމްޕަލް ނަގާ ޓެސްޓްކުރި މީހާ ވަނީ ކޯވިޑް19އަށް ނެގަޓިވް ވެފައެވެ. އަދި ކޮންޓެކްޓް ޓްރޭސިންގ ގެ މަސައްކަތްތައް ކުރިއަށްދާތީ، އެ ރަށަށް އަރައިފޭބުން އަދިވެސް އޮތީ ހުއްޓައިލެވިފައި ކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ.

