ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޑޮލަރު ލިމިޓަށް މި މަސް ނިމޭއިރު ލުޔެއް ލިބޭނެ: ރައީސް

ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު، ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ޖޫން މަސް ނިމޭއިރު ބީއެމްއެލްގެ ކަސްޓަމަރުންނަށް ބޭނުންކުރެވޭ ޑޮލަރު ލިމިޓު ކުޑަވުމުގެ މައްސަލައަށް ލުޔެއް ލިބޭނެ ކަމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން އިޝާރާތްކޮށްފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ، ރައީސް އޮފީހުގައި މިއަދު ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ޑޮލަރު ލިމިޓުގެ މައްސަލައާ ގުޅިގެން ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. ރައީސް ވިދާޅުވީ، ޑޮލަރުގެ ލިމިޓް ކުޑަކޮށްފައިވަނީ ބޭންކަށް ދިމާވެގެން އުޅޭ ދަތިތަކެއްގެ ސަބަބުން ކަމަށެވެ. އަދި މި މަސް ނިމޭއިރު އެކަމަށް ހައްލެއް ލިބިގެންދާނެކަމަށް ބީއެމްއެލްއިން އެމަނިކުފާނަށް މައުލޫމާތު ދެއްވާފައިވާ ކަމަށް ވިދާޅުވިއެވެ.

”ބީއެމްއެލްއިން ޑޮލަރުގެ ލިމިޓް ކުޑަކޮށްފައިވަނީ ބޭންކަށް ދިމާވެގެން އުޅޭ ދަތިތަކެއްގެ ސަބަބުން. މިމަސް ނިމޭއިރު މިކަމަށް ހައްލެއް ލިބިގެންދާނެ،“ ރައީސް

ބެންކުން ވަނީ ޑޮލަރު ވިއްކާ މިންވަރު ވަކި މިންވަރެއްގައި ހިފެހެއްޓުމަށް ފިޔަވަޅުތަކެއް އަޅާފައެވެ. ބީއެމްއެލްއިން ރާއްޖެއިން ބޭރަށް ދަތުރުކުރާ ފަރާތްތަކަށް ޑޮލަރު ވިއްކުމުގައި ކަނޑައަޅާފައިވާ ލިމިޓްގެ ސަބަބުން އާންމު ރައްޔިތުންނަށް ވަރަށް ބޮޑެތި ދަތިތަކާއި ކުރިމަތިލާން ޖެހިފައިވާކަމުގެ ޝަކުވާތައް ވަނީ އިތުރުވެފައެވެ. ރައީސް ވިދާޅުވީ، މިކަމަށް ހައްލެއް ހޯދުމަށް ބީއެމްއެލްއިން ފިޔަވަޅުތައް އަޅަާފައިވަނީ އެ ބޭންކަށް ދަތިތަކެއް ދިމާވުމުން ކަމަށެވެ.

ފާހަގަކޮށްލެވޭ ގޮތުގައި، ރާއްޖޭން ބޭރުގައި ބީއެމްއެލްގެ ކާޑުތަކުން ޑޮލަރު ބޭނުންކުރެވޭ މިންވަރަށް މީގެ ކުރިން ލިމިޓުތައް ކަނޑައަޅާފައިވަނިކޮށް، މިދިޔަ މަހު ވަނީ އިތުރު ފިޔަވަޅުތަކެއް އަޅައިފައެވެ. އެގޮތުން ރާއްޖޭގައި ތިބޭ މީހުންގެ ކާޑު ބޭރަށް ގެންގޮސް ބޭނުންކޮށްގެން، ބޭރުގެ އޭޓިއެމްއާއި ޕީއޯއެސް މެޝިންގައި ޑޮލަރު މުއާމަލާތްތައް ނުކުރެވޭ ގޮތް ހަދަން ބީއެމްއެލްއިން ނިންމިއެވެ.

އޭގެ އިތުރުން، އީކޮމާސްއަށް ކަނޑައެޅޭ ބަޖެޓް ވީހާވެސް ހަމަހަމަ ގޮތަކަށް ބޭނުންކުރެވޭ ގޮތް ހަމަޖެއްސުމަށް، ކޮންމެ ކަސްޓަމަރަކަށް މަހަކު އީކޮމާސްގައި ހެދޭ ޓްރާންސެކްޝަންގެ އަދަދު 30 އަށް ކަނޑައެޅުން ވެސް ހިމެނެއެވެ. ހަމައެއާއެކު، ރާއްޖެއިން ބޭރުގައި އަމިއްލަ ކާޑެއް ނެތި ކިޔަވާ ކުދިންނަށް، ބެލެނިވެރިޔާގެ ކާޑުގެ ބަދަލުގައި ސްޓޫޑެންޓް ކާޑު ދޭން ނިންމައި އެކަން ވެސް ބޭންކުން އިއުލާންކުރިއެވެ. އޭގެ އިތުރުން، ދުވާލެއްގެ މައްޗަށް ރާއްޖެއިން ކުރާ ޑޮލަރުގެ ޓްރާންސެކްޝަންތަކަށް ވެސް ބީއެމްއެލްއިން މިހާރު ވަނީ ލިމިޓެއް ކަނޑައަޅައިފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: