ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިންތިހާބު ފަސްކޮށްދިނުމަށް އެދި އެމްއާރުއެމްގެ ސިޓީއެއް އީސީ ޝަރީފްއަށް

ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް: ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

އެޕްރީލް މަހުގެ ހަތަރު ވަނަ ދުވަހު ރާއްޖޭގައި ބޭއްވުމަށް ހަމަޖެހިފައިވާ އަންހެނުންގެ ތަރައްހީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ އިންތިހާބާއި ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ފަސްކޮށްދިނުމަށް މޯލްޑިވްސް ރިފޯމް މޫވްމެންޓް (އެމްއާރުމް) ގެ ފަރާތުން އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފްއަށް ސިޓީއެއް ފޮނުއްވައިފިއެވެ. 

ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް އިސްކޮށް ހުންނަވައިގެން ހިންގަވާ އެމްއާރުއެމްގެ ފަރާތުން  އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަހުމަދު ޝަރީފަށް މިއަދު ފޮނުވާފައިވާ ސިޓީއެއްގައި ބުނެފައިވަނީ ރާއްޖެއިން ކޮވިޑް19 ފެނިފައިވާ މި ދަނޑިވަޅަކީ އިންތިހާބަށް ވެސް ސިޔާސީ ޕާޓީޓަކުން ތައްޔާރުވަމުންދާ ދަނޑިވަޅެއް ކަމަށެވެ.

އެހެންނަމަވެސް މިހާރު ގައުމުގެ މި ހާލަތު އޮތް ގޮތުން ދައުލަތުން އެތައް މިލިއަން ރުފިޔާ އެއް ހަރަދުކޮށްގެން ކުރިޔަށް ގެންދާ އިންތިހާބަކަށް އާއްމުންގެ ތަރުހީބު ނުލިބި ވޯޓުލުމަށް ދާނެ މީހުން މަދުވުމަކީ މާލީ ގޮތުން ކުރެވޭ އިސްރާފެއް ކަމަށެވެ. އަދި ބުނީ ގައުމުގެ ހާލަތު މިހާރު އޮތް ގޮތުން އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުން ތާއީދު ހޯދުމަށް ގާނޫނުއަސާސީން ލިބިދީފައިވާ ހައްގުތަކަށް ހުރަސް އެޅިގެންދާ ކަމަށެވެ. އެމްއާރްއެމްއިން ވަނީ ސިޔާސީ ޕާޓީތަކާއި ކަމާގުޅުންހުރި މުއައްސަސާތަކާއި މަޝްވަރާ ކުރުމަށްފަހު އިންތިހާބު ފަސް ކުރުމަށް އިލެކްޝަނުގެ ކިބައިން އެދިފައެވެ.

އެމްއާރްއެމްއިން މިގޮތަށް އެދިފައިވާއިރު އެޕާޓީގެ އިންތިގާލީ ރައީސް، ރައީސް މައުމޫން އަބްދުލްގައްޔޫމް ވެސް ވަނީ އިންތިހާބު ފަސް ކުރުމަށް އިއްޔެ ގޮވާލާ ޓްވީޓެއް ކުރައްވާފައެވެ.

ނަމަވެސް އުމީ ލަފާދޭ ކޮމެޓީގައި ވާހަކަ ދައްކަވަމުން އެ ކޮމިޝަނުގެ ރައީސް އަހްމަދު ޝަރީފް ވިދާޅުވީ އިންތިހާބު ބާއްވަންޖެހޭ ތާރީހުގައި ނުބާއްވާ ތާރީހަށް ބަދަލު ގެނައުމުގެ ގާނޫނީ ބާރުވެރިކަން އެ ކޮމިޝަނަށް ލިބިގެން ނުވާ ކަމަށެވެ. އަދި އެކަން ކުރަން ބޭނުންވާ ފަރާތްތަކުން އެކަން ކުރަން ޖެހޭނީ ކޯޓު މެދުވެރިކޮށް ކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.

ކޮވިޑް19 ގެ ސަބަބުން ރާއްޖޭގައި އަދި ލޯކަލް ކައުންސިލް އިންތިހާބު ބާއްވަން ނުޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށް ޝަރީފް ވިދާޅުވިއެވެ. ސަބަބަކީ އިންތިހާބު ބާއްވަން ނުޖެހޭ ފަދަ އެއްވެސް ހާލަތެއް ރާއްޖޭގައި އަދި ނެތުމުންނެވެ. ނަމަވެސް އެފަދަ ހާލަތެއް މެދުވެރިވެއްޖެ ނަމަ ކޯޓުގެ އިޝްތިޝާރީ ލަފަޔަކަށް އެދި ހުށަހެޅޭނެ ކަމަށް ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ފާހަގަކުރެއްވި ގޮތުގައި އިންތިހާބު ލަސްކުރަން ޖެހިއްޖެ ނަމަ ބޮޑު ހަރަދެއް ކުރަން ޖެހޭނެއެވެ. އެގޮތުން އިންތިހާބަށް ކަނޑައެޅި ބަޖެޓްގެ ތިންބައިކުޅަ އެއްބައި ހަރަދު ކޮށްފައިވާކަން ފާހަގަކުރައްވާ ޝަރީފް ވިދާޅުވީ އިންތިހާބު ފަސްކޮށްފި ނަމަ އިތުރަށް 25 އާއި 30 މިލިއަން ރުފިޔާއާ ދެމެދުގެ އަދަދެއް ބޭނުންވާނެ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: