ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިލަންދޫ ފައިބަރ މަސައްކަތްކުރާ ތަނެއްގައި ރޯވެ، ބޮޑެތި ގެއްލުންތަކެއް

ށ. މިލަންދޫގައި ރޭގެ ވަގުތެއްގައި ހިނގާފައިވާ އަލިފާނުގެ ހާދިސާ --- ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ށ. މިލަންދޫގައި ފައިބަރ މަސައްކަތް ކުރާ ތަނެއްގައި ނުރައްކާތެރި އަލިފާނުގެ ހާދިސާއެއް ހިނގައި، ބޮޑެތި ގެއްލުންތަކެއް ވެއްޖެއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވި ގޮތުގައި އެ އިދާރާއަށް އެ ހާދިސާގެ ރިޕޯޓް ލިބިފައިވަނީ ރޭ 23:09 އެހައިކަންހާއިރެވެ. އެ ހާދިސާ ހިނގުމާއެކު ރަށުގެ އާންމު ރައްޔިތުންނާއި ފުލުހުން ގުޅިގެން ކުރި މަސައްކަތުން، އަލިފާންގަނޑު އެއްކޮށް ނިއްވާލެވިފައިވަނީ ރޭ ދަންވަރު 01:00 އެހައިކަންހާއިރުއެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވި ނަމަވެސް، އެ ތަނުގައި ހުރި ތިން ޑިންގީއަކާއި، ޑިންގީ އެޅުމަށް ބޭނުންކުރާ ތައްގަނޑުތަކުގެ އިތުރުން ފައިބަރ މަސައްކަތަށް ބޭނުންކުރާ ގިނަ އަދަދެއްގެ ތަކެއްޗާއި މުޅި އިމާރާތަށް ވަނީ ބޮޑެތި ގެއްލުންތަކެއް ވެފައެވެ. ފުލުހުން މިހާރު ގެންދަނީ އެ އަލިފާނުގެ ހާދިސާ ހިނގަން މެދުވެރިވި ސަބަބު ހޯދުމަށް ޓަކައި މައްސަލަ އިތުރަށް ތަހުޤީޤު ކުރަމުންނެވެ.

ނެޝަނަލް ޑިޒާސްޓަރ މެނޭޖްމެންޓް (އެންޑީއޭ)އިން ހާމަކޮއްފައިވާ ތަފާސްހިސާބުތަކަށް ބަލާލާއިރު، 2026 ވަނަ އަހަރު މިހާތަނަށް ގެއްލުންދެނިވި 70 ހާދިސާއެއްް ރިޕޯޓުކުރެވިފައިވާއިރު، މީގެ ތެރެއިން 55 ހާދިސާއަކީ އަލިފާނުގެ ހާދިސާތައްކަން ފާހަގަކުރެވެއެވެ.

އެގޮތުން ދާދި ފަހުން މާލެ ކައިރިން މަސްދޯންޏެއްގައި ރޯވެ މީހުންނަށް އަނިޔާވެފައިވާއިރު، ފ. ފީއަލީގައި ތެޔޮ ޓޭންކަރެއްގައި ރޯވި ހާދިސާގައި 20 މިލިއަނަށްވުރެ ގިނަ ރުފިޔާގެ ގެއްލުން ލިބިފައިވެއެވެ. މީގެ އިތުރުން ހުޅުމާލެ އާއި މާލޭގެ ގުދަންތަކާއި މީހުން ދިރިއުޅޭ އިމާރާތްތަކުގައިވެސް ނުރައްކާތެރި އަލިފާނުގެ ހާދިސާތައް ހިނގާފައިވާކަން ފާހަގަކުރެވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: