ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ލޯންޗު އެކްސިޑެންޓުވި ހާދިސާ: ތަހުގީގު ފަށައި ސަޕްލައި ދޯނީގެ ކެޕްޓަންގެ ލައިސަންސް ހިފަހައްޓައިފި

އެކްސިޑެންޓުވި ލޯންޗުގެ ކުރީކޮޅު ފުނޑިފައި-- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ކ. ގާލުފަޅު ކައިރިން އިއްޔެ ހެނދުނު ”ޓުއާ ގާޑް“ ލޯންޗާއި ސަޕްލައި ދޯންޏެއް އެކްސިޑެންޓުވެ ހިނގި ނުރައްކާތެރި ހާދިސާއާ ގުޅިގެން ޖިނާއީ ތަހުގީގެއް ފަށައި އެކްސިޑެންޓުވި ސަޕްލައި ދޯނީގެ ކެޕްޓަންގެ ލައިސަންސް ހިފަހައްޓައިފިއެވެ.

އެކްސިޑެންޓުވި ފަހުން އެހީތެރިނުވެ ސަޕްލައި ދޯނި ހާދިސާ ހިނގި ސަރަހައްދުން ގޮސްފައިވާ ކަމަށް އާންމު ފަރާތްތަކުން ތުހުމަތުކުރަމުންދާއިރު އެ ހާދިސާއާ ގުޅިގެން މިއަދު ސަންގުން ސުވާލުކުރުމުން ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ އެ މައްސަލައިގައި ފުލުހުން ޖިނާއީ ތަހުގީގެއް ހިންގަމުންދާ ކަމަށެވެ. އަދި މިހާރު ސަޕްލައި ދޯނީގެ ކެޕްޓަންގެ ލައިސަންސް ހިފަހައްޓާފައިވާ ކަމަށް ވިދާޅުވިއެވެ.

ވިލިނގިލިން ގިލިލަންކަންފުއްޓަށް ދަތުރުކުރަމުންދިޔަ އެ ލޯންޗަށް ބޮޑެތި ގެއްލުންތަކެއް ލިބުނުއިރު، ލޯންޗުގެ ކުރީކޮޅު އޮތީ އެއްކޮށް ފުނޑުފުނޑުވެފައެވެ. އެ ލޯންޗުގައި ތިބި 38 އަހަރުގެ ދިވެހި ކެޕްޓަނަށާއި 30 އަހަރުގެ ބަންގްލަދޭޝް ފަޅުވެރިޔާއަށް ވަނީ ސީރިއަސް އަނިޔާތަކެއް ލިބިފައެވެ.

އިއްޔެ ފުލުހުން ވިދާޅުވެފައިވަނީ އެ ދެ މީހުންގެ ހާލު ރަނގަޅުވަމުން އަންނަ ކަމަށެވެ. އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލު މިއަދު ވިދާޅުވި ގޮތުގައި އެ ދެ މީހުންނަށް މިހާރު ފަރުވާދެމުންދަނީ އެ ހޮސްޕިޓަލުގެ ވޯޑުގައެވެ.

މިފަދަ އެކްސިޑެންޓުތަކުގައި ޢަމަލުކުރާގޮތަށް ބަލާއިރު އިޙުމާލުން ހިނގާ އެކްސިޑެންޓުތަކުގައި ޖިނާޢީ ދަޢުވާ މީގެ ކުރިން ވެސް ކޮށްފައި އެބަ ހުއްޓެވެ. ދިވެހިރާއްޖޭގެ ޤާނޫނުލްއުގޫބާތުގެ ދަށުން ޤަސްދުގައި ކުރާ ކުށްތަކާއި އެނގިހުރެ ކުރާ ކުށްތަކާއި، ފަރުވާކުޑަ ޢަމަލެއް ކުރުމާއި އިޙުމާލުވުމުގެ ކުށާ ގުޅިގެން ވެސް ދައުވާކުރެއެވެ.

ދިވެހިރާއްޖޭގައި ހިނގާފައިވާ މިފަދަ ޙާދިސާތަކަށް ބަލާއިރު، 2023 ވަނަ އަހަރު ފޭދޫފިނޮޅު ކައިރިން ދެ ލޯންޗު ޖެހި މީހަކު މަރުވި ޙާދިސާ ފާހަގަކޮށްލެވެއެވެ. ފޭދޫފިނޮޅު ޙާދިސާގައި ވެސް ދެ ލޯންޗުގެ ކެޕްޓަނުންގެ ލައިސަންސް ވަގުތުން ސަސްޕެންޑްކޮށް، ޖިނާޢީ ތަޙުޤީޤެއް ކުރިއަށް ގެންގޮސްފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: