ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފިޔާޒް އަދި ހަސަންގެ އަޑުއެހުން އެއް ވަގުތެއްގައި!

ފިޔާޒް އަދި ހަސަންގެ އަޑުއެހުން އެއްވަގުތެއްގައި! -- ފޮޓޯ: އަދަދު
ޝެއާރކޮށްލާ ކަހަލަދޯ؟

އަދަދުގެ ސީއީއޯ ހުސައިން ފިޔާޒް އަދި އެޑިޓަރު ހަސަން މުހައްމަދުއާ ދެކޮޅަށް އުފުލާފައިވާ ގަޒުފުކުރުމުގެ ކުށުގެ ދައުވާގެ މައްސަލައިގެ ކުރިއަށްގެންދާ ޝަރީއަތުގެ އަޑުއެހުމެއް އަންނަ ޖޫން 8 އަށް ތާވަލުކޮށްފިއެވެ.

ސިއްރުކޮށްގެން ކުރިއަށްގެންދާ މި ޝަރީއަތުގެ އަޑުއެހުން ފެށުމަށް ހަމަޖެހިފައިވަނީ ޖޫން 8، ވާ ހޯމަ ދުވަހުގެ މެންދުރު 11:00 ޖަހާއިރެވެ. ހަސަންގެ އިތުރުން ފިޔާޒްގެ މައްޗަށް ވެސް ގަޒުފުކުރުމުގެ ކުށުގެ ދައުވާ އުފުލާފައިވާއިރު އޭނާގެ ޝަރީއަތް ވެސް ކުރިއަށްދާނީ ހަމަ އެއް ވަގުތެއްގައި ކަން ފާހަގަކުރެވެއެވެ.

ފިޔާޒު އާއި ހަސަންގެ މައްޗަށް ގަޒްފު ކުރުމުގެ ކުށުގެ ދައުވާ އުފުލީ އަދަދުގެ އެޑިޓަރުންގެ ގޮތުގައި ފިޔާޒް އާއި އެޑިޓަރު ހަސަން ތިބެ ރައީސްއާ ގުޅިގެން ޑޮކިއުމެންޓްރީ ހެދުމުގައި ބައިވެރިވެފައިވާތީއެވެ.

މި މައްސަލައާ ގުޅިގެން ކްރިމިނަލް ކޯޓުން ވަނީ ”އަދަދު“ ނޫހުން އާންމުކުރި ވީޑިއޯ ޑޮކިއުމެންޓްރީ މުޖުތަމައުގެ ތެރޭގައި ދައުރު ނުކުރުމަށާއި، އޭގައިވާ އެއްވެސް ވާހަކައެއް ސީދާ ގޮތުން ނުވަތަ ނުސީދާ ގޮތުން ވެސް ނުދެއްކުމަށް އަންގާ އަމުރު ނެރެފައެވެ.

ކްރިމިނަލް ކޯޓުން ނެރުނު އަމުރުގައި ވަނީ މައްސަލައިގެ ހަސްމަކާއި ނުވަތަ ކުށުގެ ޝިކާރައަކަށްވި މީހާއާ ގުޅުވައި އެއްވެސް ވާހަކައެއް ދެއްކުމާއި، ޝަރީއަތާ ގުޅުންހުރި ލިޔުންތައް ފެތުރުން ވަނީ މަނާކޮށްފައެވެ. މި އަމުރާ ހިލާފުވުމަކީ ކޯޓުގެ ހުރުމަތް ކެނޑުން ކަމަށް ބެލެވޭނެ ކަމަށް އަމުރުގައިވެއެވެ.

ކޯޓުގެ އަމުރުގައި ބަޔާންކޮށްފައިވާ ގޮތުގައި، ގަޒުފުގެ ކުށަކީ އިސްލާމީ ޝަރީއަތުގައި ބޮޑުވެގެންވާ ފާފައަކަށް ވާއިރު، އެކަން ހަރުކަށި އިބާރާތުން ނަހީކުރައްވާފައިވަނީ މީހުންގެ އަބުރާއި އިއްޒަތުއް ނަފުސު ރައްކާތެރިކުރުމަށެވެ. އަދި ކޯޓަކުން ކުށް ސާބިތުނުވާހާ ހިނދަކު ކޮންމެ މީހަކީ ވެސް ކުށެއް ނެތް މީހެއްގެ ގޮތުގައި ބެލުމުގެ ހައްގު އޮންނާނެ ކަމަށާއި، ޝަރީއަތުގެ މަރުހަލާގައި ދައުވާ ލިބޭ މީހާ އާއި ޝިކާރައަކަށްވި މީހާގެ މައްޗަށް ކަށަވަރުވާ ހައްގުތަކެއް ވާކަމަށް ގާޒީ ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: