ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޒުވާނުން ބާރުވެރިކުރުވުމަށް އެންމެ ބޮޑަށް މަސައްކަތް ކުރައްވަނީ ރައިސް ނަޝީދު: އިންތި

އިމްތިޔާޒް ފަހުމީ
އިމްތިޔާޒް ފަހުމީ
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސް ނަޝީދަކީ ޒުވާނުންގެ ކުރިއެރުމަށް ޓަކައި އާ ވިސްނުންތަކެއް ގެންގުޅުއްވާ، ޒުވާނުންގެ ހައްގުގައި ވަކާލާތު ކުރައްވާނެ އެންމެ ވަރުގަދަ ޝަޚުސިއްޔަތުކަމަށް އިމްތިޔާޒު ފަހުމީ (އިންތި) ވިދާޅުވެއްޖެއެވެ.

ހުޅުމާލޭގައި ބޭއްވި ”ބޮޑު ބަދަލު“ ކެމްޕޭން ހަރަކާތުގައި، އ އެމްޑީޕީގެ ޗެއާޕާސަންގެ އިންތިޚާބަށް ނުކުމެވަޑައިގެން ހުންނެވި ރައީސް މުހައްމަދު ނަޝީދަކީ، މީގެ 20 އަހަރު ކުރިން ފެށި މަސައްކަތާއެކު ޒުވާނުންގެ މެދުގައި އޮތް ’ޓްރެންޑް’ތައް އުފައްދާފައިވާ، ޒުވާނުންނަށް ’އިންސްޕިރޭޝަން“ ދޭ ބޭފުޅެއްގެ ގޮތުގައި އިންތި ސިފަކުރެއްވިއެވެ، އަދި އެމަނިކުފާނަކީ ޒުވާނުންގެ ކުރިމަގަށް އާ އުއްމީދެއްވެސް ގެނެސްދޭނެ ބޭފުޅެއް ކަމަށް ވިދާޅުވިއެވެ.

ޖަލްސާގައި ވާހަކަދައްކަވަމުން އިންތި ވިދާޅުވީ، އެމްޑީޕީގެ ހިންގުމަށް ރައީސް ނަޝީދު އައުމަކީ އެންމެ ޔަގީންކަން ބޮޑު ގޮތް ކަމަށާއި، ފައްޔާޒު އިސްމާއިލާއެކު ކުރައްވާ  މަސައްކަތަކީ އެންމެން އެއްގަލަކަށް އެރުވުމުގެ މަސައްކަތެއް ކަމަށެވެ.

ރައީސް ނަޝީދު ކެމްޕޭނަށް ނުކުމެވަޑައިގަތީ ރައްޔިތުންނާ އޮތް ގުޅުމާއި، ހިތްވަރާއި ބުންވަރުގެ ސަބަބުން ކަމަށާއި، އެމަނިކުފާނަކީ ސިޔާސީ މޭޒުތަކުގެ ދަށުގައި ”ކިންގް މޭކާ“އެއްގެ އިތުރުން ހަރުދަނާ ބަސް ބުނާ ޝަޚުސިއްޔަތެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ޒުވާނުންނަށް ޓަކައި އާ ވިސްނުމެއް ގެންގުޅޭ ހަމައެކަނި ބޭފުޅަކީ ރައީސް ނަޝީދު ކަމަށާއި، އެމަނިކުފާނަކީ ޒުވާނުންގެ އިހުސާސްތައް ދަންނަ ބޭފުޅެއް ކަމަށް އިންތި ވިދާޅުވިއެވެ.

”ޒުވާނުންގެ ކުރިއެރުމަށް އާ ތަސައްވުރެއް، އިންސިއަކަށް ޖިންނިއަކަށް ރައިސް ނަޝީދު ފިޔަވާ ދެއްކިފައިއެއް ނެތް.“

މި މަހުގެ 12 ވަނަ ދުވަހު ބާއްވާ އެމްޑީޕީގެ ޗެއާޕާސަންގެ އިންތިޚާބަކީ ޕާޓީގެ ކުރިމަގާއި ޒުވާނުންގެ ބައިވެރިވުން ކަނޑައަޅާނެ މުހިންމު ދުވަހެއްކަން އިންތިގެ ވާހަކަފުޅުން ފަހަގަކުރެވެއެވެ. ޒުވާނުންނަށް އާ އުއްމީދެއް ގެނެސްދެވޭނީ ޕާޓީގެ އިދާރީ ހިންގުމަށް ބޮޑު ބަދަލެއް ގެނެސްގެން ކަމަށާއި، ރައީސް ނަޝީދުގެ ”ބޮޑު ބަދަލު“ ކެމްޕޭނުގެ ދަށުން ހުށަހަޅާފައިވާ ދައުލަތް ހިންގުމުގެ ނިޒާމުގެ ބަދަލުތަކަކީ ވެސް ރައްޔިތުންގެ ބާރުވެރިކަން އިތުރުކޮށް، ޒުވާނުންގެ ބައިވެރިވުން ސިޔާސީ މައިދާނުގައި ފުޅާކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއްކަމަށް އިންތި ވިދާޅުވިއެެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: