ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބޮޑުތަކުރުފާނުމަގު އުތުރުފަރާތް ބަންދުކުރަނީ

ފޮޓޯ: އެމްޓީސީސީ
ޝެއާރކޮށްލާ ކަހަލަދޯ؟

މާލޭގެ ބޮޑުތަކުރުފާނުމަގު އުތުރުފަރާތް ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން، އެ ސަރަހައްދުގައި ތާރުއެޅުމުގެ މަސައްކަތް ފެށުމަށްޓަކައި އެ މަގު ބަންދުކުރުމަށް ފުލުހުން ނިންމައިފިއެވެ.

ފުލުހުން މައުލޫމާތު ދޭގޮތުގައި ޖޫން މަހުގެ 7 ވަނަ ދުވަހުގެ ރޭ 12 އިން ފެށިގެން، ތާރުއެޅުމުގެ މަސައްކަތް ނިމެންދެން އެ ސަރަހައްދަށް އުޅަނދުފަހަރަށް ނުވަދެވޭނެ ގޮތަށް މަގު ބަންދުކުރެވޭނެއެވެ.

ބޮޑުތަކުރުފާނުމަގުގެ އުތުރުފަރާތް ތަރައްޤީކުރުމުގެ މަސައްކަތް މިހާރު ވަނީ ތާރުއެޅުމުގެ މަރުހަލާއަށް އައިސްފައެވެ. މި މަޝްރޫޢުގެ ދަށުން ކުރަންޖެހޭ އެހެނިހެން މުހިންމު މަސައްކަތްތައް ކަމަށްވާ ކޭބަލް ޖަންގްޝަންތައް ހެދުމާއި، ދުވާރު ހެދުމުގެ އިތުރުން ފެންހޮޅި އެޅުމުގެ ބޮޑު ބައެއް މިހާރު ވަނީ ނިމިފައެވެ.

މި މަސައްކަތްތައް ކުރިއަށްދާ ގޮތް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ މިދިޔަ މޭ މަހުގެ 18 ވަނަ ދުވަހު އެ ސަރަހައްދަށް ވަޑައިގެން ބައްލަވާލައްވާފައެވެ.

މި މަޝްރޫޢުގެ ދަށުން ޖުމްލަ 700 މީޓަރުގެ ސަރަހައްދެއްގައި ތާރުއަޅައި ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމަށް ވަނީ ހަމަޖެހިފައެވެ. އެމްޓީސީސީން ބުނެފައިވަނީ މަގު ހެދުމުގެ މަސައްކަތް ކުރިއަށްދާ ސެގްމެންޓް 1، 2 އަދި 3 އެކީގައި ތާރުއެޅުމަށް ނިންމާފައިވާ ކަމަށާއި، އަމާޒަކީ ޖުލައި މަހުގެ ތެރޭގައި މަސައްކަތް އެއްކޮށް ނިންމާ އާންމުންނަށް މަގު ހުޅުވާލުން ކަމަށެވެ.

މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާއިން އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢުގެ ސަބަބުން މާލޭގެ އުތުރު ފަރާތުގެ ބަނދަރު ސަރަހައްދަށް ބޮޑެތި ބަދަލުތަކެއް އަންނާނެއެވެ. އައު ފަރުމާގެ ދަށުން މަގު ހަ މީޓަރަށް ފުޅާކުރެވި، ޓްރެފިކް ތޮއްޖެހުމަށް ބޮޑު ލުޔެއް ލިބިގެންދާނެއެވެ. މީގެ އިތުރުން، ބަނދަރުގެ ތެރެއިން ބައެއް ހިއްކައިގެން 500 ސައިކަލުގެ ޖާގައިގެ ބޮޑު ޕާކިންގ ޒޯނެއް ތަރައްޤީކުރުމަށް ވެސް ވަނީ ނިންމާފައެވެ.

މަގު ތަރައްޤީކުރުމުގެ އިތުރުން، އެ ސަރަހައްދު ފެހިކޮށް ހިތްގައިމު ކުރުމަށްޓަކައި ޚާއްސަ މަސައްކަތްތަކެއް ކުރެއްވުމަށް ރައީސް ޑރ. މުޢިއްޒު ވަނީ ނިންމަވާފައެވެ. އެގޮތުން ބޭރުމަގުގައި ”ގްރީން ބެލެޓެއް“ ތަރައްޤީ ކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. މި ބަދަލުތަކާއެކު މުދާ އުފުލާ އުޅަނދުތަކަށާއި މަސްދޯނިފަހަރަށް ޚިދުމަތް ހޯދުމުގައި ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: