ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަޖިލީހުގެ މެންބަރުންގެ މުސާރަ އުނިކުރަން ހުށަހަޅަނީ!

ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭން ކޮރޯނާ ވައިރަސް ފެނި، އިގްތިސޯދަށް ބޮޑު ގެއްލުމަކާ ކުރިމަތިލާން ޖެހިފައިވާތީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މުސާރަ ބަޔެއް އުނިކުރުމަށް ހުށަހަޅަން ނިންމައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ސުޕާ މެޖޯރިޓީ އޮންނަ އެމްޑީޕީގެ ޕީޖީ ލީޑަރު އަލީ އާޒިމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ދަނޑިވަޅުގައި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ މުސާރައިގެ 20 ޕަސެންޓު އުނިކޮށްދިނުމަށް އެދި ހުށަހަޅަން އެމްޑީޕީގެ ޕާލަމެންޓްރީ ނިންމާފައިވާ ކަމަށެވެ.

އާޒިމް ވިދާޅުވީ އެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ފަރާތްޕުޅުން މާލިއްޔަތު ކޮމިޓީ އަށް ހުށަހަޅަން އެ ގުރޫޕުން އެދިފައިވާ ކަމަށެވެ.

https://twitter.com/aliaazim/status/1239491336895594500

ރައްޔިންތުންގެ މަޖިލީހުގެ މެމްބަރެއްގެ މުސާރައަކީ މަހަކު 42،500 ރުފިޔާއެވެ. މުސާރައިގެ 20 ޕަސަންޓަކީ، 8،500 އެވެ. މަޖިލީހުގެ 87 މުސާރައިގެ 20 ޕަސަންޓަކީ ޖުމްލަ 739،500 ރުފިޔާއެވެ.

ރައްޔިންތުންގެ މަޖިލީހުގެ ގަވައިދުގެ 272 މާއްދާގައި ބުނެފައިވަނީ، މެންބަރެއްގެ މުސާރައާއި އިނާޔަތްތައް ކެނޑުމަށް ގޮތެއް ނިންމުމުގައި ގާނޫނުއަސާސީގެ 88 ވަނަ މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން މަޖިލީހުގެ ތިންބައިކުޅަ ދެބައި ގެ އަގްލަބިއްޔަތުން ފާސްކުރަންވާނެ ކަމަށެވެ.

މެމްބަރުންނަށް މުސާރައިގެ ގޮތުގައި 42،500ރ. ލިބިވަޑައިގަތަސް އެލަވަންސަށް 20،000ރ. ކަނޑައަޅާފައި ވެ އެވެ.

މުސާރައިގެ އިތުރަށް މެމްބަރުންނަށް 40،000 ރުފިޔާއާ ހަމައަށް އެލަވަންސްވެސް ލިބެއެވެ. އެއީ ލިވިންގ އެލަވަންސްގެ ގޮތުގައި 20،000 ރުފިޔާ އާއި ކޮމިޓީ އެލަވަންސްގެ ގޮތުގައި 20،000 ރުފިޔާއެވެ. ނަމަވެސް ކޮމިޓީ އެލަވަންސަކީ މެމްބަރުގެ ކޮމިޓީ ހާޒިރީއަށް ބަލާފައި ދޭ އެލަވަންސެކެވެ. އަދި އޭގެ އިތުރުން 19 ވަނަ ރައްޔިތުންގެ މަޖިލީހުގައި، މަޤްބޫލު އުޒުރެއް ނުވަތަ ސަލާން ބުނުމެއްނެތި މަޖިލީހުގެ ޖަލްސާތަކަށް ހާޒިރު ނުވާނަމަ، މުސާރައިން ކަނޑާގޮތަށް ވަނީ ހަމަޖައްސާފައެވެ.

އެމްޑީޕީން ޕީޖީން މުސާރައިން 20 ޕަސަންޓު އުނިކުރުމަށް ނިންމިއިރު، މަޖިލީހުގެ ހަރަދުން 19.3 މިލިއަން ރުފިޔާ ކުޑަކުރުމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މިއަދު ވަނީ އެދިވަޑައިގެންފައެވެ.

ކޮރޯނާވައިރަހާ ގުޅިގެން ގައުމާ މުހާތަބު ކުރައްވައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިދިޔަ ބުރާސްފަތު ދުވަހު ވިދާޅުވީ، ވައިރަހާ ގުޅިގެން އިގްތިސޯދަށް ވަރަށް ބޮޑު ހީނަރުކަމެެއް އަންނާނެ ކަމަށެވެ. އެގޮތުން ލިބޭ އާމްދަނީ 6.9 ބިލިއަނެއްހާ ރުފިޔާ މަދުވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ޖީޑީޕީ ކުރިއަރާ މިންވަރު ހުންނާނީ، 0.5 ޕަސެންޓާއި މައިނަސް 5.6 ޕަސަންޓާ ދެމެދުގެ މިންވަރެއްގައި ކަމަށް ރައީސް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: