ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހިޔާ ޓަވަރުތަކުގެ ކޮމާޝަލް ޔުނިޓްތަކެއް ކުއްޔަށް ދޫކުރަން އެޗްޑީސީން ހުޅުވާލައިފި

ފޮޓޯ މީސްމީޑިއާ މަންސަ
ޝެއާރކޮށްލާ ކަހަލަދޯ؟

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހުންނަ ހިޔާ ޓަވަރުތަކުގެ ތެރެއިން ދެ ޓަވަރެއްގެ ކޮމާޝަލް ޔުނިޓްތައް ކުއްޔަށް ދިނުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިއުލާނުކޮށްފިއެވެ.

އެޗްޑީސީން ހާމަކޮށްފައިވާ ގޮތުގައި، މި ފުރުސަތު ހުޅުވާލާފައިވަނީ ހިޔާ 10 ވަނަ ޓަވަރާއި 12 ވަނަ ޓަވަރުގެ ކޮމާޝަލް ޔުނިޓްތަކަށެވެ. މިއީ މީގެ ކުރިން އެ ޔުނިޓްތައް ކުއްޔަށް ދިނުމަށް ވެފައިވާ އެއްބަސްވުންތަކުގެ މުއްދަތު ހަމަވުމާ ގުޅިގެން އަލުން ހުޅުވާލި ފުރުސަތެކެވެ.

މި ފަހަރު ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވަނީ 10 ވަނަ ޓަވަރުން 554.66 އަކަފޫޓުގެ ޔުނިޓަކާއި، 12 ވަނަ ޓަވަރުން 546.27 އަކަފޫޓުގެ ޔުނިޓެކެވެ. ހިޔާގެ 16 ޓަވަރުގެ ތިރީ ބުރިތައް ހާއްސަކޮށްފައިވަނީ އާންމު ހިދުމަތްތައް ފޯރުކޮށްދޭ ވިޔަފާރިތަކަށެވެ. މީގެ ތެރޭގައި ކެފޭ، ފިހާރަ، ކްލިނިކް، ޖިމް އަދި ބޭސްފިހާރަ ފަދަ ތަންތަން ހިމެނެއެވެ.

އެޗްޑީސީން ބުނީ މި ޔުނިޓްތަކަށް ކުރިމަތިލާ ފަރާތްތަކުގެ މެދުގައި ބިޑް ކުރުން ކުރިއަށްދާނެ ކަމަށާއި، ޔުނިޓްތައް ހަވާލުކުރާނީ އެންމެ މަތީ އަގު ހުށަހަޅާ ނުވަތަ އެންމެ އެކަށީގެންވާ ޕްރޮޕޯސަލް ހުށަހަޅާ ފަރާތްތަކަށް ކަމަށެވެ.

މިކަމާ ގުޅޭގޮތުން މައުލޫމާތު ދިނުމަށް ބާއްވާ ޕްރީ-ޕްރޮޕޯސަލް މީޓިންގް އޮންނާނީ ޖޫން މަހުގެ 14 ވަނަ ދުވަހުގެ ހެނދުނު 10:00 ގައި ޒޫމް މެދުވެރިކޮށެވެ. އަދި އިތުރު މައުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން ޖޫން 17 ވަނަ ދުވަހުގެ މެންދުރުފަހު 2:00 ގެ ކުރިން އީމެއިލް މެދުވެރިކޮށް އެޗްޑީސީއަށް ހުށަހަޅަން ޖެހެއެވެ.

ޕްރޮޕޯސަލް ހުށަހެޅުން އޮންނާނީ ޖުލައި މަހުގެ 1 ވަނަ ދުވަހުގެ މެންދުރު 1:00 އާއި 2:00 އާ ދެމެދު އެޗްޑީސީ ބިލްޑިންގުގެ ގްރައުންޑް ފްލޯގައި ހުންނަ އެގްޒިބިޝަން ސެންޓަރުގައެވެ. ހަމަ އެދުވަހުގެ މެންދުރުފަހު 2:00 ގައި ބިޑް ހުޅުވުން ކުރިއަށްދާނެ ކަމަށްވެސް އެޗްޑީސީގެ އިއުލާނުގައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: