ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސިވިލް ސާވަންޓުންގެ ކުރިއެރުމާއި މުސާރައަށް މިއަހަރު 15 ބިލިއަން ރުފިޔާ ހޭދަކުރާނެ: ވަޒީރު ޑރ. ޝަފީއު

ފޮޓޯ މީސްމީޑިއާ މަންސަ
ޝެއާރކޮށްލާ ކަހަލަދޯ؟

ސިވިލް ސާވަންޓުންގެ ކުރިއެރުމަށާއި، މުވައްޒަފުންގެ މުސާރައިގެ އިތުރުން ހިދުމަތްތަކުގެ ފެންވަރު ރަނގަޅު ކުރުމަށް ޓަކައި ދައުލަތުގެ ބަޖެޓުން މިއަހަރު 15 ބިލިއަނެއްހާ ރުފިޔާ ހޭދަކުރަމުންދާ ކަމަށް ތައުލީމާ ބެހޭ ވަޒީރު ޑރ. އިސްމާއިލް ޝަފީއު މިއަދު ވިދާޅުވެއްޖެއެވެ.

ސިވިލް ސާވިސް ކޮމިޝަންގެ ކޮންފަރެންސް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ވަޒީރު ޝަފީއު ވިދާޅުވީ، ސަރުކާރުން ރައްޔިތުންނަށް ފޯރުކޮށްދޭ މައިގަނޑު ހިދުމަތްތައް ހިންގުމުގެ މައި އިންޖީނަކީ ސިވިލް ސާވިސް ކަމަށެވެ. އަދި ރައްޔިތުންނަށް ރެއާއި ދުވާލު މެދުނުކެނޑި ލިބެމުންދާ ހިދުމަތްތަކަކީ ސިވިލް ސާވިސްގެ މުވައްޒަފުންގެ ބުރަ މަސައްކަތުގެ ނަތީޖާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މިހާރުގެ ތަފާސްހިސާބުތަކަށް ބަލާއިރު، ދާއިމީ އަދި ކޮންޓްރެކްޓް މުވައްޒަފުންނާއެކު ޖުމްލަ 35،000 އެއްހާ މުވައްޒަފުން ސިވިލް ސާވިސްގައި މަސައްކަތް ކުރަމުންދާ ކަމަށް ވަޒީރު ވިދާޅުވިއެވެ.

”އާބާދީގެ ކޮންމެ 15 މީހަކަށް ސިވިލް ސާވެންޓެއް އެބަހުރި. ބިދޭސީން ވެސް ހިމެނޭގޮތަށް ބަލާއިރު މިއީ ނިސްބަތުން ވަރަށް ބޮޑު އަދަދެއް،“ ވަޒީރު ވިދާޅުވިއެވެ.

ވަޒީރު އިތުރަށް ވިދާޅުވީ، ޕަބްލިކް ސާވިސް ދާއިރާއަށް ހޭދަކުރާ 15 ބިލިއަން ރުފިޔާގެ ތެރެއިން ގާތްގަނޑަކަށް 62 އިންސައްތަ ހޭދަކުރަނީ ސިވިލް ސާވިސްގެ މުވައްޒަފުންގެ މުސާރައަށް ކަމަށެވެ. އަދި މުވައްޒަފުންނަށް އަބުރުވެރި ދިރިއުޅުމެއް އުޅެވޭފަދަ މުސާރައެއް ކަށަވަރުކޮށްދިނުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސިޔާސަތެއް ކަމަށާއި، އެމަނިކުފާނުގެ ވައުދުފުޅާ އެއްގޮތަށް މުސާރަތައް ބޮޑުކޮށްދެއްވަމުން ގެންދަވާކަން ވަޒީރު ފާހަގަކުރެއްވިއެވެ.

ދައުލަތުން ކުރާ މި ބޮޑު ހޭދައާއެކު، ރައްޔިތުންގެ އުންމީދުތައް ވެސް މަތިވާނެ ކަމަށާއި، އެހެންކަމުން ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމަކީ ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށް ވަޒީރު ވިދާޅުވިއެވެ.

”ރައްޔިތުންގެ ފައިސާއިން މުސާރަ ލިބޭ ކޮންމެ މުވައްޒަފެއްގެ ފަރާތުން ވެސް ރައްޔިތުން އެދޭނީ ހަލުވި، ފަރުވާތެރި އަދި ފެންވަރު ރަނގަޅު ހިދުމަތަކަށް،“ ޑރ. ޝަފީއު ވިދާޅުވިއެވެ.

ސަރުކާރުގެ އަމާޒަކީ ސިވިލް ސާވިސްގެ ހިދުމަތްތައް ޕްރޮފެޝަނަލް މިންގަނޑަކަށް ފެއްތުމަށް ބޭނުންވާ އެހީތެރިކަމާއި އެއްބާރުލުން ފޯރުކޮށްދިނުން ކަމަށް ވެސް ތައުލީމާ ބެހޭ ވަޒީރުގެ ވާހަކަފުޅުގައި ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: