ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މީދޫ ކައުންސިލްގެ ރައީސްގެ ގޮނޑި ޕީއެންސީއަށް!

ޝެއާރކޮށްލާ ކަހަލަދޯ؟

ދ. މީދޫ ކައުންސިލްގެ ރައީސް ހޮވުމަށް ނެގި ވޯޓު ވެރިކަންކުރާ ޕީއެންސީގެ ކެންޑިޑޭޓު ސުހާ އިބްރާހީމް ކާމިޔާބުކުރައްވައިފިއެވެ.

މީދޫ ކައުންސިލްގެ ރައީސް ކަމަށް ވާދަކުރެއްވީ ސުހާގެ އިތުރުން، މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ)ގެ ކެންޑިޑޭޓް މުޙައްމަދު ޝާހިދެވެ. އެ އިންތިޚާބުގައި ވޯޓުލުމުގެ ހައްގު 1،049 މީހުންނަށް ލިބިގެންވެއެވެ. ކަށަވަރުވެފައިވާ ވަގުތީ ނަތީޖާ ދައްކާ ގޮތުން ސުހާ ވަނީ ބޮޑު ފަރަގަކުން އިންތިޚާބު ކާމިޔާބުކުރައްވައިފައެވެ.

ޖުމްލަ ތިން ފޮށި ބެހެއްޓިއިރު، ކޮންމެ ފޮއްޓަކުން ވެސް ކުރި ހޯއްދެވީ ސުހާއެވެ. ޖުމްލަ ވޯޓުލީ 985 މީހުންނެވެ. ސުހާއަށް ޖުމްލަ 529 ވޯޓު ލިބުނުއިރު ޝާހިދަށް ލިބުނީ 449 ވޯޓެވެ. ޖުމްލަ ވޯޓުގެ ތެރޭ ބާތިލް ހަތް ވޯޓު ހިމެނެއެވެ.

އެހެންކަމުން ސުހާއަށް އިންތިޚާބު ކާމިޔާބުވީ 80 ވޯޓު އިތުރަށް ލިބިގެންނެވެ. މި ނަތީޖާއާއެކު ދ. މީދޫގެ ކައުންސިލުގެ ފުރިހަމަ އަޣުލަބިއްޔަތު ލިބިފައިވަނީ ޕީއެންސީއަށެވެ.

މިދިޔަ އޭޕްރިލް މަހުގެ ހަތަރު ވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބުގެ ނަތީޖާގައި، އިލެކްޝަންސް ކޮމިޝަނުން ފުރަތަމަ އިއުލާނުކުރީ މީދޫ ކައުންސިލްގެ ރައީސްގެ މަގާމު އެއް ވޯޓުގެ ތަފާތުން ކާމިޔާބުކުރީ ސުހާ ކަމަށެވެ. އެއީ، 393 ވޯޓުންނެވެ. އެ ނަތީޖާއިން ދެއްކި ގޮތުން ޝާހިދަށް ލިބުނީ 392 ވޯޓެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: