އުރީދޫ މޯލްޑިވްސްއިން ”ފުޓުބޯޅަ ފޯރި“ ގެ ނަމުގައި ޚާއްޞަ ކެމްޕޭނެއް ފަށައިފިއެވެ.
މިއީ އުރީދޫ ޕްރީޕެއިޑް، ޕޯސްޓްޕެއިޑް އަދި ސުޕަރނެޓް ޚިދުމަތްތައް މެދުވެރިކޮށް، ކަސްޓަމަރުންނަށް ވޯލްޑް ކަޕްގެ ފޯރިގަދަ ތަޖުރިބާއެއް ފޯރުކޮށްދިނުމަށް ފަރުމާކޮށްފައިވާ ކެމްޕޭނެކެވެ.
ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި ފުޓުބޯޅަ ސަޕޯޓަރުން މި ބޮޑު ކުޅިވަރު މުބާރާތަށް ތައްޔާރުވަމުންދާއިރު، މުބާރާތުގެ މެޗުތައް ފަސޭހަކަމާއެކު ބަލައިލުމަށާއި، ގޭގެ މުނިފޫހިފިލުވުމުގެ ތަޖުރިބާ އިތުރަށް ފުރިހަމަކުރުމަށް އުރީދޫއިން ވަނީ ގިނަ ލުއިތަކެއް މަގުފަހިކޮށްދީފައެވެ.
ފުރިހަމަ ވޯލްޑް ކަޕް ތަޖުރިބާއަކަށް އެމްޓީވީ ”Weare26“ ޕެކް
10 ޖޫން އިން 20 ޖުލައި 2026 ގެ ނިޔަލަށް، ޕްރީޕެއިޑް އަދި ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް 275 ރުފިޔާއަށް ޚާއްޞަ މީޑިއާނެޓް ޕެކެއް އެކްޓިވޭޓް ކުރެވޭނެއެވެ. މީގެ ތެރޭގައި ހިމެނެނީ:
- 3 ޖީބީ ރެގިއުލާ ޑޭޓާ
- ވޯލްޑް ކަޕް ނިމެންދެން ބޭނުންކުރެވޭ މީޑިއާނެޓް ޓީވީ ސަބްސްކްރިޕްޝަން
މި ޕެކޭޖުގައި ހިމެނޭ ޑޭޓާ އެއްވެސް ހުރަހެއްނެތި ކޮންމެ އެޕްލިކޭޝަނެއްގައިވެސް ބޭނުންކުރެވޭއިރު، މީޑިއާނެޓް ސަބްސްކްރިޕްޝަން މެދުވެރިކޮށް ކަސްޓަމަރުންނަށް ކޮންމެ ތަނެއްގައި ހުރެގެންވެސް މުބާރާތުގެ ފޯރިގަދަ މެޗުތައް ބަލައިލެވޭނެއެވެ.
އުރީދޫ އެޕްގެ ”ހޮޅުއަށި“ މެދުވެރިކޮށް މި ޕެކަށް ސަބްސްކްރައިބް ކުރެވޭއިރު، މި ޚިދުމަތަށް ނަގާ ފީ އުރީދޫ ޕޯސްޓްޕެއިޑް ބިލަށް ނުވަތަ ޕްރީޕެއިޑް ބެލެންސުން އުނިކުރެވޭނެއެވެ.

