އެސްޓީއޯ ޕީޕަލްސް ޗޮއިސްގެ ފުރަތަމަ ފަންގިފިލާ ރަސްމީކޮށް ހުޅުވައިފިއެވެ.
އެސްޓީއޯ ޕީޕަލްސް ޗޮއިސްގެ ފުރަތަމަ ފަމްގިފިލާ ހުޅުވިގެން ދިޔައީ 11 ޖޫން 2026 ވީ ބުރާސްފަތި ދުވަހު އެތަނުގައި ބޭއްވުނު ހާއްސަ ހަފްލާއަކުންނެވެ. މި ހަފްލާ ޝަރަފްވެރި ކޮށްދެއްވީ މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑް އަލްފާޟިލް މުހައްމަދު ސަޢީދެވެ. މީގެ އިތުރުން އެސްޓިއޯގެ ބޯޑު އަދި އެކްސްކޯ މެމްބަރުންގެ އިތުރުން އެސްޓީއޯ ޖެނެރަލް ޓްރޭޑިންގްގެ ބެރޭންޑްތަކުގެ ސަޕްލަޔަރުންނާއި ކަލްއެންޓުން ބައިވެރިވިއެވެ.
އެސްޓީއޯ ޕީޕަލްސް ޗޮއިސްގެ ފުރަތަމަ ފަންގިފިލާ ހާއްސަ ކުރެވިފައިވަނީ ހޯމް އިމްޕްރޫވްމަންޓް ސާމާނުގެ އިތުރުން ގޭތެރެ ރީތިކުރުމަށް ބޭނުންވާ ހޯމް ޑެކޯ އައިޓަމް ތަކަށެވެ. މީގެ އިތުރުން، ޕްރޮކިޔޯ ޕްލަސް އަދި ޕީކަބޫގެ އައުޓްލެޓަކާއި ރައިމްބޯ ހޯމް އިމްޕްރޫވްމަންޓްގެ ޑިސްޕްލޭ ޒޯނެއްވެސް މި ފަންގިފިލާގައި ހިމެނިފައިވާނެ ކަމަށް އެކުންފުނިން މައުލޫމާތުދެއެވެ.
ދިވެހިންގެ މެދުގައި މަޝްހޫރު ކޮފީ ބީންސް އެންޑް ޓީ ލީވްސްގެ އައުޓްލެޓެއްވެސް ވަރަށް އަވަހަށް މި ފަންގިފިލާގައި ހުޅުވިގެންދާނެކަމަށްވެސް އެކުންފުނިންވަނީ ބުނެފައެވެ. ހަމަ އެއާއި އެކު، އެސްޓީއޯއިން މިވަގުތު ވިއްކަމުން ގެންދާ ބްރޭންޑްތައް ކަމުގައިވާ ފިލިޕްސް، ރަސެލްހޮބްސް، އެލްޖީޓިވީ އަދި ޑައިސަންގެ ތަފާތު ގިނަ ޕްރޮޑަކްޓްތަކެއް މި ފަންގިފިލާގައި ލިބެން ހުންނާނެއެވެ. މީގެ އިތުރުން، މި ފަންގިފިލާ ހުޅުހުވިގެން ދިއުމާއިއެކު، ޗައިނާގެ މަޝްހޫރު ބްރޭންޑެއް ކަމުގައިވާ ސުންމީ ބްރޭންޑްގެ ޕްރޮޑަކްޓްތައް ވެސް ބާޒާރަށް ވަނީ ތަޢާރަފް ކޮށްފައެވެ. މި ފަންގިފިލާ ހާއްސަ ކުރެވިވައިވާނީ އާއިލާއާއި އެކު ވިޔަފާރި ކުރުމަށް ވަޑައިގަންނަވާ ބޭފުޅުންނަށް ފަސޭހަ ވާނެ ގޮތަށް، ތުއްތު ކުދިންނަށް ހާއްސަ ކިޑްސް ކޯނަރ އެއްވެސް އެކުލެވޭ ގޮތަށެވެ. މި ފަންގިފިލާ ހިޅުވިގެން ދިއުމާއިއެކު ކަސްޓަމަރުންނަށް ހިތްގައިމު މާހައުލެއްގައި ހިތްފަސޭހަ ކަމާއިއެކު ވިޔަފާރި ކުރުމުގެ ފުރުސަތު ލިބިގެންދާނެކަމަށް ކުންފުނިން ބުނެއެވެ.
އެސްޓީއޯ ޕީޕަލްސް ޗޮއިސްގެ ފުރަތަމަ ފަންގިފިލާ ހުޅުވިގެން ދިއުމާއި އެކު، މިދިޔަ ހުކުރު ދުވަހުން ފެށިގެން އާއްމުންނަށް ވިޔަފާރި ކުރުމަށް ވަނީ ހުޅުވާލެވިފައެވެ.

