ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނަމާދު ވަގުތުގައި 20 މިނެޓަށް ކުޅިވަރުތައް ހުއްޓާލުމަށް އެސޯސިއޭޝަންތަކަށް އަންގައިފި

ގަލޮޅު ދަނޑު -- ފޮޓޯ: އަދަދު
ޝެއާރކޮށްލާ ކަހަލަދޯ؟

ކުޅިވަރު ކުޅޭ ހުރިހާ ތަނެއްގައިވެސް ނަމާދު ވަގުތު ޖެހުމާއެކު 20 މިނެޓަށް ކުޅިވަރު ހަރަކާތްތައް ހުއްޓާލަން ސްޕޯޓްސް މިނިސްޓަރީން ގައުމީ ކުޅިވަރު އެސޯސިއޭޝަންތަކަށް އަންގައިފިއެވެ.

ސްޕޯޓްސް މިނިސްޓްރީން ކުޅިވަރު އެސޯސިއޭޝަންތަކަށް ފޮނުވި ސާކިއުލަރއެއްގައި ބުނެފައިވަނީ ކުޅިވަރު ކުޅޭ ހުރިހާ ތަނެއްގައި، ނަމާދަށް ގޮވުމާއެކު 20 މިނިޓް ވަންދެން ހުރިހާ ކުޅިވަރު ހަރަކާތެއް މެދުކަނޑާލައި އެކަން ތަންފީޒުކުރަމުން ގެންދިއުމަކީ ސަރުކާރުގެ ސިޔާސަތެއްގެ ގޮތުގައި ކަނޑައަޅާފައިވާ ކަމަށެވެ.

ސާކިއުލާގައި ބުނެފައިވަނީ ކްލަބްތަކާއި އެކަޑަމީތަކާއި އަމިއްލަ ފަރާތްތަކުން ކުރިއަށް ގެންދާ ހަރަކާތްތައް ވެސް މީގެ ތެރޭގައި ހިމެނޭ ކަމަށެވެ. އެހެންކަމުން އެސޯސިއޭޝަންގެ ބެލުމުގެ ދަށުން ކުރިއަށް ގެންދާ އެންމެހާ ހަރަކާތްތައް ނަމާދު ވަގުތަށް މެދުކަނޑާލައި އެކަން ތަންފީޒުކުރަމުން ގެންގޮސްދެއްވުމަށް ވަނީ އެދިފައެވެ.

މިމަހުގެ 1 ވަނަ ދުވަހު ނޫސްވެރިންނާ ބައްދަލުކުރައްވާ ރައީސް ވިދާޅުވީ، ކުޅިވަރު މައިދާނުގައި އުޅޭއިރު ނަމާދު ގަޑި ނިމޭ ވަގުތު ވެސް ކުޅެން ތިބުމަކީ ދިވެހީންގެ ޒަމާންވީ އާދައަކަށް ވެފައިވާ ކަމަށެވެ. އެހެންކަމުން ރާއްޖެއަކީ ސަތޭކަ ޕަސެންޓު މުސްލިމު ގައުމަކަށް ވާއިރު މުޖުތަމައުގައި އަމަލީ ގޮތުން ކަންކަން ތަންފީޒުކުރެވެން ވާނީ އެ ހަގީގަތުގެ މައްޗަށް ކަމަށް ބިނާކޮށް ކަމަށް ރައީސް ވިދާޅުވިއެވެ. 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: