ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖެއިން ހިމަބިހި ޖެހުނު މީހުންގެ އަދަދު 20 އަށް އަރައިފި

އައިޖީއެމްއެޗް ހޮސްޕިޓަލް އިމާރާތް / ފޮޓޯ: ސަން
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖެއިން ނައްތާލާފައިވާ ބައްޔެއް ކަމަށްވާ ހިމަބިހި (މީސްލްސް) ޖެހިފައިވާ މީހުންގެ އަދަދު އިތުރުވަމުންދާތީ، އެކަމަށް ސަމާލުވުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.

އެޗްޕީއޭ އިން މިއަދު އާންމުކުރި ތަފާސްހިސާބުތަކަށް ބަލާއިރު، މި އަހަރުގެ މިހާތަނަށް ރާއްޖެއިން 20 މީހަކު ވަނީ މި ބައްޔަށް ފައްސިވެފައެވެ. އޭގެ ތެރެއިން 5 މީހުންނަކީ ނިމިދިޔަ ހަފުތާގެ ތެރޭގައި ބައްޔަށް ފައްސިވި މީހުން ކަމަށް އެ އިދާރާއިން މައުލޫމާތު ދެއެވެ.

ބަލި ފެތުރުން ކޮންޓްރޯލް ކުރުމުގެ ގޮތުން ކަމާގުޅޭ އިދާރާތަކުން މިހާރު ވަނީ ވަރުގަދަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. އެގޮތުން، ބަލި ޖެހުނު މީހުންނާ ގާތުން އެއްތަންވި މީހުން ދެނެގަނެ، އެ މީހުންގެ ތެރެއިން ވެކްސިން ފުރިހަމަނުކުރާ ފަރާތްތަކަށް ވެކްސިން ދިނުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. އަދި ބަލި ފެތުރޭ ގޮތް ދެނެގަތުމަށްޓަކައި ޚާއްޞަ އިންވެސްޓިގޭޝަނެއް ވެސް ދަނީ ހިންގަމުންނެވެ.

ހިމަބިހިން ރައްކާތެރިވުމުގެ ގޮތުން ހޮސްޕިޓަލްތަކާއި ސިއްހީ މަރުކަޒުތަކަށް ޒިޔާރަތްކުރާއިރު މާސްކް އެޅުމަށް އެޗްޕީއޭ އިން ވަނީ ނަސޭހަތްތެރިވެފައެވެ. ޚާއްޞަކޮށް، ހިމަބިހީގެ ދިފާއީ ބާރު ނެތް މީހުންނާއި، ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައި ނުވާ ފަރާތްތަކަށް މި ބަލި ޖެހުމުގެ ފުރުސަތު ބޮޑުކަން އެޗްޕީއޭ އިން ފާހަގަކުރެއެވެ.

ހިމަބިހީގެ އަލާމާތްތައް:

  • ހުން އައުން
  • ހަމުގައި ރަތް ބިހިތަކެއް ނެގުން (ފުރަތަމަ މޫނާއި ކަރުގައި، އެއަށްފަހު މުޅި ހަށިގަނޑުގައި)
  • ކެއްސުމާއި ނޭފަތުން އަރިދަފުސް ފޭބުން
  • ލޯ ރަތްވުން

ރާއްޖެއަކީ ހިމަބިހި ނައްތާލާފައިވާ ގައުމެއްގެ ގޮތުގައި 2017 ވަނަ އަހަރު ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ކަނޑައަޅާފައިވީ ނަމަވެސް، އޭގެ ފަހުން 2020 އަދި 2023 ވަނަ އަހަރު ވެސް ރާއްޖެއިން މި ބަލީގެ ކޭސްތަކެއް ވަނީ ފެނިފައެވެ. މި ބަލިން ރައްކާތެރިވުމަށް އޮތް އެންމެ މުހިންމު ފިޔަވަޅަކީ ވެކްސިން ފުރިހަމަކުރުން ކަމަށް ސިއްހީ މާހިރުން އިރުޝާދު ދެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: