ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިގްތިސާދު ރަނގަޅަށް އޮތް އިރު ކައުންސިލަރުންގެ މުސާރަ އެމްޑީޕީ ބޮޑު ނުކުރީތީ އަޖައިބުވޭ: ޝުޖާއު

ޕީއެންސީގެ ނައިބު ރައީސް އަދި ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު/ ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިރާއްޖޭގެ އިގްތިސާދީ ހާލަތު ރަނގަޅަށް އޮތް ދުވަސްވަރު ކައުންސިލަރުންގެ މުސާރަ ބޮޑުކުރުމުގެ ވިސްނުމެއް ނެތް ބަޔަކު، އެފަދަ ގަރާރެއް ހުށަހެޅުމަކީ އަޖައިބެއްކަމަށާއި، އެއީ މަކަރުވެރި ހީލަތްތެރި ރޭވުމެއްކަމަށް ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ.

ކައުންސިލަރުންގެ މުސާރަ ބޮޑުކުރުމާމެދު ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ފެނިވަޑައިގަންނަވާ ގޮތެއް ބެއްލެވުމަށް ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމް ވަނީ މަޖިލީހަށް މިއަދު ގަރާރެއް ހުށަހަޅުއްވާފަ އެވެ.

ގަރާރުގައި ވަނީ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ ދަށުން އެންމެ ބޮޑު ޒިންމާއެއް އަދާކުރާ ފަރާތްތަކަކީ ލޯކަލް ކައުންސިލުތަކުގެ ކައުންސިލަރުން ކަމަށެވެ.

އެގޮތުން، ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހުތަކާއެކު ކައުންސިލުތަކަށް އިންތިހާބުވެފައި ތިބި ކައުންސިލަރުންގެ މަސްއޫލިއްޔަތުތައް އިތުރުވެފައިވާތީ، އަދި މަސައްކަތުގައި ކުރިއަށްވުރެ އިތުރު ވަގުތު ހޭދަކުރަންޖެހޭތީ ކައުންސިލަރުންގެ މުސާރައަށް ހެޔޮ ބަދަލެއް ގެންނަން ޖެހިފައިވާ ކަމަށް އެ ގަރާރުގައިވެއެވެ. އެހެންވެ، އެކަމާ މެދު މަޖިލީހުގެ މެމްބަރުން ދެކެވަޑައިގަންނަވާ ގޮތެއް ސާފުކޮށްދޭން އޭނާ އެދިވަޑައިގަތެވެ.

ގަރާރުގެ ބަހުސްގައި ޝުޖާއު ވިދާޅުވީ ލާމަރުކަޒީ ނިޒާމަކީ އަމިއްލަ ބަނޑުން ވިހޭ އެއްޗެއްކަމަށް ދައުވާކުރި އެމްޑީޕީއަށް، އެޕާޓީގެ ސުޕަރ މެޖޯރިޓީ އޮތް 19 ވަނަ ރައްޔިތުންގެ މަޖިލީހުގައި ވެސް ކައުންސިލަރުންގެ މުސާރަ ބޮޑުކުރަން ވިސްނުމަށް ވެސް ނައި ކަމަށެވެ.

ޝުޖާއު ވިދާޅުވި ގޮތުގައި 2018 ވަނަ އަހަރު އެމްޑީޕީއަށް ވެރިކަން ލިބުނުއިރު ރާއްޖޭގެ އިގްތިސާދީ ހާލަތު އޮތީ ވަރަށް ރަނގަޅު ފުރުސަތުތަކެއް ހުޅުވޭނެ ހާލަތެއްގައެވެ. ނަމަވެސް، ލާމަރުކަޒީ ގާނޫނަށް ބޮޑެތި ބަދަލުތަކެއް ގެނައިއިރުވެސް، ކައުންސިލަރުންގެ މުސާރައަށް ހެޔޮ ބަދަލެއް ގެނައުމުގެ ހެޔޮ ނިޔަތެއް އެމްޑީޕީގެ ސަރުކާރުގައި ނެތްކަމަށް ޝުޖާއު ވިދާޅުވި އެވެ.

މިއީ އަޖައިބެއް ނޫންތޯ.. އިގްތިސާދީ ރޫހު އެހާ ރަނގަޅަށް އޮތް ޒަމާނެއްގައި މި ބަދަލު ގެންނަން ނުކެރުނު ބަޔަކު، މިއަދު މިފަދަ ގަރާރެއް ހުށަހެޅުމުން މީގައި އެއްވެސް އިހުލާސްތެރިކަމެއް ނެތްކަން ހާމަވޭ

މީގެ އިތުރުން، މިހާރުގެ އިގްތިސާދީ ހާލަތަށް ޝުޖާއު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވެރިކަމާ ހާވާލުވެވަޑައިގެންނެވިއިރު ޤައުމު އޮތީ ބޮޑު ދަރަންޏެއްގެ ހާއްޔެއްގެ ތެރޭގައި ކަމަށެވެ. އެމްޑީޕީގެ ލީޑަޝިޕްއިން މީގެ ކުރިން ބުނަމުން ދިޔައީ މާޗް މަހު ރާއްޖެ ބަނގުރޫޓުވާނެ ކަމަށާއި، އެއީ އެމްޑީޕީން ގައުމު އެމަގަށް ބައްޓަންކޮށްފައި އޮތުމުންކަމަށް ޝުޖާއު ވިދާޅުވިއެވެ.

ޝުޖާއު ވިދާޅުވީ ކުރީ ސަރުކާރުން ނަގާފައިވާ ދަރަނިތަކުގެ ތަފްސީލުތަކުން އެނގެނީ ގައުމު މިއަދު މިދަނީ ބޮޑެތި ގުރުބާނީތަކެއް ވަމުން ކަމަށެވެ. އަދި ވިދާޅުވީ މިއަދު ފެންނަމުން ދަނީ ހިންގަން ނޭނގޭ ބަޔަކާއި ގައުމު ހަވާލުކުރުމުގެ ހިތި ނަތީޖާކަމަށެވެ. ޝުޖާއު ވިދާޅުވީ ރާއްޖޭގެ މިވަގުތުގެ އިގްތިސާދީ ހާލަތު ހުރިގޮތުން ސިޔާސީ މީހުންގެ މުސާރަ ބޮޑުކުރެވެން ނެތް ކަމަށެވެ.

ޝުޖާއު އިތުރަށް ވިދާޅުވީ، އިގްތިސާދު ރަނގަޅު ހާލަތަކަށް އައުމުން ކައުންސިލަރުންގެ މުސާރަ ބޮޑުކުރުމަށް ސަރުކާރުން އިސްކަން ދޭނެކަމަށެވެ. ނަމަވެސް، އެމްޑީޕީން މިވަގުތު މިފަދަ ގަރާރެއް ހުށަހެޅީ މިހާރުގެ މަޖިލީހުގެ ވިސްނުން ހުރިގޮތް ބަލައި، ސިޔާސީ މަންފާއެއް ހޯދުމަށް ކަމަށްވާތީ، ހުރިހާ ރަށެއްގެ ކައުންސިލަރުންނާއި ރައީސުން މިކަމާ މެދު ފުންކޮށް ވިސްނަން ޖެހޭކަމަށް ޝުޖާއު ވަނީ ވިދާޅުވެފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: