ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަޅުގަނޑާއި ފައްޔާޒުގެ މެދުގައި މައްސަލައެއް ނެތް، މީހުން ދައްކާ ވާހަކަތަކަކީ ”ކޮންސްޕިރަސީތަކެއް“: ރައީސް ނަޝީދު

ފޮޓޯ - ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޑީޕީގެ ޗެއާޕާސަން މުޙައްމަދު ނަޝީދު، އެ ޕާޓީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާޢީލާއެކު އޮތް ސިޔާސީ ގުޅުމާ މެދު ދެކެވޭ ވާހަކަތައް ދޮގުކުރައްވައިފިއެވެ. ސަންގު ޓީވީގެ ”ޚަބަރަށްފަހު“ ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ނަޝީދު ވަނީ، ފައްޔާޒާއި އޭނާއާ ދެމެދު އެއްވެސް ޚިޔާލުތަފާތުވުމެއް ނެތް ކަމަށާއި، ކުރިމަގުގައި ވެސް އެފަދަ ކަމެއް ނުހިނގާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ.

ފަހަކަށް އައިސް ބޭއްވުނު ކެމްޕޭން ހަރަކާތްތަކުގައި ނަޝީދާއި ފައްޔާޒު ގާތްކޮށް ފެނުމާ ގުޅިގެން، މިއީ ޕާޓީގެ އެތެރޭގައި މައްސަލަތަކެއް އުފެދިދާނެ ކަމެއް ކަމަށް ބުނެ އާންމުންގެ މެދުގައި ދެކެވޭ ވާހަކަތަކާ ގުޅޭގޮތުން ކުރި ސުވާލަށް ޖަވާބު ދެއްވަމުން ނަޝީދު ވިދާޅުވީ، އެފަދަ އެއްވެސް މައްސަލައެއް އުފެދޭނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ. ނަޝީދު ވިދާޅުވީ، މީގެ ކުރިން ވެސް ދެ ބޭފުޅުންގެ މެދުގައި އެފަދަ މައްސަލައެއް ޖެހިފައި ނުވާ ކަމަށާއި، ކުރިމަގުގައި ވެސް އެފަދަ ކަމެއް ނުހިނގާނެ ކަމަށެވެ.

”އަޅުގަނޑު އެއްގޮތަކަށް ވެސް ގަބޫލެއް ނުކުރަން މައްސަލައެއް ޖެހިދާނެ ކަމަކަށް. މީގެ ކުރިން ވެސް ނެތް، އަދި ކުރިމަގަކު ވެސް ނޯންނާނެ،“ ނަޝީދު ވިދާޅުވިއެވެ.

ސިޔާސީ މައިދާނުގައި މިފަދަ ވާހަކަތަކަކީ ބައެއް ފަރާތްތަކުން އުފައްދާ ”ކޮންސްޕިރަސީ“ ނުވަތަ ރޭވުންތަކެއް ކަމަށް އޭނާ ސިފަކުރެއްވިއެވެ. މިއީ ސިޔާސީ މީހުންގެ މެދުގައި ޝައްކާއި ވަހުމު އުފެއްދުމަށް ދައްކާ ވާހަކަތަކެއް ކަމަށް ވެސް ވިދާޅުވިއެވެ.

މީގެ އިތުރުން، ނަޝީދު ފާހަގަކުރެއްވީ އޭނާގެ ސިޔާސީ ހަޔާތުގައި ދުވަހަކުވެސް މީހަކަށް ގެއްލުމެއް ލިބޭ ފަދަ ކަމެއް ކުރައްވާފައި ނުވާނެ ކަމަށާއި، ކުރިމަގުގައި ވެސް އެގޮތުގައި ދެމިހުންނަވާނެ ކަމަށެވެ. އޭނާއާ މެދު މީހުން ދެކޭ ގޮތް ތަފާތު ވެދާނެ ނަމަވެސް، އޭނާއަކީ ބުނާ ބަހުގައި ހިފަހައްޓާ އަދި އެހެން މީހުންނަށް ދެރައެއްދިނުމުގެ ނިޔަތުގައި ކަންކަން ކުރާނެ މީހެއް ނޫން ކަމަށް ނަޝީދު ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: