ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވޯލްޑް ކަޕާ ދިމާކޮށް ޔޫތު ހަބްގައި ”ގޭމިން ކާނިވަލް“އެއް ފަށައިފި

ފޮޓޯ ޔޫތް ހަބް
ޝެއާރކޮށްލާ ކަހަލަދޯ؟

އެމެރިކާ، ކެނެޑާ އަދި މެކްސިކޯގައި މިހާރު ކުރިއަށްދާ ފީފާ ވޯލްޑް ކަޕް 2026 އާ ދިމާކޮށް، މިނިސްޓްރީ އޮފް ޔޫތު އެމްޕަވާމަންޓް، ސްޕޯޓްސް އެންޑް ފިޓްނަސްއިން އިންތިޒާމުކޮށްގެން ހާއްސަ ”ގޭމިން ކާނިވަލް“އެއް ޔޫތު ހަބުގައި ފަށައިފިއެވެ.

މި ކާނިވަލަކީ ފީފާ ވޯލްޑް ކަޕް 2026 ވޮޗް ސީރީޒްގެ ބައެއްގެ ގޮތުގައި ކުރިއަށްގެންދާ ހަރަކާތެކެވެ. މި ހަރަކާތް ކުރިއަށްދާނީ ވޯލްޑް ކަޕް މުބާރާތް ނިމެންދެން ކޮންމެ ހުކުރު ދުވަހެއްގެ ހަވީރު 16:00 އިން 18:00 އަށް ޔޫތު ހަބުގައެވެ.

މި ކާނިވަލުގައި ތަފާތު ގިނަ ކުޅިވަރުތަކެއްގައި ހިލޭ ބައިވެރިވުމުގެ ފުރުސަތު އާންމުންނަށް ވަނީ ހުޅުވާލާފައެވެ. އަދި ފުޓްބޯޅައިގެ މަޝްހޫރު ކުޅުންތެރިން ވެސް މި ހަރަކާތްތަކުގައި ބައިވެރިވުމަށް ވަނީ ހަމަޖެހިފައެވެ. އެއްފަހަރާ 250 މީހުންނަށް ތިބެވޭގޮތަށް ފަރުމާކޮށްފައިވާ ޔޫތު ހަބުގައި ބާއްވާ މި ވޮޗް ޕާޓީއަކީ މުޅިން ހިލޭ، ކޮންމެ މީހަކަށްވެސް ވަދެވޭނެ ގޮތަށް ހުޅުވާލެވިފައިވާ ރައްކާތެރި، އާއިލީ މާހައުލެއް ކަމަށް ޔޫތު މިނިސްޓްރީން ބުނެއެވެ.

ޔޫތު ހަބުގައި މެޗުތައް ދެއްކުމުގެ އިތުރުން، ހިލޭ ބުއިމާއި ކާބޯތަކެތި ލިބޭނެ ސްޓޯލްތަކާއި، ތަފާތު ކުޅިވަރުތައް ކުރިއަށްދާނެއެވެ. މީގެ އިތުރުން، މި ކާނިވަލުގެ ތެރެއިން ގުރުއަތުން ހޮވޭ ފަރާތްތަކަށް އަގުހުރި އިނާމުތަކެއް ދިނުމަށް ވެސް ވަނީ ނިންމާފައެވެ. އޭގެ ތެރޭގައި މުބާރާތުގެ ރަސްމީ ފުޓްބޯޅައާއި، ’ޔޫތު ބައި ޖިމްނޭޝިއާ’ގެ އެއް މަސްދުވަހުގެ ހިލޭ ޖިމް މެންބަޝިޕް ހިމެނެއެވެ.

މި ހަރަކާތުގެ މައިގަނޑު މަގްސަދަކީ ކުޅިވަރުގެ ޒަރީއާއިން ގައުމީ އެއްބައިވަންތަކަން އާލާކޮށް، ޒުވާނުންނަށާއި މުޅި މުޖުތަމައުއަށް ފައިދާހުރި، ހިތްހަމަޖެހޭ މާހައުލެއް ބިނާކޮށްދިނުން ކަމަށް ޔޫތު މިނިސްޓްރީން މައުލޫމާތުދެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: