ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހުޅުމާލެ ދެވަނަ ފިޔަވަހީގެ ކަރަންޓު ނެޓްވޯކް ސްޓެލްކޯއާ ހަވާލުކުރުމުގެ ފަހުމުނާމާގައި ސޮއިކޮށްފި

ފޮޓޯ މީސްމީޑިއާ މަންސަ
ޝެއާރކޮށްލާ ކަހަލަދޯ؟

ހުޅުމާލެ ދެވަނަ ފިޔަވަހީގެ ކަރަންޓު ނެޓްވޯކާ ސްޓެލްކޯ އިން ހަވާލުވުމަށްޓަކައި، އެ ކުންފުންޏާއި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އާ ދެމެދު ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.

ސްޓެލްކޯގެ ހެޑް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި މި ފަހުމުނާމާގައި ސްޓެލްކޯގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު ޑރ. އަލީ އަޒްވަރެވެ. އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު ބްރިގޭޑިއާ ޖެނެރަލް ރިޓަޔާޑް އަލީ ޒުހައިރެވެ.

މި އެއްބަސްވުމުގެ ދަށުން، ހުޅުމާލެ ދެވަނަ ފިޔަވަހީގައި ސްޓެލްކޯގެ އެމަޖެންސީ ރެސްޕޮންސް ސެންޓަރެއް ގާއިމުކުރުމަށް ބޭނުންވާ ޖާގަ އެޗްޑީސީން މިހާރު ވަނީ އެ ކުންފުންޏާ ހަވާލުކޮށްފައެވެ. މީގެ އިތުރުން، މި ރަސްމިއްޔާތުގެ ތެރެއިން ސްޓެލްކޯގެ ފަރާތުން ވަނީ އެޗްޑީސީއަށް ލައިޓް ޕޯސްޓް ވެސް ހަދިޔާކޮށްފައެވެ.

ހުޅުމާލެ ދެވަނަ ފިޔަވަހީގެ ކަރަންޓު ނެޓްވޯކާ ސްޓެލްކޯއިން މި ހަވާލުވީ، އެ ސަރަހައްދަކީ މިހާރު މާލެ ސަރަހައްދުގައި އެންމެ ގިނަ ބަޔަކު ދިރިއުޅެމުން އަންނަ އެއް ސަރަހައްދަށް ވެފައިވާ ދަނޑިވަޅެއްގައެވެ. ވަކިން ހާއްސަކޮށް ހިޔާ ފްލެޓުތަކާއި ފަހި ފްލެޓުތަކުގައި ގިނަ އަދަދެއްގެ ރައްޔިތުން ދިރިއުޅެމުންދާއިރު، މި ނެޓްވޯކާ ސްޓެލްކޯއިން ހަވާލުވުމަކީ ކަރަންޓުގެ ހިދުމަތް އިތުރަށް ހަރުދަނާވެގެންދާނެ ކަމެކެވެ.

ސްޓެލްކޯއިން އަންނަނީ މާލެ ސަރަހައްދުގެ އިތުރުން އެ ކުންފުނިން ހިދުމަތް ދެމުންދާ އަތޮޅުތެރޭގެ ރަށްރަށުގެ ކަރަންޓުގެ ހާލަތު ރަނގަޅުކޮށް، ހިދުމަތުގެ ފެންވަރު މަތިކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މި ފަހުމުނާމާގެ ސަބަބުން ހުޅުމާލެ ދެވަނަ ފިޔަވަހީގައި ދިރިއުޅޭ ރައްޔިތުންނަށް ދިމާވާ ކަރަންޓުގެ މައްސަލަތަކަށް އަވަސް ހައްލެއް ލިބި، ހިދުމަތުގެ އިތުބާރު ބޮޑުވެގެންދާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: