ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޕީއެންސީއަކީ އެމްޑީޕީ ފަދައިން އޮޅުންބޮޅުން އަރާފައިވާ ކަންވާރު ބޮޅެއް ނޫން: ޚަލީލް

ކުރީގެ ހާރިޖީ ވަޒީރު ޑރ އަބްދުﷲ ހަލީލް
ޝެއާރކޮށްލާ ކަހަލަދޯ؟

ސަރުކާރު ހިންގާ ޕީއެންސީއަކީ އެމްޑީޕީ ފަދައިން އޮޅުންބޮޅުން އަރާފައިވާ ކަންވާރު ބޮޅެއް ނޫންކަމަށް މި ސަރުކާރުގައި ކުރިން ފޮރިން މިނިސްޓަރުކަން ކުރެއްވި ޑރ. އަބްދުﷲ ޚަލީލް ވިދާޅުވެއްޖެއެވެ.

ޚަލީލް މިހެން ވިދާޅުވީ، ޕީއެންސީ މުޅިން ބައިބައިވެފައިވާ ކަމަށް ވިދާޅުވެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ދެއްކެވި ވާހަކަތަކަށް އެކްސްގައި ރައްދުދެއްވަމުންނެވެ.

ޕީއެންސީއަކީ އެމްޑީޕީ ފަދައިން އޮޅުންބޮޅުން އަރާފައިވާ ކަންވާރު ބޮޅެއް ނޫންކަމަށާއި އެ ޕާޓީގެ ލީޑަރޝިޕް އޮތީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ފަހަތްޕުޅުގައި އެކަތިގަނޑެއްގެ ގޮތުގައި، ޤައުމާއި ރައްޔިތުންނަށް ހިދުމަތް ކުރުމުގެ އަޒުމުގައި ކަމަށް ޚަލީލް ވިދާޅިވިއެވެ.

”ވަރަށް ބޮޑު ކުށް ހީއެއް. ޕީއެއްސީ ދުވަހެއް ދުވަހަކަށް ދާނީ ވަރުގަދަ ވަމުން، އިންޝާﷲ، ޕީއެންސީއަކީ އެމްޑީޕީ ފަދައިން އޮޅުންބޮޅުން އަރާފައިވާ ކަންވާރު ބޮޅެއް ނޫން،“ ޚަލީލް

 

ޚަލީލް ވިދާޅުވީ، ޕީއެންސީއަކީ ދިވެހި ޤައުމުގެ ކަނޑާއި ބިން އިސްކުރާ ޕާޓީ ކަމަށާއި ޕީއެންސީ އަކީ ދިވެހި ޤައުމުގެ މިނިވަންކަމާއި ސިޔާދަތު އިސްކުރާ ޕާޓީ ކަމަށެވެ.

ރޭ މާލޭގައި އެމްޑީޕީން ބޭއްވި ”ވަޒީފާ ބުރާސްފަތި“ އިހުތިޖާޖުގެ ތެރެއިން އިދިކޮޅު އެމްޑީޕީއިން ވަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔައި، ބައެއް ވަޒީރުންނާއި ސަރުކާރުގެ އިސް މަގާމުތަކުގައި ތިއްބެވި ބޭފުޅުންގެ އިސްތިއުފާއަށް ގޮވާލާފައެވެ. އަދި ޕީއެންސީ ބައިބައިވެއްޖެ ކަމަށާއި މިއީ ރައީސް ޑރ. މުއިއްޒު ލީޑަރޝިޕުން ވަކި ކުރަންވީ ވަގުތު ކަމުގައި ވެސް އެމްޑީޕީގެ ޗެއާރޕާސަން ނަޝީދު ވަނީ ވިދާޅުވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 100%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: