ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސިޓީ ކައުންސިލުން ދަނީ މަސްމާރުކޭޓުގެ މަޝްރޫއަށް ހުރަސްއަަޅަމުން، ހައްލެއް ހޯދާނަން: ރައީސް މުއިއްޒު

ދަ ޕަލްސް ޕޮޑްކާސްޓް ތެރެއިން - ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

މާލޭގެ މަސްމާރުކޭޓު ކޮމްޕްލެކްސް އިމާރާތްކުރުމުގެ އަމަލީ މަސައްކަތް ފެށުމަށް ބޭނުންވާ ހުރިހާ ތައްޔާރީތަކެއް ވެފައިވީތާ 4 މަސް ދުވަސް ވެއްޖެކަމަށާއި، ނަމަވެސް މާލެ ސިޓީ ކައުންސިލުން ބިން ހަވާލުނުކުރުމުގެ ސަބަބުން މަސައްކަތް މަޑުޖެހިފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

”ދަ ޕަލްސް“ ޕޮޑްކާސްޓުގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ، މަސްމާރުކޭޓު ކޮމްޕްލެކްސް އިމާރާތްކުރުމުގެ މަޝްރޫއަކީ ރައްޔިތުންނަށް ވަރަށް ބޭނުންތެރި މަޝްރޫއެއް ކަމަށެވެ. މި މަސައްކަތް ފެށުމަށް ޓަކައި ވޭތުވެދިޔަ ހަތަރު މަސްދުވަހުގެ ތެރޭގައި ކުރަންޖެހޭ ހުރިހާ އިދާރީ އަދި ފަންނީ މަސައްކަތްތަކެއް ނިމިފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސް ވިދާޅުވި ގޮތުގައި، އެ މަޝްރޫއަށް ބޭނުންވާ ފައިސާގެ އިންތިޒާމުތައް ހަމަޖެއްސުމަށް ޓަކައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާއެކު ވާންޖެހޭ ހުރިހާ އެއްބަސްވުންތަކެއްވެސް މިހާރު އޮތީ ނިމިފައެވެ.

ނަމަވެސް، މަސައްކަތް ކުރިއަށް ނުގެންދެވި އޮތީ މާލެ ސިޓީ ކައުންސިލުން އެ ބިން ސަރުކާރާ ހަވާލުކޮށްފައިނުވާތީ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ސިޓީ ކައުންސިލުން ކަނޑައެޅިގެން އެ މަޝްރޫއަށް ހުރަސްއަޅަމުންދާ ކަމަށް ވިދާޅުވިއެވެ.

”މާލޭގެ ސިޓީ ކައުންސިލުން މި ކަމަށް ހަމަ ކަނޑައެޅިގެން ހުރަސްއަޅަމުންދާކަން ހިތާމައާއެކު ފާހަގަކުރަން،“ – ރައީީސް މުއިއްޒު

އޭގެ އިތުރުން، ސަރުކާރުގެ ވައުދުތައް ފުއްދުމަށް އެއްވެސް ފަރާތަކުން ހުރަސްއަޅައިގެން ވާނެ ފައިދާއެއް ނޯންނާނެ ކަމަށް ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ، ހުރަސް އެޅި ނަމަވެސް، އެ ބިން ހޯދުމަށް ޓަކައި ސަރުކާރުން ކުރަންޖެހޭ މަސައްކަތްތައް ހުއްޓުމެއް ނެތި ކުރިއަށް ގެންދަވާނެ ކަމަށާއި އެ ކަންކަމަށް ހައްލު ހޯއްދަވާނެ ކަމަށެވެ.

ސަރުކާރުގެ އަމާޒަކީ އެ މާރުކޭޓު ކޮމްޕްލެކްސްއަކީ ޕާކިންގްގެ އިތުރުން މާރުކޭޓެއްގެ ހުރިހާ ޚިދުމަތް ލިބޭނެ ގޮތަށް އެތަން ތަރައްގީކުރުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އުންމީދަކީ އަންނަ އަހަރުގެ މަސްވެރިންގެ ދުވަހަށް އާ މާރުކޭޓު ކޮމްޕްލެކްސް ނިންމުމައި އެތަން ހުޅުވުން ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: