ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖޭގެ މުއްސަނދި ސަގާފަތް ސްވިޒްލޭންޑްގެ ޖެނިވާގައި ދައްކާލައިފި

ފޮޓޯ: މޯލްޑިވްސް އިން ޖެނިވާ އެކްސް
ޝެއާރކޮށްލާ ކަހަލަދޯ؟

އދ.ގެ އިންސާނީ ހައްގުތަކާ ބެހޭ މަޖިލީހުގެ 62 ވަނަ ދައުރުގެ ހަވާސާގައި ބޭއްވުނު ތަފާތު ސަގާފަތްތައް ދައްކާލުމުގެ ހަރަކާތުގައި، ޖެނީވާގައި ހުންނަ ދިވެހިރާއްޖޭގެ ދާއިމީ މިޝަނުން ބައިވެރިވެ ދިވެހިރާއްޖޭގެ މުއްސަނދި ސަގާފަތް ދައްކާލައިފިއެވެ.

ބައިނަލްއަގުވާމީ މައިދާނުގައި ރާއްޖޭގެ ރީތި ނަމާއި ސަގާފަތް އިޝްތިހާރު ކުރުމަށް ބޭއްވުނު މި ހަރަކާތުގައި، ދިވެހިރާއްޖޭގެ ފަރާތުން ވަނީ ހާއްސަ ސްޓޯލެއް ތައްޔާރުކޮށްފައެވެ. މި ސްޓޯލް މެދުވެރިކޮށް ރާއްޖޭގެ މުއްސަނދި ސަގާފީ ތަރިކައިގެ އެކި ބައިތައް ދުނިޔޭގެ އެކި ގައުމުތަކުގެ މަންދޫބުންނަށް ވަނީ ދައްކާލާފައެވެ.

އެގޮތުން، ދިވެހީންގެ ކުޅަދާނަ އަތްތެރި މަސައްކަތްތެރިކަމުގެ ނަމޫނާތަކާއި، ދިވެހި ވަންތަ ރަހަތަކުން ފުރިގެންވާ ހާއްސަ ކާނާގެ ބައިތަކުގެ އިތުރުން، ދިވެހި އަދަބިއްޔާތުގެ މުއްސަނދިކަން މި ހަރަކާތުގެ ތެރެއިން ވަނީ ދައްކާލައިފައެވެ.

މި ހަރަކާތުގެ ތެރެއިން ކުރިއަށްދިޔަ ތަފާތު މުއާމަލާތްތަކުގެ އެހީގައި، ސްޓޯލަށް ޒިޔާރަތްކުރި ފަރާތްތަކަށް ދިވެހީންގެ ހާއްސަ އާދަކާދަތަކާއި، ތާރީހީ ވާހަކަތައް އޮޅުންފިލުވައިދީފައިވެއެވެ. އަދި ދިވެހި ވަންތަކަން ބައްޓަންކޮށްދޭ ދިރިއުޅުމުގެ ވައްޓަފާޅި ތަޖުރިބާކޮށްލުމުގެ ފުރުސަތު ވެސް ޒިޔާރަތްތެރިންނަށް ލިބިގެންދިޔައެވެ.

މިފަދަ ހަރަކާތްތަކުގައި ބައިވެރިވުމަކީ، ރައީސުލްޖުމްހޫރިއްޔާ ސަރުކާރުން ބައިނަލްއަގުވާމީ މައިދާނުގައި ދިވެހި ގައުމިއްޔަތާއި ސަގާފަތް ކުރިއެރުވުމަށް ގެންގުޅުއްވާ ސިޔާސަތުގެ ދަށުން ކުރިއަށްދާ މުހިންމު މަސައްކަތެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: