ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދުންފަތުން ނަގާ ޑިއުޓީ ކުޑަކުރަން މަޖިލީހަށް ބިލު ހުށައަޅައިފި

ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ދުންފަތުން ނަގާ ޑިއުޓީ 8 ރުފިޔާއިން 4 ރުފިޔާއަށް ކުޑަކުރަށް އިމްޕޯޓް އެކްސްޕޯޓުގެ ގާނޫނަށް އިސްލާހު ގެނައުމަށް ރައްޔިތުންގެ މަޖިލީހަށް ބިލު ފޮނުވައިފިއެވެ.

އިމްޕޯޓް އެކްސްޕޯޓް ގާނޫނަށް އިސްލާހު ހުށއެޅުއްވީ ކޮމަންޑޫ ދާއިރާގެ މެމްބަރު މުހައްމަދު އިބްރާހީމެވެ. މިއަދުގެ ޖަލްސާގައި ވަނީ ބިލުގެ ފުރަތަމަ ކިޔުން އިވުމަށް ތާވަލުކޮށްފައެވެ.

ދުންފަތުގެ އިމްޕޯޓް ޑިއުޓީ ހަތަރު ރުފިޔާއަށް ކުޑަކުރުމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ލަފާދީފައިވާތީ، އެ ބަދަލު ގެނައުމާ މެދު ސަރުކާރުގެ ކަމާބެހޭ އިދާރާތަކުގެ މެދުގައި މަޝްވަރާކުރަން ނިންމާފައިވާ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވީ މެއި 31 ގައެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ، މިހާރު ލިބިފައިވާ ދިރާސާތަކުން، ހާއްސަކޮށް ޑަބްލިއުއެޗްއޯގެ ރިކޮމެންޑޭޝަނަކީ ރާއްޖޭގެ ޑިއުޓީ ރޭޓް 4 ރުފިޔާގައި ކަނޑައެޅުން ކަމަށެވެ.

”އޭރު 8 ރުފިޔާއަށް ބަދަލުކުރި ކުރުމަކީ ޓޮބޭކޯ ކޮންޓްރޯލް ކުރުމަށްވުރެ ބޮޑަށް ވޭޕް މަނާކުރުމުން ދިމާވެދާނެ ކަންކަމަށް ބަލާފައި ނިންމި ނިންމުމެއް،“ މިނިސްޓަރު ވިދާޅުވެފައިވެއެވެ.

އެހެންނަމަވެސް އޭގެފަހުން ޖޫން 1ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސިނގިރޭޓް ޑިއުޓީ ކުޑަކުރަން އުޅޭތޯ ސުވާލުކުރުމާ ގުޅިގެން އެމަނިކުފާނު ވިދާޅުވީ، ސަރުކާރުގެ މަޝްވަރާތައް ބިނާވަނީ ފަންނީ މާހިރުންގެ ލަފަޔާއި، ޑަބްލުއުއެޗްއޯގެ ރިކޮމެންޑޭޝަންތަކަށް ކަމަށާއި 11 މެއިގައި ބެއްވި ނޫސްވެރިންގެ ބައްދަލުވުމާ ހަމައަށް އެއްވެސް އެފަދަ ނިންމުމެއް ނެތް ކަމަށެވެ.  ޖޫން 1ގައި ރައީސް ވިދާޅުވީ އަދިވެސް އެކަމާއި ގުޅިގެން އެއްވެސް ނިންމުމެއް ނުނިންމާ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: