ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފާޑުކިއުން އަމާޒުވި ސިނގިރޭޓުގެ ޑިއުޓީ ކުޑަ ކުރާ ބިލު މަޖިލީހުން ބަލައިގެންފި

ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިރާއްޖެއަށް އެތެރެކުރާ ސިނގިރޭޓުން ނަގަމުންދާ އިމްޕޯޓް ޑިއުޓީގެ މިންވަރު ހަތަރު ރުފިޔާއަށް ބަދަލުކުރުމަށްޓަކައި، އިމްޕޯޓް އެކްސްޕޯޓް ގާނޫނަށް އިސްލާހު ގެނައުމަށް ސަރުކާރުގެ ފަރާތުން ހުށަހެޅި ބިލު ރައްޔިތުންގެ މަޖިލީހުން ބަލައިގެންފި އެވެ.

މި އިސްލާހު ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހެޅުއްވީ ކޮމަންޑޫ ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމެވެ.

މި ބިލުގެ އިބްތިދާއީ ބަހުސް މިއަދުގެ ޖަލްސާގައި ވަނީ ފަށާފަ އެވެ.

ސަރުކާރުން މި ބަދަލު ގެންނަން ނިންމާފައި މިވަނީ، 2024 ވަނަ އަހަރުގެ ފަހުކޮޅު ސިނގިރޭޓު ޑިއުޓީ އަށް ރުފިޔާއަށް ބޮޑުކުރުމާ ގުޅިގެން، ވަގަށް ސިނގިރޭޓު އެތެރެކުރުމުގެ މައްސަލަތައް އިތުރުވެފައިވަނިކޮށެވެ. ނަމަވެސް ބަދަލު ގެނައުމަށް ނިންމީ، ސަރުކާރުން ބުނި ގޮތުގައި ދުނިޔޭގެ ސިއްހަތާއި ބެހޭ ޖަމިއްޔާ ޑަބްލިއުއެޗްއޯގެ ލަފާގެ މަތިންނެވެ.

އިސްލާހުގައިވާ ގޮތުން ސިނގިރޭޓާއި ބިޑީގެ އިތުރުން ރޯކުރުމަކާ ނުލައި ހޫނުކޮށްގެން ބޭނުންކުރާ ދުންފަތުގެ އުފެއްދުންތަކުން ނަގާ ޑިއުޓީ ހަތަރު ރުފިޔާއަށް ބަދަލުވެގެންދާނެއެވެ. އަދި މީގެ އިތުރުން މި ހުރިހާ ބާވަތަކުންވެސް 30 އިންސައްތައިގެ އެޑްވޮލެރަމް ޑިއުޓީއެއް ނަގަން ވަނީ ހިމަނާފައެވެ. ބިލުގެ އަނެއް މުހިންމު ބޭނުމެއްކަމަށް ބުނެފައި ވަނީ ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ފަހިކޮށްދިނުމެވެ. އެގޮތުން ދުންފަތާ ދުރުވުމަށް ބޭނުންކުރާ ނިކޮޓިން ޗުއިންގަމާއި ނިކޮޓިން ޕެޗު ފަދަ ސިއްހީ ވަސީލަތްތަކުން ނަގާ އިމްޕޯޓް ޑިއުޓީ ނުނެގުމަށް މި އިސްލާހުގައި ހިމަނާފައިވެއެވެ.

މިއީ އާންމުން ދުޅަހެޔޮ އާދަތަކަށް އަހުލުވެރިކުރުވުމަށާއި، ސިއްހީ ގޮތުން ފައިދާހުރި ތަކެތި ހެޔޮ އަގުގައި ލިބޭނެ ގޮތް ހެދުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ދަށުން ގެންނަ ބަދަލެއް ކަމަށް ބިލުގައި ބަޔާންކޮށްފައިވެއެވެ.

ބިލުގެ ބަހުސްގައި ސަރުކާރަށް އިދިކޮޅުގެ މެމްބަރުން ވަރަށް ބޮޑެތި ފާޑުކިއުންތައް އަމާޒު ކުރި އެވެ. އަދި ވިދާޅުވީ ސިނގިރޭޓުގެ އަގުހެޔޮކުރަން ސަރުކާރުން މަސައްކަތްކުރަނީ އެއްވެސް ހަމައެއް ލަމައެއް ނެތި ދައުލަތަށް އާމްދަނީ ވެއްދުމަށް ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: