ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގަތަރުގެ ސަފީރަކަށް އާދަމް ޝަރީފު އަދި ޔޫއޭއީގެ ސަފީރަކަށް ތޯރިގު އައްޔަންކުރައްވައިފި

ދިވެހިރާއްޖެއިން ސްޓޭޓް އޮފް ޤަތަރަށާއި އެކުވެރި ޢަރަބި އިމާރާތަށް ކަނޑައަޅުއްވާ ސަފީރުނާއި ބައްދަލުކުރައްވަނީ-- ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދިވެހިރާއްޖޭގެ ފަރާތުން އެކުވެރި އަރަބި އިމާރާތް (ޔޫއޭއީ) އަށާއި ގަތަރަށް މިއަދު ސަފީރުންު އައްޔަނުކުރައްވައިފިއެވެ.

މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި ސަފީރުކަމުގެ ފަތްކޮޅު ވަނީ ދެއްވާފައެވެ.

މިގޮތުން ސަފީރުކަމުގެ ފަތްކޮޅު ދެއްވާފައިވަނީ ގަތަރަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ރ. ފައިނު، ޗަމަން، އާދަމް ޝަރީފު އުމަރެވެ. 

އެކުވެރި އަރަބި އިމާރާތް (ޔޫއޭއީ) އަށް ދިވެހިރާއްޖެއިން ކަނޑައެޅުއްވި ސަފީރަކީ ގ. ނޫމަރާހިޔާ، ތޯރިގު އިބްރާހީމްއެވެ.

މި ދެ ބޭފުޅުންނަކީވެސް މީގެ ކުރިން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގައި ވަޒީރުން ކުއްވާފައިވާ ދެ ބޭފުޅުންނެވެ. އެގޮތުން އާދަމް ޝަރީފު ވަނީ ލޯކަލް ގަވަރމަންޓް މިނިސްޓަރުކަން ކުރައްވައިފައެވެ. އަދި ތޯރިގު ހުންނެވީ ޓޫރިޒަމް އެންޑް އެންވަޔަރަމެންޓް މިނިސްޓަރުގެ މަގާމުގައެވެ.

ކެބިނެޓަކަށް ރައީސް ގެންނެވި ބަދަލަކާއެކު ތޯރިގު މަގާމުން އިސްތިއުފާދެއްވިއިރު އާދަމް ޝަރީފް ވަނީ މަގާމުން ވަކިކުރީ މި އަހަރުގެ އޭޕްރިލް 14 ވަނަ ދުވަހުއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: