ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މި ނުރައްކާތެރި ހާލަތުން އަރައިގަތުމަށްޓަކައި، ފުލުހުންގެ ހުރިހައި ހަކަތައެއްދަނީ ބޭނުންކުރެވެމުން: ހޯމް މިނިސްޓަރު

ހޯމް މިނިސްޓަރު އިމްރާން ޢަބްދުﷲ. ފޮޓޯ: އަވަސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖެއަށް ކުރިމަތިވެފައިމިވާ މި ނުރައްކާތެރި ހާލަތުން އަރައިގަތުމަށްޓަކައި، ފުލުހުންގެ ހުރިހައި ހަކަތައެއް ބޭނުންކުރެވެމުންދާކަމަށް، ހޯމް މިނިސްޓަރު އިމްރާން ޢަބްދުﷲ ވިދާޅުވެއްޖެއެވެ.

މިއަދު ފާހަގަކުރެވެމުން އަންނަ ފުލުހުންގެ 87 ވަނަ އަހަރީ ދުވަހާއި ގުޅިގެން، އިމްރާން ދެއްވި ޚިޠާބުގައި ވިދާޅުވީ، ވޭތުވެދިޔަ އަހަރަކީ ފުލުހުންގެ މަސައްކަތުގައި ވަރަށް ކާމިޔާބު އަހަރެއްކަމަށާއި، ގޮންޖެހުންތަކާއެކު ވެސް ފުލުހުންގެ ޚިދުމަތަށް ގެންނަންޖެހޭ ބަދަލުތައް ގެނެވެމުން އަންނަކަމަށެވެ.

އިމްރާން ވިދާޅުވީ، ފުލުހުންގެ ސްޓްރެޓިޖިކް ޕްލޭން ތަންފީޒުކުރުމަށްޓަކައި، ކޮމިޝަނާރ އޮފް ޕޮލިސް މުޙައްމަދު ޙަމީދާއި، ފުލުހުންގެ ލީޑަރޝިޕް ގުޅިގެން ކުރައްވަމުން އަންނަ މަސައްކަތްތައް ބަލައިގަންނަކަމަށެވެ.

މީގެ އިތުރުން އިމްރާން ވިދާޅުވީ، ރައްޔިތުންނަށް ބޮޑުކަމެއް ކުރިމަތިވާ ހާލަތްތަކުގައި އެންމެ ގާތުން މަސައްކަތްކުރާ ފަރާތަކީ، ފުލުހުންގެ މުޢައްސަސާކަމަށެވެ.

އިމްރާންވަނީ ރާއްޖޭގެ ދާޚިލީ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށް، ރައްޔިތުންނަށް އަމާންއޮމާން މާހައުލެއް ޤާއިމުކޮށްދިނުމަށްޓަކައި، ގޮންޖެހުންތަކާއެކު ވެސް، ނުރައްކަލަށް ހުށަހެޅި މަސައްކަތްކުރަމުން އަންނަ ފުލުހުންގެ ބުރަ މަސައްކަތް ފާހަގަކުރައްވައި، ފުލުހުންނަށް ޝުކުރުއަދާކުރައްވަފައެވެ.

 

 

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: