ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޑޮލަރު ވިއްކާ ތުހުމަތުގެ މައްސަލައިގައި އެމްއޭސީއެލް: ”ކުންފުނިން ގާނޫނާއި ހިލާފުކަމެއް ނުކުރާނެ“

ޝެއާރކޮށްލާ ކަހަލަދޯ؟

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް)އަށް ލިބޭ ޑޮލަރު ނުއަގުގައި ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)އަށް ގުޅުން އޮންނަ ފަރާތްތަކަށް އަގުހެޔޮކޮށް ވިއްކާ ކަމަށް ކުރާ ތުހުމަތު އެކުންފުނިން ދޮގުކޮށްފިއެވެ.

އެމްއޭސީއެލްއަށް ސުވާލުކުރުމުން އެ ކުންފުނިން ބުނީ ގާނޫނާއި ހިލާފުކަމެއް ނުކުރާނެ ކަމަށެވެ. އިއްޔެ ސަރުކާރުގެ ތަރުޖަމާނު މުހައްމަދު ޝަރީފް (މުންދު) އަށް ނޫސްވެރިއަކު އެ ސުވާލު ކުރުމުން އޭނާވެސް ވަނީ އެކަން ދޮގު ކުރައްވާފައެވެ. މުންދު ވިދާޅުވީ އެއީ ދޮގެއް ކަމަށާއި އެފަދަ އެއްވެސް ޝަކުވާއެއް އެއްވެސް ފަރާތަކުން ހުށައަޅާއިފައި ނުވާ ކަމަށެވެ.

ޑޮލަރުގެ މައްސަލަ އިންތިހާއަށް ބޮޑުވެ، ޑޮލަރުގެ ރޭޓް ބޮޑުވާ މައްސަލައިގައި ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. ޑޮލަރު ތާށިކަމުގެ މައްސަލައަކީ ރާއްޖޭގައި ބޮޑު މައްސަލައެކެވެ.

ޑޮލަރު ވިއްކޭ އަގު ކޮންޓްރޯލް 15.42ރ. ގައި ކޮށްފައި އޮތް ނަމަވެސް ޑޮލަރު އެހެން ގޮތަކުން ނުލިބޭތީ ގިނަ މީހުންނަށް މަޖުބޫރު ވަނީ ކަޅު ބާޒާރުން ބޮޑު އަގުގައި ޑޮލަރު ގަންނާށެވެ. އާންމުކޮށް ކަޅު ބާޒާރުން ޑޮލަރު ލިބެނީ 18ރ. އާއި 20ރ. އާ ދެމެދުގެ އަގުތަކުގައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: