ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ލޯނު ނެގުމަކީ މައްސަލައެއް ނޫން، ގޯހީ ކަމަށް ނާގާބިލު ރޭވުންތެރިކަމެއް ނެތް ބަޔަކު އެކަންކުރުން: ސަލީމް

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަހުމަދު ސަލީމް/ ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ލޯނު ނެގުމަކީ އޭގެ ޒާތުގައި މައްސަލައެއް ނޫންކަމަށާއި، މައްސަލަ އުފެދެނީ އަނބުރާ ނުދެއްކޭ މިންވަރަށް ދަރަނި ބޮޑުކޮށް ދައުލަތަށް އުފުލަން ދަތިވާ ހިސާބަށް ގެންދިއުންކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަހުމަދު ސަލީމް ވިދާޅުވެއްޖެއެވެ.

މާލިއްޔަތު ކޮމިޓީގެ މިއަދުގެ ބައްދަލުވުން ފެށުމާއި އެކު ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލްޣަފޫރު މޫސާ ވަނީ ޑޮލަރުގެ އަގު އުފުލެމުންދާކަމަށާއި، އެމްޑީޕީގެ ސަރުކާރުން ނިމުނިއިރު ޑޮލަރުގެ އަގު ހުރީ އެއް ވަރެއްގައި ހިފެހެއްޓިފައިކަމަށް ވިދާޅުވެފަ އެވެ. އަދި ސަރުކާރުން ލޯނު އަނބުރާ ދައްކަމުންދާކަމަށް ބުނެ، ރައްޔިތުންގެ ތާއީދު ހޯދަން ”މެޑަލް“ ޖަހަމުންދާކަމަށް ސިފަކުރައްވައި ޣަފޫރު ވިދާޅުވީ އެއީ ކޮންމެ ސަރުކާރެއްގެ ވެސް ޒިންމާއެއް ކަމަށެވެ.

އެއަށް ފަހު ޣަފޫރުއަށް ރައްދު ދެއްވައި، ފުނަދޫ ދާއިރާގެ މެމްބަރު މަމްދޫހު ރައްދު ދެއްވައި ވާހަކަ ދެއްކެވުމުން އަނެއްކާވެސް އަޑުގަދަ ކުރެއްވި އެވެ. ޣަފޫރުގެ ވާހަކަތަކާއި ގުޅިގެން ސަލީމް ވިދާޅުވީ ލޯނަކީ ދުނިޔޭގެ ބޮޑެތި ގައުމުތަކާއި، ސަރުކާރުތަކުގެ އިތުރުން ހުރިހާ ވިޔަފާރިތަކަކުން އިހުތިޔާރުކޮށް ކުރިއަށް ގެންދިއުމަށް ބޭނުންކުރާ މުހިންމު ވަސީލަތެއް ކަމަށެވެ. އެހެންކަމުން، ކޮންމެކަމަކަށް ވެސް ލޯނު ނެގުމަކީ މުހިންމު ކަމެއްގެ ގޮތުގައި ސަލީމް ފާހަގަކުރެއްވިއެވެ.

ސަލީމް ވިދާޅުވި ގޮތުގައި ލޯނުގެ މައްސަލަ ކުރިމަތިވަނީ އަހަރެއްގެ މައްޗަށް ދައްކަންޖެހޭ އަދަދު އެއް ބިލިއަން ޑޮލަރަށްވުރެ މައްޗަށް ދިއުމުންނެވެ. ނަމަވެސް، އަހަރަކު ދައްކަންޖެހޭ އަދަދު 300 މިލިއަން، 400 މިލިއަން ނުވަތަ 500 މިލިއަން ޑޮލަރުގައި ހުންނަ ނަމަ، އެއީ މާ ބޮޑު މައްސަލައެއް ނޫންކަމަށް ޣަފޫރު ވިދާޅުވި އެވެ.

ލޯނު ނަހަމަ ގޮތުގައި ބޭނުންކުރުމާއި، އަދި ނުދެއްކޭ ވަރުގެ ބޮޑެތި އަދަދުތަކުން ލޯނު ނެގުން އަސްލު މައްސަލައަކީ. އަޅުގަނޑުމެންނަށް އެބަ އެނގޭ 2026 ވަނަ އަހަރަށް އެބައޮތްކަން ވަރަށް ބޮޑު އަދަދެއް ދައްކަން ޖެހިފައި

މީގެ އިތުރުން، ލޯނު ނެގުމުގައި ކުރިމަގަށް ވިސްނަންޖެހޭކަމަށާއި، 2025 ނުވަތަ 2026 ވަނަ އަހަރަށް ލޯނު ނަގާއިރު، އޭގެ ސަބަބުން 2027 ނުވަތަ 2028 ވަނަ އަހަރު ދައްކަންޖެހޭ އަދަދު މާބޮޑުވެ، މައްސަލަ ޖެހޭ ހިސާބަށް ކަންކަން ގޮސްގެން ނުވާނެކަމަށް ސަލީމް ވިދާޅުވިއެވެ. އަދި ވިދާޅުވީ އެންމެ މުހިންމީ އެ ލޯނުތައް އަނބުރާ ދެއްކުމުގެ ގާބިލުކަމާއި ރޭވުންތެރިކަން ރައީސުލްޖުމްހޫރިއްޔާގެ ކިބައިގައި ހުރުން ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: